Konme atholhehgai mental health care consultantun baithihbanee
image
ސެންޓަރ ފޮރ މެންޓަލް ހެލްތް ރައީސް އިފްތިތާހް ކޮށްދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ: ޕްރެސިޑެންސީ މޯލްޑިވްސް
0 ކޮމެންޓް
 

ކޮންމެ އަތޮޅެއްގައި މެންޓަލް ހެލްތު ކެއާ ކޮންސަލްޓެންޓެއް ބަހައްޓަނީ

ކޮންމެ އަތޮޅެއްގައި މެންޓަލް ހެލްތު ކެއާ ކޮންސަލްޓެންޓުން ބައިތިއްބަން ސަރުކާރުން ނިންމަވާފައިވާ ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ނަފްސާނީ ބަލިތަކަށް ފަރުވާދޭ ހާއްސަ މަރުކަޒު އައިޖީއެމްއެޗްގައި މިއަދު ހުޅުވައިދެއްވާފައިވާއިރު އެރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލުހު ވިދާޅުވީ އެ ސެންޓަރުން އައުޓް ޕޭޝަންޓާއި އިން ޕޭޝަންޓް ހިދުމަތް އަދި އައުޓް ރީޗް ހިދުމަށްވެސް ލިބިގެންދާނެ ކަމަށެވެ.

އެގޮތުން ކޮންމެ އަތޮޅެއްގައި މެންޓަލް ހެލްތު ކެއާ ކޮންސަލްޓެންޓުން ބައިތިއްބަން ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ އެ މަރުކަޒުގެ ހިދުމަތް އިތުރަށް ތަރައްގީކޮށް ފުޅާކުރެވޭނެ ކަމަށެވެ. އަދި ތަޖުރިބާ ލިބިފައިވާ ޑޮކްޓަރުންނާއި އެހެނިހެން ފަންނީ މީހުން ތަމްރީނު ކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށެވެ.

ނަފްސާނީ ބަލި ތަހަންމަލު ކުރާ މީހުންގެ އުނދަގޫތައް ހައްލެއް ހަމައެކަނި އެމަރުކަޒުން ނުލިބުނު ނަމަވެސް އެއީ ރަނގަޅު ފެށުމެއް ކަމަށް ކަމަށާއި އެމީހުން ތަހައްމަލު ކުރާ ބުރައަށް ކޮންމެސް ވަރެއްގެ ލުއި ކަމެއް ލިބިގެންދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

އައިޖީއެމްއެޗްއިން ބުނީ އެޑްމިޓްކޮށްގެންނާއި އެޑްމިޓްނުކޮށް ދޭ ފަރުވާތައް އެ ސެންޓަރު މެދުވެރިކޮށް ދޭނެކަމަށެވެ. އަދި ހަމައެހެންމެ ބަލި ދެނެގަނެ ބޭސް ދީގެން ބަލިތައް ރަނގަޅު ކުރާނެ ކަމަށާއި ކައުންސިލިންގެ ތެރެއިން ނަފްސާނީ ބަލިތަކަށް ފަރުވާ ދެވޭނެ ކަމަށް ވެސް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ނަފްސާނީ ބަލިތަކަށް ދިވެހިން ހޭލުންތެރި ކުރުވުމުގެ މަސައްކަތް އެ ސެންޓަރުން ކުރާނެ ކަމަށް ވެސް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

އެރަސްމިއްޔާތުގައި ރައީސް ސޯލިހާއެކު އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަޒުނާ އަހުމަދު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ހިޔާލު