Parth athugai Hina ge Phone number ves neiy
image
ހީނާ ހާން އާއި ޕާތު ސަމްތާން--
0 ކޮމެންޓް
 

ޕާތު އަތުގައި ހީނާގެ ފޯނު ނަމްބަރު ވެސް ނެތް

ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޝޯ "ކަސޯޓީ ޒިންދަގީ ކޭ" ގައި އަނުރާގުގެ ރޯލުން ފެނިގެންދާ، ޕާތު ސަމްތާން އާއި ހަމައެޝޯގައި ކޯމޮލިކާގެ ރޯލުން ފެންނަ ހީނާ ހާންގެ މެދުގައި ރަހުމަތްތެރިކަމުގެ ގުޅުމެއް ނޯންނަކަމަށް އަޑުއަރާތާ އެތައް ދުވަހެކެވެ. މިމަހުގެ 11 ވަނަ ދުވަހު ޕާތަށް 28 އަހަރު ފުރިފައިވާއިރު އުފަން ދުވަހާއި ގުޅުވައިގެން ބޭއްވި ޕާޓީގައި ކަސޯޓީގައި ޕްރެނާގެ ރޯލުން ފެންނިގެންދާ އެރިކާ ފެނާންޑަސް ވެސް ބައިވެރިވިއިރު ހީނާ ފެނިފައިނުވާކަމީ އެކަމުގެ ހެއްކެވެ.
އުފަން ދުވަހުގެ ޕާޓީން ހީނާ ހާން ފެނިފައި ނުވަނީ ކީއްވެތޯ ޕާތަށް އެތައް ސުވާލުތަކެއް ކުރިމަތިވަމުން އަންނައިރު އެކަމާއި ގުޅިގެން އެންމެ ފަހުން ޕާތު މިވަނީ ވާހަކަ ދައްކާފައެވެ. ޕާތު ބުނީ، އޭނާ އުފަން ދުވަސް ފާހަގަކުރަން ބޭނުންވީ އޭނާގެ ދިރިއުޅުމުގައި ތިބި މުހިއްމު މީހުންނާއެކު ކަމަށެވެ. އެންމެ ފަހު ވަގުތު ޕާޓީ އިންތިޒާމުކުރިކަން ފާހަގަކޮށް ޕާތު ބުނީ، އޭނާއަކީ އެހާ ޕާޓީ ބާއްވާ މީހެއް ނޫންކަމަށާއި އަދި ޕާޓީއެއް ބާއްވާއިރު 200 އެއްހާ މީހުންނަށް ދައުވަތު ދިނުމުގެ ބަދަލުގައި ބޭނުންވަނީ މުހިއްމު މީހުންނަށް ދައުވަތު ދޭން ކަމަށެވެ.

އޭގެ އިތުރުން ޕާޓީއަށް ޕްރެނާއަށް ދައުވަތު ދިނީ އޭނާއާއެކު ޝޯގެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތްކޮށް ގާތް ރަހުމަތްތެރިކަމެއް އުފެދިފައިވާތީ ކަމަށާއި ހީނާއާއި އޭނާއާ މެދު އޮންނަނީ ހަމައެކަނި ޕްރޮފެޝަނަލް ގުޅުމެއް ކަމަށާއި ހީނާ މާބޮޑަށް ނުދަންނަ ކަމަށް ޕާތު ބުނެއެވެ.

ހީނާއާއެކު މަސައްކަތް ކުރަން ފެށިތާ އަދިވީ މަސް ދުވަސްކަން ފާހަގަކޮށް ޕާތު ބުނީ ހީނާގެ ނަމްބަރު ވެސް އޭނާގެ އަތުގައި ނެތް ކަމަށެވެ.

ހީނާއަކީ ސްޓާ ޕްލަސް އިން ދައްކަމުން އަންނަ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި އަކްޝަރާގެ ރޯލުގައި މަަސައްކަތްކޮށް މަގްބޫލުކަން ހޯދާފައިވާ ފަންނާނެކެވެ. އަދި ޕާތަކީ ވެސް ގިނަ ޓީވީ ޝޯތަކަކުން ފެނިފައިވާ މަޝްހޫރު ތަރިއެކެވެ. އެގޮތުން ޕާތު ވަނީ "ގުމްރާ: އެންޑް އޮފް އިނޮސެންސް" އާއި "ޕިޔާރު ތޫނޭ ކިޔާ ކިޔާ" އަދި "ކޭސީ ޔޭ ޔާރިޔާން" ފަދަ ޝޯތަކުގައި މަސައްކަތްކޮށްފައެވެ.
ހިޔާލު