Nagili Alhuvai "Victory" ge Kunbun Baeh Ufuraalaifi
image
ވިކްޓްރީގެ ކުނބުގައި ނަގިލި އަޅުވާފައި: ފޮޓޯ ޓުވިޓަރު
1 ކޮމެންޓް
 

ނަގިލި އަޅުވައި "ވިކްޓްރީ" ގެ ކުނބުން ބައެއް އުފުރާލައިފި

ހުޅުލޭ ފަރުކައިރިއަށް 1981 ވަނަ އަހަރު އަޑިއަށް ދިޔަ "ވިކްޓްރީ" ބޯޓުގެ ކުނބުގައި ނަގިލި ވަލެއް އަޅުވައި ކުނބުގެ ބައެއް އުފުރާލައިފިއެވެ.
"ވިކްޓްރީ" ބޯޓު އަޑިއަށްގޮސްފައިވާ "ވިކްޓްރީ ރެކް" އަކީ ދިވެހިރާއްޖޭގައި ފުޅިއަޅައިގެން ފީނާ މީހުންނަށް ވެސް އެންމެ ކަމުދާ އެއް ސަރަހައްދެވެ. އަދި އެއީ މުޅި ދުނިޔޭގައި ވެސް ފީނުމަށް މަޝްހޫރު ސަރަހައްދެކެވެ.




ޕަޑީގެ މާސްޓަރު އިންސްޓުރަކްޓަރެއް ކަމަށްވާ، އާދަމް އަޝްރަފު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ނަގިލި ވަލެއް ވިކްޓްރީގެ ކުނބުގައި އަޅުވާފައިވާކަމަށެވެ. އަދި އެ ވަލުގެ ސަބަބުން އެ ސަރަހައްދުގައި ހެދިފައިހުރި ހުރިހާ މުރަކައެއް ހަލާކުވަމުންދާކަމަށެވެ. އަދި ބޯޓުތައް ފެތިފައި ހުރި ފީނާ ސަރަހައްދުތަކަށް ނަގިލިއުކުން ހުއްޓައިލުމަށް އޭނާ ވަނީ ގޮވާލާފައެވެ.

ފޮޓޯއިން ފެންނަ ގޮތުގައި ވައު އެޅުވުމުގެ ސަބަބުން ކުނބުން ބައެއް ވަނީ އުފުރައިގެން ގޮސްފައެވެ. އަދި ކުނބުގެ ބައި އުފުރިފައިވައިރު ކުނބު ވަށައިގެން އެތައް ބައިވައިރު މަހެއް ދަނީ އެނބުރެމުންނެވެ. އަދި ޑައިވަރުންގެ ބަޔަކު ކުނބު ދޫކޮށްލުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.

ސިނަމާލެ ބުރިޖެ އެޅުމަށް 2016 ވަނަ އަހަރު މަސައްކަތް ކުރި އިރުވެސް އެ ސަރަހައްދުގައި މަސައްކަތް ކުރި ބޯޓަކުން ވަނީ ވިކްޓްރީގައި ނަގިލި އަޅުވާފައެވެ. އެ ފަހަރު ނަގިލި އަޅުވާ ހަލާކުކޮށްލާފައިވަނީ ވިކްޓްރީގެ ވީލް ހައުސް އިން ބޭރުގައި ހުރި ދެ ވިންގެވެ.

މިފަހަރު ވިކްޓްރީގައި ނަގިލި ވައު އެޅުވީ ކޮންބައެއްކަން އަދި ސާފެއް ނުވެއެވެ.

"ވިކްޓަރީ ރެކް" ކައިރިއަށް ޑައިވްކުރުމުގެ ހުއްދަ، ތިން އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު، ހައުސިން މިނިސްޓްރީން އަލުން ދީފިފައިވަނީ މި ހިނގާ މާޗް މަހުގެ 11 ވަނަ ދުވަހުއެވެ. އެ ސަރަހައްދަށް ފީނުން މަނާކޮށްފައި އޮތީ ސިނަމާލެ ބުރިޖުގެ މަސައްކަތް ކުރިއަށްގެންދާތީއެވެ.

ހިޔާލު

ޭްރިޒާ

މިހިނގަނީ މާރޗްމަސް އަދި އެޕްރީލް ނާދޭ