Terrorist network thah huttuvuma behey workshop eh fashaifi
image
މިއަދު ފެށި ވޯކްޝޮޕްގެ ތެރެއިން: ފޮޓޯ އެމްސީޓީސީ
0 ކޮމެންޓް
 

ޓެރަރިސްޓް ނެޓްވާކްތައް ހުއްޓުވުމާއި ބެހޭ ވޯކްޝޮޕެއް ފަށައިފި.

އދ. ގެ ސަލާމަތީ މަޖިލީހުގެ 1267 އަދި 1988 ވަނަ ޤަރާރު މެދުވެރިކޮށް ޓެރަރިސްޓް ނެޓްވާކްތައް ހުއްޓުވުމާއި ބެހޭ ވަރކްޝޮޕެއް މިއަދު ރާއްޖޭގައި ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ ޓްރެއިނިންގ ޕްރޮގްރާމަކީ، އދ.ގެ ސަލާމަތީ މަޖިލީހުގެ 1267 އަދި 1988 ވަނަ ޤަރާރާއިގުޅިގެން ސެންކްޝަން މެދުވެރިކޮށް ޓެރަރިސްޓް ޖަމާއަތްތައް ހުއްޓުވުމާއި ބެހޭގޮތުން ރާއްޖޭގެ ކަމާގުޅޭ އިދާރާތައް ހޭލުންތެރިކުރުމާއި މިކަމާގުޅޭ އިދާރާތަކުގެ މީހުން ތަމްރީންކުރުމަށް ނޭޝަނަލް ކައުންޓްރ ޓެރަރިޒަމް ސެންޓަރުން ބާއްވާ ތިން ދުވަހުގެ ވަރކްޝޮޕެއް ކަމުގައެވެ.

މި ޕްރޮގްރާމްގައި ސަރުކާރުގެ 13 މުއައްސަސާއަކުން 30 މީހުން ބައިވެރިވެފައިވެއެވެ.

އެމްއެންޑީއެފުން ބުނީ މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ިއދ އާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ ގުޅިގެން ކަމުގައެވެ.
ހިޔާލު