Qasim ge ninmevumaa hilaafah anbikanbalunge thaaeedhu Salle ah
image
ހޯރަފުށީގައި ކުރިއަށް ގެންދިޔަ މަރުހަބާ ދެންނެވުމުގެ ހަރަކާތުގައި މިނިސްޓަރު ނަހުލާ-- ރާއްޖެއެމްވީ ފޮޓޯ/ ޝުއައިބު
5 ކޮމެންޓް
 

ގާސިމްގެ ނިންމެވުމާ ހިލާފަށް ގާސިމުގެ އަނބިކަނބަލުންގެ ތާއިދު ސައްލެއަށް

އަންނަ މަހު ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކެންޑިޑޭޓުންނަށް ތާއިދުކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ލީޑަރު ގާސިމް އިބްރާހީމުގެ ނިންމެވުމާ ހިލާފަށް އެމަނިކުފާނުގެ އަނބިކަނބަލުން އަދި ޓްރާންޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ސަލީމް (ސައްލެ)އަށް ތާއިދުކުރައްވާ އޭނާ އަށް ވޯޓު ދެއްވުމަށް ހޯރަފުށި ދާއިރާގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފި އެވެ.
ހޯރަފުށީ އެއާޕޯޓުގެ އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ ރިޔާސީ އިންތިހާބު ފަދައިން، ރައްޔިތުންގެ ވަރަށް ބޮޑު ސަޕޯޓެއް ބޭނުންވާ އިންތިހާބެއް ކަމަށާއި ސަރުކާރުގެ ވައުދުތައް ފުއްދޭނީ ސަރުކާރު ކޯލިޝަނަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށެވެ.

މީގެއިތުރުން ނަހުލާ ވިދާޅުވީ ސައްލެއަކީ ހޯރަފުށްޓަށް ކުރިއެރުން ގެނުވާނެ ގާބިލު ބޭފުޅެއް ކަމަށެވެ. އެހެންކަމުން ބޮޑު އަގުލަބިއްޔަތަކުން އެ ދާއިރާގެ މެމްބަރު ކަމަށް ސައްލެ އިންތިހާބު ކޮށްދިނުން ކަމަށް އައިޝާ ވަނީ ހޯރަފުށި ދާއިރާގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ހޯރަފުއްޓަށް އުފަން ނަހުލާ ސައްލެއަށް ތާއީދުކޮށް، ވޯޓް ހޯދުމަށް މަސައްކަތް ކުރައްވާއިރު، ޖުމްހޫރީ ޕާޓީން ނިންމާފައިވަނީ މިހާރުވެސް ހޯރަފުށި ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނެވި މުހައްމަދު އިސްމާއީލު އަށް ތާއިދު ކުރުމަށެވެ. މުހައްމަދު އިސްމާއީލަކީ އިދިކޮޅު ޕީޕީއެމުގެ ހޯރަފުށި ދާއިރާގެ ކެންޑިޑޭޓެވެ.

ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީންން އިދިކޮޅު ޕީޕީއެމް ކޯލިޝަނާއެކު މަޖިލިސް އިންތިހާބުގައި މަސައްކަތް ކުރަމުންދާއިރު، އެމްއެމްޕީއާރުސީގެ ހިނާޔާތުގެ ތުހުމަތު ކުރެވޭ ގިނަ ކެންޑިޑޭޓުން ޕީޕީއެމާއި ޕީއެންސީ އަދި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުންގެ ގޮތުގައި ވާދަ ކުރެ އެވެ.

އޭގެ ތެރެއިން ވެސް ހޯރަފުށި ދާއިރާގެ މުހައްމަދު އިސްމާއީލް ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ "ފައިސާ ގޯނި" ހިފައިގެން މެމްބަރުން ގާތަށް ދިޔައީ އޭނާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އަމިއްލަ އިއުތިރާފުން އިއުތިރާފު ވެފައެވެ.

ސަރުކާރު ކޯލިޝަންގައި ތިބި، ޖުމްހޫރީ ޕާޓީން ބޮޑެތި ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭ ކެންޑިޑޭޓުންނަށް ތާއީދު ކުރާއިރު، ސަރުކަރުން ދަނީ "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން"ގެ ސިޔާސަތުގެ ދަށުން އެފަދަ ބޮޑެތި މައްސަލަތައް ބެލުމަށް ރިޔާސީ ކޮމިޝަނެއް ހަދައި، ފިޔަވަޅުތައް އަޅަމުން ނެވެ.

ހޯރަފުށީގައި އެއާޕޯޓް އެޅުމުގެ އެއްބަސްވުމުގައި ސޮއި ކުރީ އެ ރަށުގެ ބަނދަރުމަތީގައި ހޯމަ ދުވަހުގެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ. ނިމިދިޔަ ސަރުކާރުން މާފިނޮޅުގައި އަޅަން ނިންމި އެއާޕޯޓް، ހޯރަފުށްޓަށް ބަދަލު ކުރަން ނިންމީ ރައީސް ސޯލިހުގެ ސަރުކާރުންނެވެ. އެ މަސައްކަތް ކުރިއަށް ގެންދަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.
ހިޔާލު

މުހަންމަދު

ސައްލެއަކީ އިލްމީ، ގާބިލު އަދި އަހުލާގު ރަނގަޅު ނަޒާހަތްތެރި މީހެއް.

ކަންއޮތްގޮތް

ތިދެމީހުންވެސް ނިސްބަތްވަނީ އެއްރަށަކަށް. ޢާއިލީގޮތުން ގުޅުންވެސް އޮވެދާނެ. އެހެންވީމައި ބުނާނެއެއްޗެއް ބުނެވޭކަށް އޮތެކޭނުބުބުނާނަން.
ޢާއިޝާއެހެރީ ސިޔާސީ ދާއިރާއަށް ދޫކޮށްލާފަ. އެހެންވީމަ އޭނަގެ އަމިއްލަ ސިޔާސަތު ތަންފީޒުކުރުމަކީ، އޭނަގެ ޙައްޤެއްކަމުގައިވެސްބެލެވޭ! ގޯހެއްނޫން!

މިނިކާވަގު

ސައްލެއަކީ އިލްމީ، ގާބިލު އަދި އަހުލާގު ރަނގަޅު ނަޒާހަތްތެރި މީހެއް. އައިޝާ އަށް ސާބަސް.

މުހަންމަދު ކަލޯ

ސައްލެއަކީ ރަގަޅު މެމްބަރަކަށްވާނެ. ރަގަޅު ނިންމުމެއް. އައިޝާގެ ވިސްނުން ހުރީ ނަޒާހަތްތެރި ގާބިލް ބޭފުޅުން ހޮވުމަށް ކަމަށް ގަބޫލު ކުރެވޭ.

ހަށިހެޔޮ

ސައްލޭއަކީ ދުޅަ ހެއު ރަނގަޅުކިއްޖެއް ތާއީދު ނުކުރަންވީ ސަބަބެއް ނެތް