Qasim ah seytu kiyaathee, Qasim "ganja boa" ah govaifi
image
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް--
13 ކޮމެންޓް
 

ގާސިމަށް "ސޭޓް" ކިޔާތީ، ގާސިމް "ގަންޖާބޯ"އަށް ގޮވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަހުޖަނު ގާސިމް އިބްރާހީމްއަށް ސޯސަލް މީޑިއާގަ އާއި ސިޔާސީ ޕޯޑިއަމްތަކުގައި "ސޭޓް" ކިޔާތީ އެކަމާ ނުރުހުންވެ ހުންނަވައި، ގާސިމް "ގަންޖާބޯ"އަށް ގޮވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ގާސިމް މިހާރަކަށް އައިސް ސިޔާސީ ގިނަ ވާހަކަފުޅުތައް ދައްކަވަމުން ގެންދަވާތީއާއި، ސަރުކާރު ކޯލިޝަނުގައި އޮވެ، ސަރުކާރާ ދެކޮޅަށް، ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި އިދިކޮޅު ޕީޕީއެމާއެކު މަސައްކަތް ކުރަމުންދާތީ، ގިނަ ބަޔަކު ދަނީ ގާސިމަށް ފާޑު ކިޔަމުންނެވެ.

އެގޮތުން "ސޭޓު ނޫންގޮތެއް" ހޯދަންޖެހޭ ކަމަށާއި ސޭޓަކީ އަމިއްލަ އެދުންބޮޑު ބޭފުޅެއް ކަމަށްބުނެ، ގާސިމްއަށް ނިސްބަތްކޮށް ގިނަ ބަޔަކު ފާޑުކިޔަމުން ދެއެވެ.

ގާސިމްގެ ކެމްޕެއިން ރަސްމީކޮށް ލޯންޗު ކުރުމަށް މާމިގިލީގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، އޭނާއާ ދިމާލަށް ސޭޓޭ އަދި މަހުޖަނޭ ކީކަމުގައި ވިޔަސް، ގުޑުގުޑެއް ނާޅާނެ ކަމަށެވެ.

"އަޅުގަނޑާ ދިމާލަށް ސޭޓު ކިޔާ، މަހުޖަނޭ ކިޔާ، ހިތައްއެރިހާ އެއްޗެއް ކިޔަމުންދިއަޔަސް އަޅުގަނޑު މިއުޅެނީކީ ނޫނޭ، ގަންޖާބޯ އޭ، ނުވަތަ އެވެނި އެއްޗެއް ބޯ އޭ، މިވެނި އެއްޗެއް ބޯ އޭ. އަޅުގަނޑު އެހެންކިޔާކަށް ނޫނޭ މިއުޅެނީ. މިވާގޮތް އެނގިވަޑައިގަންނަވާތޯ، ފުރިފަ ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެ މިބުނީ. ތާއަބަދާއަބަދު އަޅުގަނޑާ ދިމާލަށް ސޭޓް ކިޔާ، މަހުޖަނު ކިޔާ، އޭތި މީތި ކިޔާ، ބިލް ބޯޑު ހިފައިގެން ނިކުތީމައި އަޅުގަނޑު އެންމެ އިންޗިއެއްވެސް ފަހަތައް ޖެހޭތަ،" ގާސިމް ވިދާޅުވި އެވެ.

ގާސިމާ ދިމާލަށް ސޭޓޭ، އަދި މަހުޖަނެކޭ ކިޔަނީ ގާސިމަކީ ރާއްޖޭގައި ހުރި އެންމެ މުއްސަނދި އަދި އެންމެ ބޮޑު އެއް ވިޔަފާރި ވެރިޔާއަށް ވީމަ ކަމަށް ބެލެވެއެވެ. ގާސިމަކީ ފަސް ރިސޯޓްގެ ވެރިޔާގެ އިތުރުން އަމިއްލަ އެއާލައިނަކާއި އެއާޕޯޓެއްގެ އިތުރުން ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަންވައި ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި ވިޔަފާރި ކުރައްވާ އެއް ބޭފުޅާ އެވެ.

