CP ge maqaamah Hameed ayyan kurevvumakee heyo badhaleh: Imran
image
ހޯމް މިނިސްޓަރު އިމްރާން އަދި ސީޕީ ހަމީދު --
0 ކޮމެންޓް
 

ސީޕީގެ މަގާމަށް ހަމީދު އައްޔަން ކުރެއްވުމަކީ ހެޔޮ ބަދަލެއް: އިމްރާން

އެކްޓިން ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އައްޔަން ކުރެއްވުމަކީ ފުލުހުންގެ ހިދްމަތް އިތުރަށް ހަރުދަނާ ކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި، ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް މުހައްމަދު ހަމީދު އައްޔަން ކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ހަމީދަކީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ގާބިލް ބޭފުޅެއް ކަމަށާއި އަދި މިއީ މޯލްޑިވްސް ޕޮލިސް ސާވިސްގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.


ސީޕީގެ މަގާމަށް ހަމީދު އައްޔަން ކުރައްވައި ލިޔުން ހަވާލު ކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގަ އެވެ.

ހަމީދަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަޣާވާތަކުން ބަދަލުކުރިއިރު، ފުލުހުންގެ އިންޓެލިޖެންސް ވެރިޔާ އެވެ. ރައީސް ނަޝީދުގެ ވެރިކަން ބަދަލު ކުރުމަށްފަހު، ހަމީދު ޖަލުގައި ހައްޔަރުކޮށް، ވަޒީފާއިން ވެސް ވަކިކޮށްފައި ވެއެވެ.

ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ނިންމައި ހަމީދަށް އަނބުރާ ވަޒީފާ ދިނުމަށް ސްޕްރީމް ކޯޓުން ޑިސެމްބަރު މަހުގެ ދެވަނަ ދުވަހު ކުރި ހުކުމާއެކު ހަމީދު އަލުން ފުލުހުންގެ ވަޒީފާއަށް ނެރެ ޑެޕިއުޓީ ކޮމިޝަނަރގެ މަގާމު ހަވާލުކުރައްވާފައި ވަނީ އެމަހުގެ ހަތަރު ވަނަ ދުވަހުއެވެ.
ހިޔާލު