Mahujanun Hovanjeheykamah Vidhaalhuvumun Dr. Shaheedhuge Varugadha Rahdheh Qasimah
image
ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ޝަހީދު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް--
8 ކޮމެންޓް
 

މަހުޖަނުން ހޮވަންޖެހޭކަމަށް ވިދާޅުވުމުން ޑރ. ޝަހީދުގެ ވަރުގަދަ ރައްދެއް ގާސިމަށް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި އިންތިޚާބު ކުރަންވީ މިލިއަނަރުންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވުމާއި ގުޅިގެން އެކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ރައްދުދެއްވައިފިއެވެ.
ޚިޔާލު ފާޅުކުރުމާއި ދީނީ މިނިވަންކަމާ ބެހޭ އދ. ގެ ރެޕަޓުއާގެ މަގާމުގައި ހުންނެވި، ޑރ. ޝަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "މަހުޖަނުންނަށް ސިޔާސީ ބާރު ދިނީމަ ކޮރަޕްޝަން ހުއްޓޭ ކަމުގައިވާނަމަ ޑްރަގް ވިޔަފާރި ހުއްޓުވުމަށް އެ ވިޔަފާރި ކުރާ މީހުންނަށް ފުލުސް އޮފީސް ދޭންވީ،" ކަމަށެވެ.


ދަންގެތީ ދާއިރާގެ ޖޭޕީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ ކެމްޕެއިން އިވެންޓެއްގައި އިއްޔެ ގާސިމް ވަނީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރަންވީ އަމިއްލަ ހާލައިގެން އުޅެވޭ ފައިސާ ހުރި ފޯރުންތެރިން ކަމަށާއި އޭރުން މަޖިލިސް މެމްބަރުން ރިޝްވަތަށް ނުހެއްލޭނެ ކަމަށް ވިދާޅުވެފައެވެ.

އެކަމާއި ގުޅިގެން ސޯޝަލް މިޑިއާގައި ގިނަ ބަޔަކު އަންނަނީ ގާސިމަށް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ. އެގޮތުން ވިޔަފާރިވެރިންގެ އަތްދަށުން މަޖިލިސް ސަލާމަތް ކުރަން ބައެއް ފަރާތްތަކުން ގޮވާލާއިރު އަނެއް ބަޔަކު ވަނީ މަހުޖަނުން ހޮވައިފިނަމަ އަދި އިތުރަށް ރިޝްވަތު ނެގުން އިތުރުވާނެ ކަމަށް ބުނެފައެވެ.

މިފަކަށް އައިސް ޖޭޕީ އާއި އެމްޑީޕީގެ މެދުގައި ބަހުގެ ހަމަލާތައް އިތުރުވެފައި މިވަނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީން 86 ދާއިރާއަށް ވާދަކުރަން ނިންމި ނިންމުމާއި ގުޅިގެންނެވެ. އެގޮތުން ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ޕީއެންސީ/ޕީޕީއެމްއާ ޖޭޕީން ވަނީ ކޯލިޝަން ވެސް ހަދާފައެވެ.

ރައީސް ޔާމީންގެ ސަރުކާރުން ކޮށްފައިވާކަމަށް ބެލެވޭ ވައްކަންތައް ބެލުމަށް އެކުލަވާލި ކޮމިޝަނަށް ބާރު ދިނުމަށް ހުށަހަޅާފައިވާ ބިލްގެ މަސައްކަތް އިދިކޮޅު ފަރާތްތަކާއި ގުޅިގެން ޖުމްހޫރީ ޕާޓީންވަނީ މިހާރުވެސް ހުއްޓުވާފައެވެ.
ހިޔާލު

ޢެޖެންޑާ 20

ދުނިއޭގެ ބޮޑެތި ގައުމުތަކުގެ ވެރިންނައްވެސް ތިބީމީގެ ކުރިން ސަލާންޖަހަން މަގުމަތީގަ އުޅުނުމީހުން އެމީހުން ނުވާނެ މަހުޖަނުންނައް ދުނިއޭގެ ފެންވަރުގެ ދެއްތޯ ރާއްޖޭގެ މަހުޖަނުވަނީ މީހާރު ތިގޮތައް ބޭރުގައުމުތަކުގަ އުޅޭމީހުން މީހުން އޮޅުވާލުމައް ޥާހަކަ ދައްކާތީވެ ވީލާކިޔާ ބޮޑު ކޮލެޖެއް ހުޅުވާދީފަ ތައުލީމުލިބޭގޮއް ހަދާދީފަ އަދިބޭރު ދުނީއޭގެ ޙަބަރު ފެއްނަ ގޮތައް ޓީވީ ޗެނަލް ވެސްހުޅުވާފަ އެވަރުން ނުވާނަމަ ރާއްޖެ އިން ބޭރައް ދާން އެހީދީ އަދި ފުލައިމީ ކިޔާއެއާލައިނެއް ގެވެސް ހިދުމައްދީފަ އެވަރުން ނުވާނަމަ ބޭރުމީހުން އޫޅޭ ތަން ފެއްނަ ގޮތައް ރިޒޯޓު ތައްވެސް ހުޅުވާފަ މިހުރިހާކަމެއް އެއްމެފުރަތަމަ ކުރިދިވެއްސަކީ ބުރުމާ ކޮއްމެ އުސޫލަކުން ކުރިއަސް ވިސްނާލީމަ އެގޭއެއްޗަކީ 5 އަހަރުގެ ދައުރެއްގަ ލިބޭއެއްޗަކައްވުރެ ކުރަންޖެހޭ ހަރަދު ވަނީ ބޮޑުވެފަ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ހަރަދު ކުރިވަރު ބައެއް މީޑިޔާގެ ރިޕޯޓުތަކުން އެގޭބަލާލީމަވެސް.