ނަމަވެސް ގާސިމާ ދިމާލަށް މަހުޖަނެކޭ ގިނަ ބަޔަކު ކިޔާތީ، އެކަމާ ހިތްހަމަ ޖެހިވަޑައިނުގެން ގާސިމް "ގަންޖާބޯ" އޭ ވިދާޅުވެ، އެ ނިސްބަތް ކުރެއްވީ ކޮން ފަރާތަކަށް ކަމެއް ނޭނގެ އެވެ. ނަމަވެސް ގާސިމާއި އެމްޑީޕީއާ ދެމެދު ދެބަސްވުން އުފެދި، ސަރުކާރު ކޯލިޝަން ވެސް އޮތީ ބޮޑު މައްސަލަގަނޑެއްގެ ތެރޭގަ އެވެ. އަދި ޖުމްހޫރީ ޕާޓީއާއި ގާސިމް ގެންދަވަނީ އިދިކޮޅު ޕީޕީއެމާއެކު މަސައްކަތް ކުރައްވަމުން ނެވެ. އަދި ސަރުކާރަށް ޖެއްސުން ކުރުމުގެ ކަންކަން މަޖިލީހުގެ ތެރެއިން ކުރަމުންދާކަން ވެސް ފާހަގަ ކުރެވެއެވެ.

އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާމިގިލި ދާއިރާއަށް ގާސިމް ވާދަކުރައްވާއިރު، މިހާރުވެސް އެދާއިރާގެ މެމްބަރަކީ ގާސިމް އެވެ. އަދި ގާސިމް ވިދާޅުވަނީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރަންޖެހޭނީ މަހުޖަނުން ކަމަށެވެ. މިލިއަނަރުން ކަމަށެވެ.
ހިޔާލު

އަހްސަން

ދެން ނުކިޔާނަން ސޭޓް. ދެން ކިޔާނީ "ސޭކް"

ކަންއޮތްގޮތް

ރައްޔިތުންގެ މަޖިލީހުގެރައީސް ތިފެންވަރަށްދިޔައިމާ ކަމަކުނުދޭ!
މަޖިލީހުގެ ރައީސަކީ، ކަންތަކުގެ ޙަޤީޤަތް ތަޙައްމަލްކުރެވޭ، ތަންދޮރުވިސްނޭ، ބުއްދިއަށްވުރެ ރުޅިއިސްކުރާމީހަކަށްވީމައި ކަމަކުނުދެއެވެ!
ވެއަތުވެދިޔަތަނުގައި ޤާސިމަށް ނިސްބަތްކޮށް ޙާޟިރުގައާއި ޣައިރުޙާޟިރުގައި ސޭޓާއި މަހުޖަނުގެ ނަމުން މުޚާތަބުކުރެއެވެ. މިހާރުވެސް ކުރެއެވެ. އެކަމަކު އެކަމާއިދޭތެރޭގައި މައްސަލައެއްނުޖައްސައެވެ. ކުއްލިޔަކަށް މިވީގޮތަކާއިމެދު ވިސްނައިލުމުން އެނގޭއެއްޗަކީ، ޤާސިމް ރައީސް ނަޝީދުދެކެ ގަންނަބިރާއި، އަންނަރުޅީގެެ ބޮޑުކަމެވެ. އެބުނާހެން ސޭޓުގެ އަންހެނުންގެ ފިރިމީހާއޭ ގޮވިމީހުނާއިމެދު މައްސަލައެއްނެތިފައި، ވަރަށްގިނަބަޔަކު ޢާންމުގޮތެއްގައި ޤާސިމަށް ނިސްބަތްކުރާ ނަމަކުން މުޚާތަބު ކުރީމައި، ނޫނީ މަލާމާތުގެ ރާގެއްގައި ބުނުމުން އެކަން މިހާބޮޑުކަމަކަށް ވުމާއިމެދު ޢަޖައިބެއްނުވެވުނެވެ.
މިފެންނަނީ ޤާސިމްގެ ބުއްދިފިލާފައިވާ މިންވަރެވެ!

