Saeed ah "Agenda 19" vee Rannamaari akah!
image
ކުރީގެ ރައީސް ޔާމީނާއެކު ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު ---
8 ކޮމެންޓް
 

ސައީދަށް "އެޖެންޑާ 19" ވީ ރަންނަމާރިއަކަށް!

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން އެންމެ ދެ ހަފްތާއަށް ވީއިރު، މައިގަނޑު ގޮތެއްގައި މިއުޅެނީ "އެޖެންޑާ 19" އަކާއި، ވާނުވާ ނޭނގޭ ބައިގަނޑެކެވެ.
އޭޕްރީލް މަހު ބާއްވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 87 ދާއިރާއަކަށް 386 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ސަރުކާރު ކޯލިޝަން އެމްޑީޕީން ނެވެ. އެޕާޓީން ވާދަ ނުކުރަނީ ހަމައެކަނި ފ. ނިލަންދޫ ދާއިރާގެ ގޮނޑިއަށެވެ. އެޕާޓީން ޕްރައިމަރީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލި އެވެ. ހުޅުވާލި ފުރުސަތުގައި އެއްވެސް ދާއިރާއަކަށް އެއް ބޭފުޅަކަށްވުރެ ގިނަ ބޭފުޅުން ކުރިމަތި ލައްވައިފިނަމަ އެމްޑީޕީއަށް ނިސްބަތްވާ ދާއިރާގެ މެމްބަރުންގެ މެދުގައި ވޯޓުލުމަށްފަހު ކެންޑިޑޭޓެއް ކަނޑައަޅަ އެވެ.

އެމްޑީޕީގެ ޕްރައިމަރީ ނިމޭއިރު، ވަރަށް ގިނަ ދެބަސްވުން އުފެދި، ޕާޓީ ބައިބައިވާ ހިސާބަށް ކަންކަން ދެއެވެ. ނަމަވެސް ހަމައެހާމެ އަވަހަށް އެމައްސަލަތައް ހައްލުކޮށް، ޕާޓީއާއި ގައުމާއިގެން ކުރިއަށް ދިއުމުގެ ވިސްނުން އެމްޑީޕީގެ ގިނަ މެމްބަރުން ގެންގުޅޭކަން ފާހަގަކުރެވެ އެވެ. އެމްޑީޕީއަށްވެސް އެހެން ޕާޓީތައް ހަދާހެން ޕްރައިމަރީއެއް ބޭއްވުމަކާއި ނުލައި ދާއިރާތަކުގެ ޓިކެޓް ވަކިބަޔަކަށް ދެވިދާނެތާއެވެ. ނަމަވެސް އެއީ އިންސާފުވެރި ގޮތަކަށް ނުވާތީ ކިތަންމެ މައްސަލަ ބޮޑު ވިޔަސް ޕްރައިމަރީ ބާއްވަނީ އެވެ.

އެމްޑީޕީ ފިޔަވާ އެހެންއެއްވެސް ޕާޓީއަކުން ޕްރައިމަރީއެއް ބާއްވާފައެއް ނުވެއެވެ. ނަމަވެސް ޕީޕީއެމުން ވަރަށް މަދު ދާއިރާއެއްގައި ޕްރައިމަރީއެއް ބޭއްވިއެވެ. ގިނައީ "ތަބަބަކަށް ލާފައި" ޓިކެޓް ދިން ކެންޑިޑޭޓުންނެވެ.

އެމްޑީޕީގެ ޕްރައިމަރީއަށްފަހު، "އެޖެންޑާ 19"ގެ ނަމުގައި ކެމްޕެއިން ލޯންޗުކޮށް، ވަރަށް ފުޅާ ދާއިރާއެއްގައި ކެމްޕެއިން ކުރަމުން އެބަދެ އެވެ. އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވިއްކޭނެ އެއްޗެއް އެބައޮތެވެ. އެއީ "އެޖެންޑާ 19" އެވެ. އެއީ ކުރިއަށް މިއޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހާވެސް ގުޅޭ ނަމެކެވެ. "އެޖެންޑާ 19"ގައި ވަނީ އެމްޑީޕީން ރައްޔިތުންނަށް ހިދްމަތް ކުރުމަށް ހުށަހަޅާ 19 ބިލެކެވެ. އޭގައި ވަނީ ރައްޔިތުންނާ ގުޅުންހުރި މައްސަލަތަކަށް ހައްލު ހޯދާދޭނެ ގޮތްތަކެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގާނޫނީ އިމުގެ ތެރެއިން ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ކަންކަން ފަހިކޮށްދިނުމަކީ އަބަދުވެސް އެމްޑީޕީން ގެންގުޅޭ ސިޔާސަތަކެވެ.

