Ekuveni sarahahdhugai huri mudhaathakehgai roakohlaifi
image
އެކުވެނި ޓެނިސް ކޯޓް ފުރަގަހުގައި ބަހައްޓާފައި ހުރި މުދާތަކުގައި ރޯކޮށްލާފައި.-- ފޮޓޯ: އެމްއެންޑީއެފް
2 ކޮމެންޓް
 

އެކުވެނި ސަރަހައްދުގައި ހުރި މުދާތަކެއްގައި ރޯކޮށްލައިފި

އެކުވެނި ޓެނިސް ކޯޓް ފުރަގަހުގައި ބަހައްޓާފައި ހުރި މުދާތަކެއްގައި ބަޔަކު އަލިފާން ރޯކޮށްލުމާ ގުޅިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ އެކުވެނި ޓެނިސް ކޯޓް ފުރަގަހުގައި ބަހައްޓާފައި ހުރި މުދާތަކެއްގައި އަލިފާން ރޯވިކަމުގެ ރިޕޯޓް 18:57 ގައި ލިބިފައިވާ ކަމަށެވެ. އަދި މިހާރު އަލިފާން 90 ޕަސެންޓަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފް ފަޔާ ޓީމުން އަލިފާން ނިންވަން ހަރަކާތްތެރިވަނީ.-- ފޮޓޯ: އެމްއެންޑީއެފް

އެނގިފައިވާ ގޮތުގައި ބަޔަކު ރޯކޮށްލާފައި ވަނީ ބައެއް ރަށްރަށުގައި ޓާފް ދަނޑުތައް އަޅަން ގެނެސް ހުރި ޓާފް ތަކެއްގަ އެވެ. އަދި އަލިފާން ރޯކޮށްލުމުން އޭގެ ތެރެއިން ގިނަ އަދަދެއްގެ ޓާފްތައް ވަނީ އަނދާ އަޅިއަށް ވެފައެވެ.
ހިޔާލު

ސަންތި

މިހާރު މިހިނގާ ކަންތައްތައް މީ ބަޔަކު ރާވައިގެން ކުރާ ކަމެއްހެން ހާދަ ހީވެޔޭ....

އިންސައިޑް ސޯސް

ޔާމީނާ އޭނަގެ އައުވާނުން ޝަރީއަތްކޮށް ޖަލަށް ނުލާހާ ހިނދަކު ތިކަމެއް ނުހުއްޓުވޭނެ. ތީ ތާރޑުވޭ އާ ޔާމީނު ގުޅިގެން ހިންގާ ޖަރީމާއެއް