Nafsaanee balithakah faruvadhey hassa maruvaru hulhuuvaifi
image
ސެންޓަރ ފޮރ މެންޓަލް ހެލްތް ރައީސް އިފްތިތާހް ކޮށްދެއްވަނީ---ފޮޓޯ:ޕްރެސިޑެންސީ މޯލްޑިވްސް
1 ކޮމެންޓް
 

ނަފްސާނީ ބަލިތަކަށް ފަރުވާދޭ ހާއްސަ މަރުކަޒު ހުޅުވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ނަފްސާނީ ބަލިތަކަށް ފަރުވާދޭ ހާއްސަ މަރުކަޒު އައިޖީއެމްއެޗްގައި މިއަދު ހުޅުވައިފި އެވެ.
އެ ސެންޓަރު މިއަދު ހުޅުއްވައި ދެއްވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. މިއަދު އައިޖީއެމްއެޗްގައި ބޭއްވި އެރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކޮންމެ މީހަކަށް ވެސް ނަފްސާނީ ބަލީގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ނޭނގިވެސް ނަފްސާނީ ބަލި ތަހައްމަލްކުރާ މީހުން މަދު ނޫން ކަމަށާއި ނަފްސާނީ ބަލި ޖެހުމަކީ މީހާ ދެރަވުން ނޫން ކަމަށެވެ.

އޭގެ އިތުރުން ނަފްސާނީ ބައްޔަކީވެސް އެހެން ބަލިތައް ޖެހޭ ފަދައިން ޖެހޭ ބައްޔެއް ކަމަށާއި ނަފްސާނީ ބައްޔެއްގެ އަސަރުކޮށްފައިވާ މީހާވެސް އެކަށީގެންވާ ފަރުވާ ހޯދުމުން އެކަމަށް ލުޔެއް ލިބޭނެ ކަމަށް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ.

އައިޖީއެމްއެޗްއިން ބުނީ އެޑްމިޓްކޮށްގެންނާއި އެޑްމިޓްނުކޮށް ދޭ ފަރުވާތައް އެ ސެންޓަރު މެދުވެރިކޮށް ދޭނެކަމަށެވެ. އަދި ހަމައެހެންމެ ބަލި ދެނެގަނެ ބޭސް ދީގެން ބަލިތައް ރަނގަޅު ކުރާނެ ކަމަށާއި ކައުންސިލިންގެ ތެރެއިން ނަފްސާނީ ބަލިތަކަށް ފަރުވާ ދެވޭނެ ކަމަށް ވެސް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ނަފްސާނީ ބަލިތަކަށް ދިވެހިން ހޭލުންތެރި ކުރުވުމުގެ މަސައްކަތް އެ ސެންޓަރުން ކުރާނެ ކަމަށް ވެސް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

އެރަސްމިއްޔާތުގައި ރައީސް ސޯލިހާއެކު އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަޒުނާ އަހުމަދު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ހިޔާލު

އަލިހަންޑޯ ޓޮލޭޑޯ

ކުރިން ލިބޭ ޚިދުމަތްތައް އެއްޖަގަހައަކަށް ލާފައި ނަންބޯޑު އެޅުވީ. ހުރިހާވެރިންވެސް އެއްގޮތް މުޅިން އިންތިޚާބީ ހުވަފެންދެއްކުން.