Haassa ehee ah beynunvaa Supporter akaai Shah Dhehki Loabin Eyna ah Thaureef Ohenee
image
ޝާހުރުކް ހާން--
0 ކޮމެންޓް
 

ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކާމެދު އަމަލުކުރި ގޮތުން ޝާހުއަށް ތައުރީފު އޮހެނީ

ބޮލީވުޑުގެ މަޝްހޫރު ތަރި ޝާހުރުކް ހާނަކީ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ތަރިއެކެވެ. އަދި އެތައް ބައެއްގެ ލޯބި މިހާރު ވެސް ލިބެމުން އަންނަ ޝާހު ވެސް އޭނާއަށް އޮންނަ ލޯބި ދެމެހެއްޓުމަށް ތަފާތު މަސައްކަތްތައް ކުރެއެވެ. އުމުރުން 53 އަހަރުގެ ޝާހުގެ އޮފިޝަލް އިންސްޓަގްރާމު 16.6 މިލިއަން މީހުން މިހާރު ވެސް ފޮލޯކުރަމުން އަންނައިރު އޭނާއަށް އޮންނަ ލޯބި ދެމެހެއްޓުމަށް އޭނާ އުޅޭ ނޫޅޭ ގޮތް ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ސަޕޯޓަރުންނަށް އަންގަމުންދެއެވެ.
ފަންނާނުންނަށް އޮންނަ ބޮޑު ލޯތްބަކާއި ގުޅިގެން އެމީހުންނާއެކު ފޮޓޯއަކަށް ހުއްޓިލުމަކީ ބޮޑު އުފަލަކަށް ވެގެންދާއިރު އެއީ ގިނަ ފަހަރަށް ކޮންމެ ކޮންމެ މީހަކަށް ލިބޭ ފުރުސަތެއް ވެސް ނޫނެވެ. ދާދިފަހުން ސްޓޭޑިއަމެއްގެ ތެރެއިން ޝާހުއާ ބައްދަލުކޮށްލުމުގެ ފުރުސަތު ލިބުނީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށެވެ. އެކުއްޖާއަކީ ޝާހުގެ ވަރަށް ބޮޑު ސަޕޯޓަރެކެެވެ. އެހެންވެ، ޝާހު ވަނީ އެކުއްޖާއާއެކު ފޮޓޯއަށް ވެސް ހުއްޓިލާފައެވެ.

އެކުއްޖާގެ ކައިރީގައި ޝާހު މަޑުކޮށްލައިގެން ހުރިއިރު "ވަރަށް ލޯބިވޭ" މިހެން އެކުއްޖާ އެތަކެއް ފަހަރަކު ބުނަމުން ދިޔައެވެ. އެހެންވެ، ޝާހު ވަނީ އޭނާގެ ގައިގާ ބައްދާލާފައެވެ.

ޝާހުގެ ފަރާތުން އެކުއްޖާއަށް ކަންތައް ކުރި ގޮތުން ގިނަ ބަޔަކު ދަނީ އޭނާއަށް ތައުރީފުކުރަމުންނެވެ. އެގޮތުން މަޝްހޫރު ތަރިއަކަށްވެ ހުރި ޝާހުގެ ފަރާތުން ބޮޑާކަމާއި ފޮނިކަން އެއްވެސް މިންވަރަކަށް ނުފެންނަ ކަމަށް މީހުން ބުންނެއެވެ.

އެންމެ ފަހުން ޝާހު ފެނިގެންގޮސްފައި ވަނީ އަނަންދު އެލް ރާއީ ޑައިރެކްޓުކޮށް ނެރުނު ފިލްމު "ޒީރޯ" އިންނެވެ. އެ ފިލްމަށް މާބޮޑު ތަރުހީބެއް ނުލިބުނުއިރު މިހާތަނަށް އެހެން ފިލްމެއްގައި މަސައްކަތް ކުރަން ސޮއި ކޮށްފައިވާކަން ރަސްމީ ސިފައެއްގައި ޝާހު ހާމައެއް ނުކުރެއެވެ.
ހިޔާލު