Home Ministeruge Baaruthah Anbura Dhehvaifi
image
ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ: ފައިލް ފޮޓޯ ރައީސް އޮފީސް
2 ކޮމެންޓް
 

ހޯމް މިނިސްޓަރުގެ ބާރުތައް އަނބުރާ ދެއްވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމިން ހަނިކުރެއްވި ހޯމްމިނިސްޓަރުގެ ބާރުތައް އަލުން މިހާރު ހުންނެވި ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ދެއްވައިފިއެވެ.
ރައީސް ސާލިހު މިކަން އިއުލާނުކުރައްވާފައިވަނީ މިއަދު، ށ. ކޮމަންޑޫގައި ބޭއްވި އެމްޑީޕީގެ ރައްޔިތުންގެ މަޖިލިސް ކެންޕޭނު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރައީސް އަބްދުﷲ ޔާމިނު ވަނީ 2016 ވަނަ އަހަރު މޮނިކޮމް އަމުރަށް އެދުމުގެ ބާރު އެމަނިކުފާނު އުފެއްދެވި ކޮމެޓީއަކަށް ދެއްވާފައެވެ. އެހެން ނަމަވެސް ޓެރަރިޒަމް މަނާކުރާ ގާނޫނުގައި ބުނެފައިވަނީ، މޮނިކޮމް އަމުރު ނެރުމަށް އެދުމުގެ ބާރު އޮނަނީ ހޯމް މިނިސްޓަރަށް ކަމަށެވެ. މީގެ އިތުރުންވެސް ތަހުގީގު ކުރުމާއި ގުޅުންހުރި ބާރުތައް ރައީސް ޔާމިން ހަނިކުރެއްވިކަމަށް އޭރު މީޑިއާތަކުގައި އަޑު ފެތުރުނެވެ.

"އަޅުގަނޑުވާނީ އެ ބާރުތައް އަނެއްކާ ވެސް ހޯމް މިނިސްޓަރަށް ދޫކޮށްލުމަށް ސޮއިކުރަން ޖެހޭ ލިއުމުގައި ސޮއިކޮށް އެކަން ނިންމާފައި. އިރާދަކުރެއްވިއްޔާ ފުލުހުންގެ ގާނޫނުގައި އެވާ ހޯމް މިނިސްޓަރަށް ލިބިދޭ ބާރުތައް މި ހަފްތާ ތެރޭގައި އަނެއްކާވެސް ހޯމް މިނިސްޓަރަށް ލިބި ރައިސުލްޖުމްހޫރިއްޔާ އޭރު ނަގާފައި އޮތް ހުރިހާ ބާރުތަކެއް އަޅުގަނޑުވާނީ ދޫކޮށްލާފައި،" ރައީސް ޔާމިން ހަނިކުރެއްވި ބާރުތައް ދޫކޮށްލައްވަމުން ރައީސް ސާލިހު މިއަދު ވިދާޅުވިއެވެ.

ހިޔާލު

ކާލާ މަންނަ

އަވަހަށް ސަރުކާރުގެ ކަރަޕްޝަން މައްސަލަތައް ތަހުގީގުކުރައްވަން ފައްޓަވާ.. 100 ދުވަސް 100 މިލިއަން

ހުސޭނު

ހަނަކުރެއްވި ބާރުތައް ދިނުމެއް ނޫން މުހިންމީ.. މާތް ﷲ އަންގަވާފައިވާގޮތަށް ފަސާދައިން ދުރުވުން...