Majlis ah inthihaab kuran vee millionerun: Qasim
image
ގާސިމް ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: ފައިލް ފޮޓޯ
4 ކޮމެންޓް
 

މަޖިލީހަށް އިންތިޚާބު ކުރަންވީ މިލިއަނަރުން: ގާސިމް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި އިންތިޚާބު ކުރަންވީ މިލިއަނަރުންކަމަށް މަހުޖަނު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ދަންގެތީ ދާއިރާގެ ޖޭޕީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ ކެމްޕެއިން އިވެންޓެއްގައި މިއަދު ގާސިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިޚާބު ކުރާއިރު ކުރަންވީ އަމިއްލަ ހާލައިގެން އުޅެވޭ ފައިސާ ހުރި ފޯރުންތެރިން ކަމުގައެވެ. ގާސިމް ވިދާޅުވީ މަޖިލިސް މެމްބަރުން ރިޝްވަތަށް ނުހެއްލޭނީ އެ މެމްބަރުންނަކީ ފޯރާ ބަޔަކަށް ވެގެން ކަމުގައެވެ.

މަޖިލީހުގެ މިހާރުގެ ރައީސް ކަމުގެ މަޤާމުގައިވެސް ހުންނެވި ގާސިމް މިއަދު ވިދާޅުވީ މަޖިލީހަށް ހޮވަންވީ ޖުމްހޫރީ ޕާޓީން ކުރިމަތިލާފައިވާ ފަދަ ތަސައްރަފު ފުދިފައިވާ ފުދުންތެރިން ކަމުގައެވެ.

ރިޝްވަތު ނުނަގާ މަޖިލީހުގައި ހިދުމަތް ކުރާނީ އެމަޖިލީހަށް އިންތިހާބުވާ މެމްބަރުންނަކީ މިނިއަނަރުންނަށް ވެގެންކަމަށްވެސް ގާސިމް ވިދާޅުވިއެވެ. އަދި މީހަކު އަމިއްލައަށް ކައިގެން ބޮއެގެން އުޅެވޭނެ ވަރު ނެތް މީހުން މަޖިލީހަށް ކުރިމަތިލައިގެން ހޮވުނީމަ އަމިއްލަ ޒިންމާއެއް ނެތް މީހުން މަޖިލީހަށް ހޮވުނީމަ އަމިއްލަ ޖީބު ފުރުން ނޫނީ ބަލާނީ އަމިއްލައަށް ކަމެއް ކުރެވޭތޯކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

މަޖިލީހަށް މިނިއަނަރުން ހޮވަންޖެހޭކަމަށް ގާސިމް ވިދާޅުވިއިރު، ރައީސް ޔާމީންގެ ސަރުކާރުން ކޮށްފައިވާކަމަށް ބެލެވޭ ވައްކަންތައް ބެލުމަށް އެކުލަވާލި ކޮމިޝަނަށް ބާރު ދިނުމަށް ހުށަހަޅާފައިވާ ބިލްގެ މަސައްކަތް އިދިކޮޅު ފަރާތްތަކާއި ގުޅިގެން ޖުމްހޫރީ ޕާޓީންވަނީ މިހާރުވެސް ހުއްޓުވާފައެވެ.
ހިޔާލު

ކަންއޮތްގޮތް

މަޖިލީހަށް ކުރިމަތިލާންވީ މިލިއަނަރުންކަމުގައި ޤާސިމް ބުނާއިރު، ޤާސިމަށް ކުރިމަތިލެވިދާނެކަމާއިމެދު ކިހާވަރެއްގެ ޔަޤީންކަމެއް އޮވޭބާވައެވެ؟ މިލްކިއްޔާތާއި އަނބިދަރިން ވިއްކައިގެންވެސް ސަލާމަތްވެދާނެކަމުގެ ވާހަކައަކީ، އަބަދުވެސް ދެކެވޭވާހަކައެކެވެ. ފަށާފައިވާ، އެކަމަކު ކޮޅެއްގައިނުޖެހި ނުނިމިހުރި އެތަކެއް ޢިމާރާތާއި ތަންތަން މާލެއަށް އެކަނިބަލައިލިނަމަވެސް މަދެއްނޫނެވެ. ވީދި ފިލުނދުވެފައިވާ ޙާލުގައި ވިހުރޭ ޖޭޕީގެ ބޮޑެތި ދިދަނަގާފައިހުންނަ ޢިމާރާތްތަކަކީ މިކަމުގެ ސާފު ނިޝާނެކެވެ. އެހެންވީމައި މިވަރުމީހުން މިކަހަލަވާހަކަދެއްްކުމުން ވާނީ މިކަހަލަ ފަޟީޙަތްކަން ދަންނަންއެބަޖެހެއެވެ.

އިދުރީސްއަލީ

ޤާސިމް އަތުގަ ލާރިފޮއްޗެއް އޮވެގެން ހާދަބޮޑާ ކަމެކޭދޯ މިދައްކަނީ. ޤާރޫނުވެސް ދުނިޔޭގަ އުޅުނީ ތިފާޑަށް. ޢާސިމަށް ތިޔަ ތަނަވަސްކަން ދެއްވި ﷲ ސުބްހާަނަހޫ ވަތަޢާލާ ކުޅަދުންވަންތަ ތިޔަ ތަނަވަސްކަން ހިނދުކޮޅެއްގެ ތެރޭ ގެންދަވާ ތިޔަބޮޑާ މީހާ ނިކަމެތިކުރެއްވުމަށް. އެކަމަށްވެސް ގާސިމް ގޮންޖަހާނަންތަ؟

ފަގީރު ކޮއެ

މަށަކީ ފަގީރެއް، ޖޭޕީގެ އެއްވެސް ކެންޑިޑޭޓަކު މިގެއަށް ވޯޓެއް ހޯދަން އައިސްގެން ނުވާނެ، ގާސިމް ވޯޓް ހޯދަން ދާންޖެހޭނީވެސް މިލިއަނަރުން ކައިރިއަށް

ފުރޭ

މިލިއަނަރު ޑޮލަރު ގަންނަން ވީމަ، ޑޮލަރު ވިއްކުމުގެ ހުއްދަ ނެތް ވަގު ޑޮލަރ ވިއްކާ ވަގު ކުންފުންޏެއް ކައިރިޔަށް