Nathaa

މަހްޖަނުން ހޮވަންޏާ ދައުލަތުން މުސާރަ ދޭކަށްނުޖެހޭނެ ދޯ ޤާސިމޫ. މިލިއަނަރުން ވީމާ ހިލޭސާބަހަށް ގޮޑިހޫނުކުރަން ތިބޭ

އޮނުތޫރި

ސޭޓު އެއުޅެނީ 750 މިލިއަން ޑޮޅަރުގެ ގެރެންޓީއެއް ނުދީގެން. ނުވެސްދޭނަށް

އައިސްލޭންޑު

ފާތޭއަށް
ވެދުން ސަލާމް
ޤާސިމް އުޅެނީ އިތުރަށް މުއްސަނދި ވާކަށް ނޫން. މިހާރު އޭނަގެ ހަމަ އެކަނި އޮތް ބޭނުމަކީ އޭނާގެ މިލްކިއްޔާތު ހުސްކޮށްގެން ނަމަވެސް ތާރީހުގައި ރާއްޖޭގެ ވެރިކަން ކުރި މީހުންގެ ލިސްޓުގައި އޭނާގެ ނަން އޮތުން. މިލްކިއްޔާތު ބޮޑުކުރަން ބޭނުން މީހުން ގޮސް ޤާސިމު ފަހަތަށް ވަދެ އޭނަ ފެލަނީ.

ައައްލާބެއްޔާ

މަހުޖަނުން ހޮވާ މަހުޖަނުންގެ ފައިބުޑަށް ސަލާންޖަހަން! ވޯޓް ދޭންވީ އެޖެންޑާ19އަށް. ސަރުކާރުގެ ކެނޑިޑޭޓް އަށް މެނުވީ ފުލެޓް ލިބުނަ ދިނުމަށް މަގުފަހި ނުކުރެވޭނެ! އެހެންވެ ވޯޓް ދޭންވީ އެއިރެއްގައި އޮތް ސަރުކާރުގެ ކެންޑިޑޭޓައް!

ކެޔޮޅު

ގާސިމް އެ އުޅެނީ ކޮންމެވެސް ކަމެއް ބޭނުންވެގެން. ނަމަވެސް މަ ބުނެލަން އޮތީ ބޭނުންވާހާ ކަންކަންކުރުމަށްޓަކައި ގައުމުގެ ސިފަތަކާއި އުސޫލްތަކާއި ދުނިޔެވި ހަގީގަތްތައް ބަދަލުކުރަން ނޫޅޭށޭ. ގާސިމަށް އެނގޭނެ ދޯ މަހުޖަނުން މަޖިލީހަށް ވައްދައިގެން މަޖިލިސް ރަނގަޅުނުކުރެވޭނެކަން. މަޖިލީހަށް މަހުޖަނުން ވައްދައިގެން މަޖިލީސް ރަނގަޅުވާ ނަމަ ޑްރަގު މައްސަލަ ހައްްލުވާނީ އެ ފަދަ މީހުން ގާނޫނު ތަންފީޒުކުރަން ތިބިގެންތަ. މިއީ ނުވާނެކަމެއްދޯ. އެހެންކަމުން މަޖިލީހަށް ވައްދަންޖެހޭނީ އީމާންތެރިކަން އިހުލާސްތެރިން ތެދުވެރިން، އަމާނާތްތެރިން. މިވަރު ނޭނގޭ ގަމާރެއްތަ ގާސިމަކީ.

ގައުމު

ގާސިމޫ. ކިހާ ބޮޑޫ ކަމެއް. ކިޔޭ ނުކިޔޭ އެއް ނޭނގޭދޯ. ހެޔޮނުވާނެ ގާސިމް އަތުގައި ފައިސާ ހުއްޓަސް މި ގައުމު ހަލާކުކުރަން. ތިއީ މި ގައުމަށް ޖެހިފައިވާ ވަރަށް ބޮޑު .... އެއް. ޕްލީޒް ގާސިމް މި ގައުމު ނުނޮޅަބަލަ. މުއްސަނދިން މަޖިލީހަށް ވައްދައިގެން ކީއްކުރަން ތިޔަ އުޅެނީ. ރައްޔިތުން ފެލަންދޯ. މިހާރު ވެސް ނެގުނު ބައި މަދީދޯ

ފާތޭ

ގާސިމަށް ހީވަނީ މަހުޖަނުން މަޖިލީހަށް ދިޔައީމަ ވައްކަން ނުކުރާނެކަމަށްތަ. އެހެން ވިއްޔާ ފުރަތަމަ ވެސް ގާސިމް ދޯ އެކަންކަން ހުއްޓާލާފައި ހައްގުމިންވަރުހޯދާނީ. މުޅި ދައުލަތުގެ މިލްކިއްޔާތު ބޭނުންވެގެން އެކަމާ އުޅެނީކީއްވެ. މުއްސަނދި މީހާ މަޖިލީހަށް ދިޔަޔަސް ވައްކަން ކުރާނެ ގަނެވިއްކާނެ، އޭނާ އެކަންކުރާނީ އޭނާގެ ފެންވަރުގައި. މަޖިލީހަށް ވައްދަންވީ އީމާންތެރިން ތެދުވެރިން އަމާނާތްތެރިން. ވަގުން ނޫން މުއްސަނދިން ނެތް ނޫން. މިކަން މި ގާސިމަށް ނޭނގޭކަމަށް މި ހަދަނީ ކިހާ ބޮޑޫ ކަމެއް. މީހާ އަށް މި ނޫން ގޮތެއް ފެންނަ ނަމަ ހާދަ ރަނގަޅޭ