ސަމްވަން

ގަންޖާބޯ ކިޔާކަށް ނޫޅެމެއް ނޫންތޯ ގާސިމް އެބުނީ. ބުނާ ބަހުގެ މާނަ އަނެއްކޮޅަށް އަނބުރާލަން ސީއެންއެމް މީހުން އުޅެނީ

ސުދާ

ސޭޓު އަންހެނުންގެ ފިރިމީހާއޭ ގޮވި މީހުންނާ އެކު ހެވިފަ އެމީހުން ހޮވައިދޭން މަސައްކަތްކުރަން އޯކޭދޯ؟

ރައްޔިތުންގެ ފަޅި

ގދ ހޯނޑެއްދޫއިން ހޮރައިޒަން ފެކްޓްރީގެ ނަމުގައި ސޭޓައް ދޫކުރެވިފައިވާ ރަށުގެ Pބިން ސޭޓް އަތުން ނެގުމަށް ކައުންސިލާއި ސަރުކާރަށް ގޮވާލަން

އއއ

މިނޫހަކީ ވަކިފަރާތަކަށް ބުރަވެފައިވާ ނޫހެއްކަން އެނގޭ!

ޖަޑިބު

އެއްވެސް ބޭފުޅަކު އެބޭފުޅެއްގެ ކިބައިގާ ހުރި ޕްރޮފެސަނަލް ކަން ސާބިތު ކުރައްވައިގެން ކުރިޔައް ވަޑައިގަތުމަކައް މަސައްކަތެއް ނުކުރައްވާ ވަކި ގާސިމެއް އެސިމެއް ކިޔާނެ ކަމެއް ނެއް މިރާއްޖޭގައި ރައީސުލް ޖުމހޫރިއްޔާއިން ފެށިގެން އެންމެ އާދައިގެ މީހާ އާއި ހަމަޔައްވެސް ކަން ހިނގަނީ މި ބީދައިން މީ ވަރައް ހިތާމަހުރި ނުރައްކާ ތެރި ކަމެއް މިކަމުގެ ސަބަބުން އަންނަން އޮތް ޖީލައް ފެންނަމުން ދަނީ ވަރައް ނުރަންގަޅު ތަސައްވުރެއް އެކެއް އަނެކެއްގެ މަސްކައިގެން ހަގީގީ ކުރިއެރުމެއް ހަމަ އެކަކައްވެސް ނުހޯދޭނެ

ވެރީ ފަނީ

ކާކަށް ކަމެއް ނޭގެޔޭ؟ ޔޫ އަރ ސޯ ނޭއިވް ސީ އެން އެމް!!

ކަމަނަ

ތީސޭޓު ބުރުމާ އަމިއްލަ އެދުމުން ފޯވެފަ ގައުމު ދިރުވާލަންތިއުޅެނީ

ފަޚުރިއްޔާ

ތިކަމުން ރައްޔިތުންނަށް އޮތީ ކޮން ފައިދާއެއް ބާ އެކަކު އަނެކަކަށް ހިތްހަމަ ޖެހުން ކުޑަވުން ރައްޔިތުން ބޭނުންވަނީ ދެ ލީޑަރުން ގައުމައިގެން ނިކުމެ އުޅޭ ތަން ދުށުން ހަށަ މޮށުން މޮށޭތަން ދެކެން ބޭނުމެއް ނުވޭ

ސޭޓު އަންހެނުންގެ ބިޓް

ސޭޓާ، ސޭޓްގެ ނަން ހަރުކުރީ މިވަގުތު ތިކޯލިޝަން ހަދައިގެން އުޅޭ ދެދޮރު ދޭތޭރޭ މުޒާހަރާ ގްރޫޕުން...

ހަސަން މާނި

އަޅުގަޑުވެސް ގާސިމާ ދިމާއަށް އޫރުމަސް ވިއްކާ ނުވަތަ ރާވިއްކާ އޭ ގޮވާކަށް ނެތިން.

ލަދުކުޑޭ

ސޭޓަކީ ދެރަބަހެއްތޯ؟ ހުތުރު ބަހެއްތޯ؟ ގާސިމް ކުރިން ސޭޓުކަން ނުކުރައްވަންތޯ؟ އެއީ އެހާ ކޯފާވާންޖެހޭ ކަމެއް ނޫނެއްނު؟