Shamshera ah Vaani Kathak dhaskuranee
image
ވާނީ---
0 ކޮމެންޓް
 

"ޝަމްޝޭރާ" އަށް ވާނީ ކަތަކް ދަސްކުރަނީ

ޔާޝް ރާޖް ފިލްސްގެ ކުރިއަށް އޮތް ފިލްމު "ޝަމްޝޭރާ" އަށް ވާނީ ކަޕޫރު ކަތަކް ދަސްކުރަން ފަށައިފިއެވެ.
ލީޑު ބަތަލާގެ ރޯލުން ވާނީ އެފިލްމުގައި ފެނިގެންދާއިރު އެފިލްމަށް ވާނީ އިންޑިއާގެ މަޝްހޫރު ނެށުމުގެ ވައްތަރެއް ކަމަށްވާ ކަތަކް ދަސްކުރަމުން އަންނަ ކަމަށް އޭނާ ވަނީ ބުނެފައެވެ. ވާނީ އާއެކު ފިލްމުގައި ލީޑު ރޯލުން ފެނިގެންދާނީ ރަންބީރު ކަޕޫރެވެ.

މުޅިން ތަފާތު ރޯލަކުން ރަންބީރު އެފިލްމުގައި ފެނިގެންދާއިރު ފިލްމާ ބެހޭގޮތުން ވާހަކަ ދައްކަމުން ރަންބީރު ބުނީ ޝަމްޝޭރާ އަކީ އޭނާ އެންމެ ކުޅެން ބޭނުންވާ ވައްތަރުގެ ފިލްމުކަމަށެވެ. އެގޮތުން އެފިލްމުގެ ސަބަބުން އޭނާ ސިފަކުރި ހުރިހާ ކަމެއް ކުރަން ފުރުސަތު ލިބިގެންދާނެކަމަށާއި އޭނާ އެޕްރޮޖެކްޓާ ގުޅިގެން ހުރީ ވަރަށް އުފާވެފަކަމަށް ރަންބީރު ބުނެފައިވެއެވެ.

އެކްޝަން އެޑްވެންޗާ ފިލްމު "ޝަމްޝޭރާ" ގެ ނުބައި ބައި ރޯލަށް ސަންޖޭ ޑުޓް ފެނިގެންދާއިރު އެފިލްމުގައި އޭނާ ވެސް ފެނިގެންދާނީ ވަރަށް ތަފާތުގޮތަކަށްކަމަށް ޔަޝާ ރާޖް ފިލްމްސް އިން ބުނެއެވެ. އެފިލްމުގެ ޕްރޮޑިއުސަރަކީ ބޮލީވުޑްގެ ކާމިޔާބު ޕްރޮޑިއުސަރު އަދިތްޔާ ޗޯޕްރާއެވެ. ފިލްމު ނެރުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ޖުލައި މަހު 31 ގައެވެ.

މަނީޝް ޝަރުމާ ޑައިރެކްޓުކޮށް 2013 ވަނަ އަހަރު ނެރުނު ފިލްމު "ޝުދް ދޭސީ ރޮމާންސް" އިން ބޮލީވުޑްއަށް ތައާރަފުވި ވާނީ 2016 އަހަރު ވަނީ ރަންވީރު ސިންގް އާއެކު ބޭފިކްރޭ އިން ވެސް ފެނިގެންގޮސްފައެވެ.
ހިޔާލު