Bharat ge trailer anna mahu 24 gai nerenee
image
ކެޓްރީނާ އާއި ސަލްމާން---
0 ކޮމެންޓް
 

"ބާރަތު" ގެ ޓްރެއިލާ އަންނަ މަހު 24 ގައި ނެރެނީ

ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ގެ ކުރިއަށް އޮތް ފިލްމު ބާރަތުގެ ޓްރެއިލާ އަންނަ މަހު 24 ނެރުމަށް ނިންމައިފިއެވެ.
ސަލްމާނު ހާނާއި ކެޓްރީނާ ކައިފް ލީޑު ރޯލުން ފެނިގެންދާ އެފިލްމު ޓީޒާ ދައްކާލާފައިވާއިރު ގިނަ ބައެއްގެ ތަރުހީބު ވަނީ އެ ޓީޒާ އަށް ވަނީ ލިބިފައެވެ. ފިލްމުގެ ޓްރެއިލާ އަންނަ މަހު 24 ގައި ނެރުމަށް މިހާރު ނިންމާފައިވާއިރު ގިނަ ބަޔަކު ތިބީ ފިލްމުގެ ޓްރެއިލާ ނެރޭނެ އިރެއްގެ އިންތިޒާރުގައެވެ.

"ބާރަތު" ގައި ފެންނާނެ ތަރިންގެ ތެރޭގައި ޖެކީ ޝްރޮފް، ތައްބޫ، ޑިޝާ ޕަޓްނީ، އަދި ނޯރާ ފަތުހީ ހިމެނެއެވެ. އަދި ވަރަށް ހާއްސަ ފެނިލުމަކުން ވަރުން ދަވަން ފެންނާނެ އެވެ. އެ ފިލްމަކީ މި އަހަރުގެ ފިތުރު އީދުގައި ރިލީޒްކުރަން ނިންމާފައިވާ ފިލްމެކެވެ.

"ބާރަތު" އަކީ 2014 ވަނަ އަހަރު ނެރެފައިވާ ދެކުނު ކޮރެއާގެ ފިލްމެއް ކަމަށްވާ "އޯޑް ޓު މައި ފާދާ' ގެ ރިމޭކެކެވެ.
ހިޔާލު