Finifenma dhoanee gai roave andhaifi
image
ފިނިފެންމާ ދޯނި އަނދާފައި
1 ކޮމެންޓް
 

ފިނިފެންމާ ދޯނީގައި ރޯވެ އަނދައިފި

ހދ ކުޅުދުއްފުށީގައި އެހެލާފައި އޮތް ފިނިފެންމާ ނަމަކަށް ކިޔާ ދޯންޏެއްގައި ރޯވެ އަނދައިފިއެވެ.
އެންއެމްޑީއެފުން ބުނީ ދޯނީގައި ރޯވިކަމުގެ ރިޕޯޓް ލިބިފައިވަނީ މިރޭ 19:06 އެހާއިރު ކަމުގައެވެ. އަދި ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވިފައިވަނީ 19:49 ގައިކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މި ދޯންޏަކީ ކުޅުދުއްފުށީ އޮޑި އެހެލާ ސަރަހައްދުގައި އެހެލާފައި އޮތް ދޯންޏެކެވެ.

ދޯނީގައި ރޯވި ހާދިސާގައި ދޯނިވަނީ ވަރަށް ބޮޑަށް އަނދާފައެވެ. ނަމަވެސް އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.
ހިޔާލު

އިއްޒު

ދެއން ހުލިވާނީ ފިނިފެންމާ ސައީދު