Muni Homecare Roadha Sale: Bodethi discount thakaai aguhuri ethah inaameh
image
މުނި ހޯމްކެއާ ލިވިން ސެންޓާ: ސޭލްގައި އަގުހުރި އެތައް އިނާމެއް ވަގުތުން ލިބޭނެ.
0 ކޮމެންޓް
 

މުނި ހޯމްކެއާގެ ރޯދަ ސޭލް: ބޮޑެތި ޑިސްކައުންޓްތަކާއި، އަގުހުރި އެތައް އިނާމެއް

ކޮންމެ އަހަރަކު ވެސް ރޯދަމަހާއި ދިމާކޮށް މުނި ހޯމަކެއާގެ ހުރިހާ ފިހާރަތަކެއްގައި އަޅުވާ "ސުޕަ ފާސްޓް ރޯދަ ސޭލް"ގައި ވަރަށް ދުރާލާ ތައްޔާރުވެގެން ކަސްޓަމަރުން ރޯދަމަހަށް ބޭނުންވާ ހުރިހާ މުދަލަކުން ވަރަށް ބޮޑަށް އަގުތައް ހެޔޮކޮށްލައިފަ އެވެ.
އެ ގޮތުން އަމީނީ މަގު ހައުސިން މިނިސްޓްރީ ކުރިމަތީގަ ހުންނަ މުނި ހޯމްކެއާ ލިވިން ސެންޓަރުން ވިއްކާ ސެނިޓަރީ ވެއާ އައިޓަމްސްތަކުގެ ތެރެއިން ފާހާނާ ތަށި، ފާހާނާ ދޮރު، ލަކުޑި ދޮރު، މުށި އަދި މުށި ޖަހާ ސިމެންތިން ގަބޫލުކުރަން ދަތިވާ ވަރަށް އަގުތައްވަނީ ހެޔޮކޮށްފައެވެ. އަދި އެތަނުން ވިއްކާ ހައި ކޮލިޓީ ފަރުނީޗަރުން ބޮޑެތި ޑިސްކައުންޓްތަކާއެކު ވަގުތުން ހިލޭ އެތައް ހަދިޔާއެއް ލިބިގެންދާއިރު ޔޫރަޕްގެ މޮޅު، ވަރުގަދަ ބްރޭންޑްތައް ބޭނުންކޮށްގެން ރާއްޖޭގައި ވިއްކަމުންގެންދާ އެންމެ އިތުބާރުހުރި ބަދިގެ ސެޓްތަކުން ވެސް ބޮޑު ޑިސްކައުންޓަކާއިއެކު ބަދިގެއަށް ބޭނުންވާ އިތުރު އައިޓަމްސް ހިލޭ ލިބެއެވެ.

ބޮޑުތަކުރުފާނު މަގު އެމް.ޕީ.އެލް ސަރަހައްދުގައި ހުންނަ ފަރުނީޗާ ސެންޓާރުން ވިއްކާ ބެޑްރޫމް ސެޓް، ސޯފާ ސެޓް، ޑައިނިން ސެޓް އަދި ވެސް ސިޓިން ރޫމާއި ކޮޓަރި އާއި އިންޑޯ އަދި އައުޓްޑޯ ފަރުނީޗަރާއި އެހެނިހެން އައިޓަމްސްތަކުން ވެސް ބޮޑު ޑިސްކައުންޓްތަކާއެކު، ވަގުތުން ހިލޭ އެތައް ހަދިޔާއެއް ލިބެ އެވެ. އަދި ނޯތު ހާބަރު ކުރިމަތިން ބޮޑުތަކުރުފާނު މަގުގައި ހުންނަ މުނި ޓްރޭޑާސް އާއި ހުޅުމާލޭ ސެންޓްރޯ މޯލްގެ ތިން ވަނަ ފްލޯގައި ހުންނަ މުނިހޯމްކެއާ ސޭލްސް ސެންޓަރުގައި ވެސް ސުޕަ ފާސްޓް ރޯދަ ސޭލްގެ ދަށުން ބޮޑު ޑިސްކައުންޓްތަކާއި އެކު ހިލޭ އެތައް ހަދިޔާއެއް ވަގުތުން ލިބޭނެ އެވެ.

އޭގެ އިތުރުން ވެސް ސުޕަ ފާސްޓް ރޯދަސޭލްގައި ކޮންމެ ހަފްތާއަކު މުޅިން ހިލޭ އަގުހުރި އިނާމްތަކެއް ލިބިގެންދާއިރު ގްރޭންޑް ޕްރައިޒްގެ ގޮތުގައި އެއް ވަނަ އަށް ހޮވޭ ފަރާތަކަށް ބެޑްރޫމް ސެޓެއް، ދެ ވަނަ ފަރާތަކަށް ސޯފާ ސެޓެއް އަދި ތިން ވަނަ ފަރާތަކަށް ޑައިނިން ސެޓެއް ލިބޭނެ އެވެ. މުނި ހޯމްކެއާގެ ރޯދަސޭލް، ސުޕަ ފާސްޓް ކުރިއަށްދާނީ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުއްދަތުގައި މުނީގެ ފިހާރަތަކުން ވިޔަފާރިކުރާ ކޮންމެ މީހަކަށް ވެސް ކޫޕަނެއް ލިބިގެންދާއިރު ކޫޕަން ފުރުމަށް ފަހު މުނިހޯމްކެއާގެ ފިހާރަތަކުގައި ބަހައްޓާފައިވާ ފޮށިތަކަށް ކޫޕަންލުމުން ގްރޭންޑް ޕްރައިޒް ގައި ބައިވެރިވެވޭނެ އެވެ.

ކަސްޓަމަރުންގެ ފުރިހަމަ އިތުބާރާއިއެކު ބޮޑު ތަރުހީބެއް ލިބިގެން ކޮންމެ އަހަރަކު ވެސް ރޯދަމަހާއި ދިމާކޮށް ސުޕަ ފާސްޓް ސޭލް ބާއްވަމުން އަންނައިރު މި ސޭލަކީ މިގޮތަށް ރާއްޖޭގައި މެދުކެނޑުމެއްނެތި އެންމެ ދިގުމުއްދަތަކަށް ކޮންމެ އަހަރަކު ބޭއްވެމުން އަންނަ އެންމެ ބޮޑު ފަރުނީޗަރު ސޭލް ކަމަށް އެ ކުންފުނުން ބުނެ އެވެ.
ހިޔާލު