Fulidhoo kuni gondugai alifaan roavehje
image
އަލިފާންގަނޑު ނިއްވަނީ-- ފޮޓޯ: އެމްއެންޑީއެފް
0 ކޮމެންޓް
 

ފުލިދޫ ކުނިގޮނޑުގައި އަލިފާން ރޯވެއްޖެ

ވ. ފުލިދޫ ކުނިގޮނޑު ސަރަހައްދުގެ ބޮޑު ބައެއްގައި އަލިފާން ރޯވެއްޖެއެވެ.
ފުލިދޫ ކައުންސިލުގެ މެމްބަރު މޫސާ ފާއިޒު "ސީއެންއެމް" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ރޯވެފައިވަނި އާ ކުނިކޮށީގެ ބޭރުގައި ކަމަށެވެ. އަދި އަލިފާންގަނޑު ރޯވެފައިވަނީ އިއްޔެ ހަވީރު ހަތަރެއް ޖަހާއިރު ކަމަށާއި އަލިފާންގަނޑު ނިއްވާލެވުނީ ރޭ 9:30 ހާއިރު ކަމަށެވެ.

ފާއިޒު އިތުރަށް ވިދާޅުވީ، މިއަދު ހެނދުނުނ 8:00 ހާއިރު އަނެއްކާ ވެސް އެތަނުގައި އަލިފާން ރޯވެފައިވާކަމަށެވެ. އެގޮތުން އެ ސަރަހައްދުގައި ހުރި ހުރިހާ ގަހެއްގައި އަލިފާން ރޯވެފައިވާއިރު ކުނިކޮށި ބޭރުގައި ހުރި ލަކުޑިތަކެއްގައި ވެސް ވަރަށް ބޮޑަށް އަލިފާން ރޯވި ކަމަށް ފާއިޒު ވިދާޅުވިއެވެ.

މިއަދު ހެނދުނު ރޯވި އަލިފާންގަނޑު ވެސް އެމްއެންޑީއެފްގެ އެހީތެރިކަމާއެކު މިހާރު ނިއްވާލެވިފައިވާއިރު އެހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ހިޔާލު