Morocco Teacherun Muzahara Kurany
image
0 ކޮމެންޓް
 

މޮރޮކޯ ޓީޗަރުން މުޒާހަރާކުރަނީ

މޮރޮކޯ ޓީޗަރުންނަށް ވަޒީފާގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް އެދި އެގައުމުގެ ގާނޫނު ހަދާ މަޖިލީސް ކައިރީގައި މުޒާހަރާކުރަން ފަށައިފިއެވެ.
މޮރޮކޯގެ 15،000 އަށްވުރެ ގިނަ ޓީޗަރުންގެ މުޒާހަރާ ރޭގެ ވަގުތެއްގައި ރޫޅާލިއެވެ. އެހެން ނަމަވެސް ޓީޗަރުން އަންނަނީ އަލުން މުޒާހަރާއަށް ނުކުންނަމުންނެވެ. ރޭގެ މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ފެންޖަހައިފައެވެ. އަދި ބައެއް ފުލުހުންނާ ޓީޗަރުންނާ މެމެދު ކުރިމަތިލުންތަކެއްވެސް ކުރިއަށް ދިޔައެވެ.

މޮރޮކޯ ޓީޗަރުން ބުނަނީ އެގައުމުގެ ސިވިލް ސާވަންޓުންނާއި އެމީހުންނާއި ދެމެދު ތަފާތުކުރުން ގެންގުޅޭކަމަށެވެ.

ޓީޗަރުން މުޒާހަރާ
ހިޔާލު