Maldives Gas LuiFaseyha Promo: Avahah Lui Fulhiakah badhalu kohlaa!
image
މޯލްޑިވް ގޭހުގެ ލުއިފުޅި.-- ފޮޓޯ: ޕީއެސްއެމް
0 ކޮމެންޓް
 

މޯލްޑިވް ގޭސްގެ ލުއިފަސޭހަ ޕްރޮމޯ: އަވަހަށް ލުއި ފުޅިއަކަށް ބަދަލު ކޮށްލާ!

ރޯދަ މަހާ ދިމާކޮށް މޯލްޑިވް ގޭސް އިން "ލުއި ފަސޭހަ ޕްރޮމޯ"ގެ ނަމުގައި ވަރަށް ޚާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.
މޯލްޑިވް ގޭސް އިން ބުނީ އެ ޕްރޮމޯޝަނަކީ ދަނގަޑު ގޭސް ފުޅި ގެންގުޅޭ މީހުންނާއި، މުޅިން އަލަށް ލުއި ފުޅި ގަންނަ މީހުންނަށް ޚާއްސަ ކޮށްގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށެވެ.

"މިއީ ރޯދަ މަހަށް މިހާރު ދަނގަޑު ފުޅި ގެންގުޅޭ ކަސްޓަމަރުންނަށް ފަސޭހަކޮށް ލުއި ފުޅި އެއް ލިބޭނެ ޕްރޮމޯޝަނެއް،" މޯލްޑިވް ގޭސް އިން ބުނެ އެވެ.

އެ ކުންފުނިން ބުނީ ޕްރޮމޯޝަނުގެ ތެރެއިން މުޅިން އަލަށް ލުއި ފުޅި ގަންނަ މީހުންނަށް 774ރ.ގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ. އެގޮތުން އާންމުކޮށް 1،774ރ. އަށް ވިއްކާ ލުއިފުޅި، ޕްރޮމޯޝަނުގެ ތެރެއިން 1،000ރ. އަށް ލިބޭނެ އެވެ.

އެހެން ޕްރޮމޯޝަންތަކާ ހިލާފަށް މިފަހަރުގެ ޕްރޮމޯޝަނުގައި ގޭސްފުޅި ބަދަލުކުރާނަމަ އެ ބަދަލުކުރާ ދަނގަޑު ފުޅި ބަލައި ދިއުމާއި، ލުއިފުޅި ގެއަށް ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް މުޅިން ހިލޭ ދޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ހިޔާލު