Loan nudhehkigen dholhiyadhoo resort vikkalan iulaanu koffi
image
ދޮޅިޔަދޫ ރިސޯޓު---
0 ކޮމެންޓް
 

ލޯނު ނުދައްކައިގެން ދޮޅިޔަދޫ ވިއްކާލަން އިއުލާނުކޮށްފި

ސްޓޭޓް ބެންކް އޮފް އިންޑިއާ (އެސްބީއައި) އިން ނަގާފައިވާ ލޯނަކަށް ފައިސާ ނުދައްކައިގެން ށ. އަތޮޅުގައި އޮންނަ ދޮޅިޔަދޫ ރިސޯޓުވިއްކާލަން އިއުލާނުކޮށްފި އެވެ.
އެ ރިސޯޓު ވިއްކާލަން ނިންމާފައިވަނީ އެސްބީއައިގެ އިތުރުން ބޭންކް އޮފް ސިލޯން އާއި ބޭންކް އޮފް މޯލްޑިވްސް އިން ދޮޅިޔަދޫ އިންވެސްޓްމަންޓަށް ދޫކުރި ލޯނު ނުދައްކައިގެން ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.

އެގޮތުން އެ ރިސޯޓަށް އަގު ހުށަހަޅަން ޖެހެނީ މި މަހުގެ 21 އިން ފެށިގެން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ރިސޯޓުގެ ނީލަން ފެށެނީ 659.9 މިލިއަން ރުފިޔާ އިން ކަމަށް ވެސް އެއިއުލާނުގައި ވަނީ ބުނެފައެވެ.

ތްރީއޭ ކުންފުނިން ހިންގާ ދޮޅިޔަދޫ ރިސޯޓަކީ ޖުމްލަ 100 އެނދުގެ ރިސޯޓެކެވެ. ދޮޅިޔަދޫގެ އިތުރުން ޅ. މަދިރިގުރައިދޫގައި ހިންގަމުން އަންނަ ހަތަރު ތަރީގެ ޕާމް ބީޗް ރިސޯޓް ނީލަމުގައި ވިއްކާލަން ވެސް ވަނީ އިއުލާންކޮށްފަ އެވެ.

އެރިސޯޓު ވިއްކާލަން ނިންމާފައިވަނީ މޮނާޒާ ކޮންސްޓްރަކްޝަން އާއި ގާޑިއަން އޭޖެންސީ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން އެ ރިސޯޓް ރަހުނުކޮށް އެ ބޭންކުން ނަގާފައިވާ ލޯނަކަށް ފައިސާ ނުދައްކައިގެނެވެ.
ށ އަތޮޅު ރިސޯޓް
ހިޔާލު