"Judiciary ah Ayyanukuranvy Sihhathu Rangalhu Muvahzafun"
image
ޑެޕިއުޓީ ޕްރޮސެކިއުޓަރު ޖެނެރަލް ހުސެން ޝަމީމް: ފޮޓޯ ވީ
3 ކޮމެންޓް
 

ސިއްހަތު ރަނގަޅު މުވައްޒަފުން ޖުޑީޝަރީއަށް އައްޔަނު ކުުރުމަށް ޝަމީމް އިލްތިމާސް ކުރައްވައިފި

ސިއްހަތު ރަނގަޅު މުވައްޒަފުން ޖުޑީޝަރީއަށް އައްޔަނުކުރުމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރު ޖެނެރަލް ހުސެން ޝަމީމް ދިވެހި ރާއްޖޭގެ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަށް އިލްތިމާސް ކުރައްވައިފިއެވެ.
ޝަމީމް މިކަމަށް އިލްތިމާސް ކުރައްވާފައިވަނީ، މިއަދު އޮތް އޭނާގެ ކްލައިންޓެއްގެ މައްސަލައިގެ އަޑުއެހުން ކްރިމިނަލް ކޯޓުން ގާޒީ ހަސަން ނަޖީބު އާލާސްކަންފުޅާއުޅުއްވާތީ ކަމަށް ބުނެ އެ ކޯޓުން ކެންސަލް ކުރުމާގުޅިގެންނެވެ. ޝަމީމް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ އޭނާގެ ކްލައިންޓު ޖަލުގައި އޮންނަތާ 40 މަސް ދުވަސް ވެފައިވާކަމަށެވެ.

"މިހެންކަމުން ހާރޫން އަދިވެސް އޮންނާނީ ޖަލުގަ. 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އޭނާ އޮންނަނީ އެތަނުގައި. ގާޒީ ނަޖީބް އަށް އަވަސް ޝިފާއަކަށް އެދެން. އަދި ސިއްހަތު ރަނގަޅު މުވައްޒަފުން އައްޔަނުކުރުމަށް ޖުޑީޝަރީއަށް ގޮވާލަން،" ޑިޕާޓުމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޓެގު ކުރައްވައި ކުރެއްވި ޓްވީޓުގައި ޝަމީމް ވިދާޅުވިއެވެ.


މިއަދު ކެންސަލް ކޮށްފައިވަނީ 2015 އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ނ. ހޮޅުދޫގައި މަރާލި 73 އަހަރުގެ އިސްމާއިލް އަބްދުއްރަހުމާނު (އިސްމާއިލުބެ)ގެ މައްސަލާގައި ދައުވާކޮށްފައިވާ ހޮޅުދޫ އާޒާދުގެ، ހާރޫނު އަބްދުލް ލަތީފުގެ ޝަރީއަތެވެ. ހާރޫން ވަނީ އެ މައްސަލައިގައި ދައުލަތުން ކުރާ ދައުވާއަށް އިންކާރުކޮށްފައެވެ.

ހާރޫންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.

މުއްދަތެއް ނެތް ގޮތަށް ޝަރީއަތް ނިމެންދެން "ވާނުވާ" ޖަހައި މީހުން ޖަލުގައި ބާއްވާއިރު އެ މީހުންގެ ޝަރީއަތްތައް ދިގުލައިގެންދާ މައްސަލައަކީ މިއަދު ދިވެހިރާއްޖޭގެ ޖުޑީޝަރީގައި އޮތް ބޮޑު މައްސަލައެކެވެ. ޝަމީމް އަކީ "ވާނުވާ" ޖަހައި މީހުން ބަންދުކުރުމާއި ދެކޮޅަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ. "ވާނުވާ" އަކީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ކުރާ އަމުރަށް ކިޔައި އުޅޭ ނަމެކެވެ.
ހިޔާލު

ލލ

ވަކީލު ކަންވެސް ކުރަންވީ ހަމަ ސިއްހަތު ރަގަޅު ވަކީލުން ! ތިޔަ ވަކީލުން އާލާސް ކަންފުޅާއި އުޅޭތީ ކެންސަލް ކުރަން ޖެހުނީ ކިތަކެއް މައްސަލަތޯ ؟

ކަންއޮތްގޮތް

ތެދުވާހަކައެކެވެ. މީހަކު 40 މަސްވާންދެން މިގޮތަށް ދެމުމަކީ އެއްގޮތަކަށްވެސް ވެގެންވާނެކަމެއްނޫނެވެ. މިކަމުގައި އިހުމާލުވާ ފަރާތްތަކަށް ވަގުތުން ވަގުތައް ފިޔަވަޅުއަޅަން ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައި، އެކަން ގާތުން ބައްލަވަންއެބަޖެހެއެވެ. އަދި ނުވީތަނަކަށް ރައްޔިތުންގ މަޖިލީހަށް ޙާޟިރުވެވަޑައިގެން އެމަޖިލީހާއި ކުރިމަތިލައްވައި އެކަން ކުރެއްވިކަން ޤައުމަށް ދައްކަވަންއެބަޖެހެއެވެ. ޖޫޑީޝިއަރީ މުސްތަޤިއްލުވާންޖެހިދާނެއެވެ. އަދި ވެވިވެސްދާނެއެވެ. އެކަމަކު މިފަދަބޭއިންސާފު ހިނގާތަންބަލަން ރައްޔިތުންގެމަޖިލީސް އޮވެގެނެއްނުވާނެއެވެ. ރައްޔިތެއްގެ ޙައިޞިއްޔަތުން ރައީސް އެދިވަޑައިގެން ކޮންމެކަމެއް މިކަމުގައި ކުރަން ތައްޔާރަށް ރައްޔިތުން ތިބެންއެބަޖެހެއެވެ. މިވަރު ތަންފުކެއްބޮޑު!

ރައްޔިތުން

ގާޒީ އާލާސް ކަންފުޅާ އުޅުއްވިޔަސް ތާވަލް ކޮށްފައިވާ މައްސަލަތައް އެހެން ގާޒީން މެދުވެރިކޮށް ބެލޭނެ ގޮތް ފަހިވާން ޖެހޭނެ