Samaaluvey! Aayaage namugai olhuvaalaigen bayaku faisaa hoadhanee
image
އާޔާ--
1 ކޮމެންޓް
 

ސަމާލުވޭ! އާޔާގެ ނަމުގައި އޮޅުވާލައިގެން ބަޔަކު ފައިސާ ހޯދަނީ

މިމަހުގެ 10 ވަނަ ދުވަހު "ސީއެންއެމް" އެހީގެ ދަށުން ގެނެސްދީފައިވާ ހދ. ހަނިމާދޫ، އާހިސްތާ އުމުރުން 11 އަހަރުގެ އައިޝަތު އާޔާ އިބްރާޙީމަށް ފަރުވާ ހޯދުމަށް ކަމަށް ބުނެ ބަޔަކު އޮޅުވާލައިގެން ފައިސާ ހޯދަމުން އެބަދެއެވެ.
ދެ ކިޑްނީ ފެއިލްވެފައިވާ އާޔާ ޑައިލަސިސް ހެދުމަށް ބެންގަލޫރުގެ އެންޔޫ ހޮސްޕިޓަލުގައި މިހާރު އޮތްއިރު އެކުއްޖާއަށް ފަރުވާ ހޯދުމަށް ކަމަށް ބުނެ ބަޔަކު މީހުން ފައިސާ ހޯދަމުންދަނީ ފޭސްބުކް މެދުވެރިކޮށެވެ. އެގޮތުން "Rau Faar" ގެ ނަމުގައި ހަދާފައިވާ ފޭސްބުކް އެކައުންޓެއް މެދުވެރިކޮށް މީހުންގެ އަތުން ފައިސާ ހޯދުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

އެ އެކައުންޓު މެދުވެރިކޮށް ބައެއް މީހުންނަށް ފޮނުވާފައިވާ މެސެޖުތަކުގެ ސްކްރީންޝޮޓު ސީއެންއެމްއަށް ވެސް ލިބިފައިވާއިރު އޮޅުވާލައިގެން ފައިސާ ހޯދަމުންދާ މީހާ ވަނީ އަހުމަދު މުހައްމަދު ކިޔާ މީހެއްގެ އެކައުންޓު ނަމްބަރުދީ އެނަމްބަރަށް ފައިސާ ޖަމާކޮށް ދިނުމަށް އެދިފައެވެ. އަދި ބައެއް މީހުން އަހުމަދު މުހައްމަދަކީ އާޔާއާ ކޮން ގުޅުމެއް އޮތް މީހެއްތޯ ސުވާލުކޮށްފައެވެ. އަދި ޖަވާބުގައި އޮޅުވާލައިގެން ފައިސާ ހޯދުމުންދާ މީހާ ވަނީ އެއީ ކުއްޖާގެ ބޭބެއެއް ކަމަށް ވެސް ބުނެފައެެވެ.

އޭގެ އިތުރުން ފައިސާ ޖަމާކުރުމަށް ފަހު 7458431 ނަމްބަރަށް ސްލިޕް ވައިބާ ކުރުމަށް ވެސް އޮޅުވާލައިގެން ފައިސާ ހޯދާ މީހާ ބުނެއެވެ. ނަމަވެސް އެ ނަންބަރަށް ސީއެންއެމް އިން ގުޅުމުން ފޯނެއް ނުނަގަ އެވެ.

އެ އެކައުންޓު މެދުވެރިކޮށް ބައެއް މީހުންނަށް ފޮނުވާފައިވާ މެސެޖުތަކެއް--

އެ އެކައުންޓު މެދުވެރިކޮށް ބައެއް މީހުންނަށް ފޮނުވާފައިވާ މެސެޖުތަކެއް--

އެކަމާއި ގުޅިގެން "ސީއެންއެމް" އާ ވާހަކަ ދައްކަމުން އާޔާގެ ބައްޕަ އިބްރާޙީމް ހަސަން ވަނީ އެފަދަ ކަމަކަށް ނުހެއްލުމަށް އެދިފައެވެ. އަދި އަހުމަދު މުހައްމަދު ކިޔާ އާޔާގެ ބޭބެއެއް ނުހުންނާނެ ކަމަށާއި އެހެން ކަމުން އެއީ އާޔާގެ ބަލި ހާލަތުގެ ފައިދާ ނަގައިގެން ބަޔަކު ހިންގާ ޖަރީމާއެއް ކަމަށް އާޔާގެ ބައްޕަ ބުނެއެވެ.

"ވަރަށް ހިތާމަ ހުރި ކަމެއް މިއީ. އަޅުގަނޑުމެން އަދިވެސް މިތިބީ ބެންގަލޫރުގައި،" އާޔާގެ ބައްޕަ ބުންޏެވެ.

އާޔާގެ ދެ ކިޑްނީ ވެސް ފެއިލްވެފައިވާކަން އާއިލާއަށް އެނގުނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އިންޑިއާއިން ފަރުވާ ހޯދުމުންނެވެ. އާޔާގެ ބަލި ހާލަތު ދަށްވެ ފަރުވާ ހޯދުމަށް އަނެއްކާ ވެސް އިންޑިއާއަށް ދިޔައީ މިމަހުގެ ތެރޭގައެވެ.

އާޔާއަށް އެހީވާން ބޭނުންވާ ފަރާތްތަކުން އާޔާގެ ބައްޕަގެ ފޯނު ނަމްބަރު 9775422 އަށް ގުޅުއްވައިގެން ކަންކަން ކުރިއަށް ގެންދިއުމަށް އެދެއެވެ. މިވަގުތު އިންޑިއާގައި އެމީހުން ތިބި ނަމަވެސް އެނަމްބަރު މެދުވެރިކޮށް ވައިބާ ކުރެވޭނެއެވެ. އަދި ފައިސާގެ އެހީތެރިކަމެއް ދޭނަމަ ވެސް އާޔާގެ ބައްޕަގެ އެކައުންޓު ނަމްބަރު 7730000067825 އަށް ފައިސާ ޖަމާކުރުމަށް އެދެމެވެ.
ސީއެންއެމް އެހީ
ހިޔާލު

އާދަނު

ބޭސްފަރުވާއްށް ސަލާންޖަހާކައް ނުޖެހެޔޯ ރާއްޖޭގަ ހުސްނުވާ އާސަންދަ ބޭރުންލިބޭ ވާހަކަވެސް އަޑު އަހަން އ