Thin Lahkka Ahvure Gina Rufiya FENAKA ge Muvazafakah Dhinumah Anagafi
image
4 ކޮމެންޓް
 

ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ފެނަކައިގެ މުވައްޒަފަކަށް ދިނުމަށް އަމުރުކޮށްފި

ފެނަކައިގެ މާލޭ އޮފީހުގައި މަސައްކަތްކުރި މީހެއްގެ ވަޒީފާ އައްޑޫ ސިޓީ ހުޅުދޫ ބުރާންޗަށް ބަދަލުކުރުމުން، އޭނާއަށް ކޮށްތު ފައިސާ، އައުޓްސްޓޭޝަން އެލަވަންސް، ޓިކެޓު އަދި އެކޮމަޑޭޝަން އެލަވަންސްގެ ގޮތުގައި ތިންލައްކައަށްވުރެ ގިނަ ރުފިޔާ އޭނާއަށް ދިނުމަށް ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން ފެނަކަ ކޯޕަރޭޝަނަށް އަންގައިފިއެވެ.
މި މައްސަލައިގައި 24 މާރިޗު 2019 ވަނަ ދުވަހުން ފެށިގެން، 20 ދުވަހުގެ ތެރޭގައި ފެނަކައިން ފައިސާ ހަވާލުކުރުމަށް އަންގާފައިވަނީ، ށ. މިލަންދޫ، ކެތީ ހައުސް، މުހައްމަދު ޝިޔާމް އާއިއެވެ. އޭނާއަށް ހަވާލުކުރުމަށް ޓްރައިބިއުނަލުން އަމުރުކޮށްފައިވަނީ 377،772.42 ރ (ތިންލައްކަ ހަތްދިހަ ހަތްހާސް ހަތްސަތޭކަ ހަދްދިޔަ ދެ ރުފިޔާ ސާޅިސް ދެ ލާރި) އެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ބުނެފައިވަނީ އޭނާ ބަދަލު ކުރީ ދާއިމީކޮށް ކަމަށް ފެނަކައިން ބުނި ނަމަވެސް، ވަޒީފާގެ އެއްބަސްވުމަށް ބަލާއިރު، އެނާ މުއްދަތެއް ނެތް ގޮތަށް ބަދަލުކުރުމަކީ ވަގީތީ ގޮތުން ބަދަލުކުންކަމަށް މާނަކުރެވިދާނެކަމަށެވެ. އަދި އޭނާ ބަދަލުވުމަށް އެންގި އިރު ފެނަކައިން އޭނާއަށް އައްޑުއަށް ދިއުމަށް ޓިކެޓު ވެސް ދީފައި ނުވާކަން ޓްރައިބިއުނަލުގެ ނިންމުމުގައި ފާހަގަކޮށްފައިވެއެވެ. މިހެންކަމުން އޭނާގެ ޓިކެޓުގެ ފައިސާވެސް ދިނުމަށް ވަނީ އަންގާފައެވެ.

މި މައްސަލަ ހުށަހަޅާފައިވާ ޝިޔާމް ފެނަކައިގައި މަސައްކަތް ކުރަން ފަށާފައިވަނީ، 2014 ވަނަ އަހަރުގެ ޖޫން 15 ވަނަ ދުވަހުއެވެ. އަދި އޭނާ އައްޑޫސިޓީގެ ބުރާންޗަކަށް ބަދަލުކުރުމަށް ފެނަކައިން ނިންމާފައިވަނީ، 16 މާރިޗު 2017 ވަނަ އަހަރުއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާގައި ފެނަކައިގެ މުވައްޒަފުން މަގުބޫލު އުޒުރެއް ނެތި އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރަމުން ގޮސްފައިވަނީ ސިޔާސީ މަގުސަތުތަކެއްގައިކަމަށް އޭރު ގިނަބަޔަކު ދިޔައީ ތުހުމަތުކުރަމުންނެވެ. އަދި ފެނަކައިގެ ތެރެއަށް ސަރުކާރުގެ ނުފޫޒު ވަދެފައިވާކަމަށް ތުހުމަތުކުރެވިފައިވެއެވެ.
ހިޔާލު

ފެނަކަ

ޔާމީން އެ ލާރިކޮޅު ކެއީ.. ޔާމީނާ އޭނަގެ ބައިގަނޑު އަތުން އެލާރި ހޯދަން ޖެހޭ..

ޗވ

ޔާމިނުގެ ރޭވުންތީ ޔާމިނު އަތުންތިފައިސާ ނަގަން ހުކުންކުރަންވީ

ޗިޓު

ވަޒީފާ ބަދަލު ކުރި ޗިޓުގައި ސޮއި ކުރި ފަރާތާއި، މިކަން ނިންމި އެމް.ޑީ އަދި އިތުރު މީހުން އަތުން މިފައިސާ އަތުލަން ފެނޭ

އިކުރާމް

މިހާރުވެސް މި އަނިޔާ ވެރި ސަރުކާރުން ދަނީ ފެނަކާގައި އިހުލާސްތެރި ކަމާއެކު މަސައްކަތްކުރާ މުވައްޒަފުން އެކި އެކި ސަރަހައްދު ތަކަށް ބަދަލުކުރަމުން އަދި އެމްޑީ ޕީ ގެ ނާގާބިލު ކަންކަމަށް ކުފޫހަމަ ނުވާ ބެފުޅުންގެ ސިޔާސީ ބޭފުޅުންގެ އަމިއްލަ ފައިދާއަށްޓާކާ..... ޙާއްސަކޮށް މެދު ރާއްޖެ ތެރޭގައި ދިރިއުޅޭ އެމްޑީޕީ މީހުން ...... މިކަމާ ސަރުކާރުން ވިސްނާލާ.........