ނަމަވެސް އެމްޑީޕީއާ އެހެން ހުރިހާ ސިޔާސީ ޕާޓީތަކެއް ތަފާތެވެ. ޖުމްހޫރީ ޕާޓީގެ ކެންޑީޑޭޓުން ރައްޔިތުންނަށް ވިއްކާނެ ސިޔާސަތުތަކެއް ފެންނާކަށް ނެތެވެ. ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުން ވިއްކަނީ ހަމައެކަނި "މަހުޖަނު" ގާސިމްގެ ނަމެވެ. ގާސިމް އެ ކެންޑިޑޭޓަށް ތާއީދު ކުރާކަން ހާމަކުރުން ފިޔަވާ ދެން ވިއްކޭނެ އިތުރު އެއްޗެއް އެ ކެންޑިޑޭޓުންގެ އަތުގައެއް ނެތެވެ.

ކުރީގެ ރައީސް މައުމޫންގެ ތާއީދާއެކު ވެސް ކެންޑިޑޭޓުންތަކެއް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރެ އެވެ. އެ މީހުން ވިއްކަމުންދަނީ "މާއްދާ 4" އެވެ. އެއީ ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާ އެވެ. އެމާއްދާއަކީ ރައްޔިތުންގެ ބާރު ބަޔާން ކުރާ މާއްދާއެވެ. އިތުރުތަފްސީލެއް ބުނެއެއް ނުދެއެވެ. ސިޔާސަތެއް ނެތެވެ. ދެން އޮތީ އަދާލަތު ޕާޓީ އެވެ. އަދާލަތު ޕާޓީގެ ހާލަތުވެސް ހަމައެގޮތަށެވެ. ނަމަވެސް އަދާލަތު ޕާޓީގެ ތަފާތަކީ އެމްޑީޕީއާއެކު ކުރިއަށް ދިއުމުގެ ވިސްނުން ގެންގުޅުމެވެ. އެހެންކަމުން އެމްޑީޕީގެ "އެޖެންޑާ 19" އަކީ އަދާލަތު ޕާޓީއަށް ކަމުދާ އަދި ވިއްކިދާނެ އެއްޗަކަށް ވެދާނެ އެވެ.

އެހެންކަމުން ރަނގަޅު ކެމްޕެއިނެއް ކުރަމުން މިދަނީ އެމްޑީޕީންނޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. އަދި ރައްޔިތުން ފަހުމުވާގޮތަށް ލިޔެގެން، ފޮތްތައް ޕްރިންޓް ކޮށްގެން، ޕޯސްޓަރުތަކާއި ބޭނާތައް ހަދައިގެން އެމްޑީޕީން ކުރާ ކެމްޕެއިން ވަރަށް "ވައިގާ" ހިފާކަމަށް ބެލެވެއެވެ.

އެމްޑީޕީގެ ކެންޑިޑޭޓުން ފިޔަވައި ދެން، ތިބި ކެންޑިޑޭޓުން ޖެހިފައި ވަނީ އެމްޑީޕީގެ "އެޖެންޑާ 19"އަކީ "ފީކަޅާ" އެއްޗެއްކަން ރައްޔިތުންނަށް ހާމަކޮށްދިނުމަށް ޖެހިފަ އެވެ. އެމަންޒަރު އިދިކޮޅު ޕީޕީއެމް ކޯލިޝަނާއި "ވާނުވާ" ކޯލިޝަނެއްގައި އޮތް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުންގެ ފަރާތުން ފެންނަމުންދެ އެވެ. އެ ކެންޑިޑޭޓުން އަވަދި ނެތި އުޅެންޖެހިފައިވަނީ "އެޖެންޑާ 19" އަކީ "ފީކަޅާ" އެއްޗެއް ކަން ރައްޔިތުންނަށް ދެއްކުމަށެވެ.

އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް "އެޖެންޑާ 19" އަކީ އެއްގޮތަކަށްވެސް ކަމުދާ އެއްޗަކަށް ނުވި އެވެ. ގާސިމް ވިދާޅުވާ ގޮތުންނަމަ އެއީ އެމްޑީޕީން ހިންގަންއުޅޭ "ބޮޑު ޖަރީމާ" އެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު ސައީދަށް "އެޖެންޑާ 19" ސިފަވަނީ "ރަންނަމާރި"އެއްގެ ސިފައިގަ އެވެ.

ސައީދު ވިދާޅުވަނީ، "އެޖެންޑާ 19" އަށްވުރެ ބިރުވެރި ރަންނަމާރިއެއް ދުވަހަކުވެސް ނާރާނެ ކަމަށާއި، އެމްޑީޕީއަށް އެކަން ހާސިލްވިޔަ ނުދިނުމަށް ހުރިހާ ބޭފުޅުންވެސް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

"އެޖެންޑާ 19"އަކީ ރަންނަމާރިއެއް ކަމަށާއި އޭގައިވާ ކަންކަން ހާސިލްވިޔަ ނުދިނުމަށް ހުރިހާ ރައްޔިތުން މަސައްކަތް ކުރަންޖެހޭކަމަށް ސައީދު ވިދާޅުވިއިރު، "އެޖެންޑާ 19"ގެ ދަށުން އެމްޑީޕީން މަޖިލީހަށް ހުށަހަޅާ ކަންކަމަކީ ކޮބައިކަމެއް އަދި އޭގައިހުރީ ކޮން ކަހަލަ ގޯސްތަކެއްކަމެއް ބުނެއެއް ނުދެއެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމަށާއި "އެޖެންޑާ 19" ގޯސްކަމަށް ބުނާ މީހުންނަށް އޭގައިހުރީ ކޮންކޮން ގޯސްތަކެއްތަކެއް، ނުވަތަ އޭގައި ހުރީ ކޮންކޮން ކަންތައްތަކެއް ކަމެއް ބުނެއެއް ނުދެވެއެވެ. "އެޖެންޑާ 19" ކަމުނުދާ މީހުން ހަމައެކަނި ބުނަމުންދަނީ "އެޖެންޑާ 19" ކަމުނުދާ ވާހަކައެވެ. ގޯސް ވާހަކަ އެވެ. އެއީ އެމްޑީޕީން ހިންގަން އުޅޭ "ޖާރީމާ" އެއްކަމަށެވެ. އޭގެއޮތް އެއްޗެއް، ނުވަތަ އެމްޑީޕީން "އެޖެންޑާ 19"އިން ހާސިލް ކުރަން އުޅޭ ކަމެއް ބުނެއެއް ނުދެވެއެވެ. އެކަމަކު އެމްޑީޕީން އެދަނީ "އެޖެންޑާ 19"އާއި ގުޅޭ ޕެނަލްޑިސްކަޝަންތަކާއި ޓީވީ ޕްރޮގްރާމްތައް ގެނެސް ދެމުންނެވެ. އާއްމުކޮށް ހުޅުވާލައިގެން އެކިއެކި ފޯރަމްތައް ބާއްވަމުންދާއިރު، "އެޖެންޑާ 19"ގައި ރައްޔިތަކަށް އޮޅުން ނުފިލާ އެއްޗެއް، ނުވަތަ ސާފުކުރަން ބޭނުންވާ އެއްޗެއް އޮތްނަމަ އެކަން ސާފުކޮށްދެވޭނެ މަގު އެމްޑީޕީން އެވަނީ ހުޅުވާލާފަ އެވެ.
ހިޔާލު

ޥާހަކަޔަކީ

ބަރުލަވާނީ އެޖެންޑާ 19 ގައި ކުރަންއުޅޭ ކަންތައް ވަރަށް ސާފު ، ރަންނަމާރިއެއް ކީއްކުރަން ؟ މަ މީތި ސިފަކުރާނީ ބޮޑު ސުނާމީ އާއި ބިންހެލުން ސިފަކުރާނެ ބީދައަކުން ....

ރަންނަމާރި 19

ފިނިފެންމާ ސައީދުވިޔަސް. . އަދި ކޮންމެމީހަކުވިޔަސް. ތިބުނާ އަންނި ގެންނަންތިއުޅޭ ރަންނަމާރި އޮތް އަރާ ފަތާ ފެންގަނޑު ގާތަކު ކައިރީގަ.

ބޯ

ހަގީގީ ރަންނަމާރީ މިހާރު އެއުޅެނީ އެމްޑީޕީތރޭގަ . އެކަންމިފެންނަނީ.

ގުއިއްޒު

ދިވެހިންނަށް ރަނގަޅީ ފިނިފެންމާ ސައީދު ބުނާގޮތަށް ސަލާންޖަހަޖަހަ ތިބުން.

އެޖެންޑާ 19

އެޖެންޑާ 19 ސައީދުމެނަށް ކާސިމްބެމެނަށް ކަމަކުނުދާނެއެވެ. މިމީހުނަށް ކަމުދާނީ އެޖެންޑާ ސޭޓު އަދި އެޖެންޑާ ވަގު، މިއެޖެންޑާތަކަށް ރައްޔިތުން ވޯޓެއް ނުދޭނެއެވެ. އަހަރެމެން ރައްޔިތުންގެ އެޖެންޑާއަކީ އެޖެންޑާ 19 އެވެ.

ގަޖާ

ރަގަޅައް ހަމަތިހީވީ. ތިބޭފުޅާއައް. އެއުޅެނީ ރަންނަމާރި އެރިހެންް އެޖެންޑާ ނަވާރައަރުވަން..އޭގެ ބައިތައްް މިހާރު މޫދުގަވެސް ފާޅުގަ އެދަނީ ކުރަމުން ކޮބާ އިބޫރައީސް މިކަމައް ނަހައް ދަވަންތޯ މަނިކުު ފާނު ކޮމިސަނެއް. އަވަހައް ކޮމިސަނެއް ހައްދަވާފަ މާހުންލާފަ ބައިތިއްބާ ބޮޑު މުސާރަރީފަ . އަދިި ނުދިނަސް ކަންކަން ތިމަންނަ ކުރާކަން ރައްއިތުނަ އަގަންތާތިއުޅުއްވަނީީ ކަމެއް ނުވިޔަސްް. މަޑުން ތިބޭ ގުރާ ބާރައް ދައިގަންނާނެ.

ހަތާ

ފިނިފެންމާ ސަޢީދު އަށްތި ހީވީ ހަނަ ރަނގަޅަށް އެއީ އެމް.ޑީ.ޕީ އާއި ދެކޮޅު ހުރިހާ ޕާޓ ތަކަށް ހަމަ ރަންނަމާރި ސަބަބަކީ އެޖެންޑާ 19 އަކީ އޭގައިވާ ކަންތައްތައް ތަންފީޒް ވެއްޖެ ނަމަ ދުވަހަކުވެސް ވެރިކަމާއި ހަމައަށްވެސް ވާސިލް ނުވެވޭނެ އެޖެންޑާއަޖަށް ވާތީ އެކަން ވެގެން ދާނީ އިދިކޮޅު ފަރާތްތަކަށް ދަނއނަމާރިއަށް ނުވަތަ އެނޫންވެސް އެހެން. ބިރުވެރި ފުރޭތަ އަކަށް ޙަޤީޤީ ރަންނަމާތި މިހާރު މިވަނީ ވެރިކަމުން ބާލާފަ. އެއީ ޤައުމު ދަވާލި ރަންނަމާރި، ކިރިޔާއެއްޗެކޭ ބުނެލާއިރަށް ގެންގޮސް ޖަލަށްލީ ރަންނަމާރި، ޕާޓީއަށް ސޮއި ނުކޮށްފިއްޔާ ވަޒީފާއިން ވަކިކޮށް މީހުނަށް ބިރިދެއްކި ރަނއނަމާރި ދެން މިހެންގޮސް އެތައް ކަމެއްގެ ރަންނަމާރި.

އިބޫ

ރަގަޅު ހީވުމެއް ސައީދައް ތިހީވީ އެޖެންޑާ ނަވާރައެއީ ހަމަ ރަންނަމާރިއެރުވުން. ރީތި ކޮން ބުނާނަމަ އެއީ ބަލާ ވެރިކަމެއްް މިރާއްޖެހައް ގެންނަންއުޅޭ .ތި ލާދީނީ ފިކުރުގެ އަންނި.