Verikama Havaaluvi Fahun Aailaa'ashai Kulhivarah Dhevey Vaguthu Madhu: Raees Salih
image
ރައީސް ސާލިހު އިންޑިއާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރު ފުޅުގައި އަނބިކަނބަލުން ފަޒުނާ އަހުމަދާއެކު ތާޖުމަހަލް ކައިރީގައި: ފައިލް ފޮޓޯ
0 ކޮމެންޓް
 

ވެރިކަމާ ހަވާލުވިފަހުން އާއިލާއަށާއި ކުޅިވަރަށް ދެވޭ ވަގުތު މަދު: ރައީސް ސާލިހު

ވެރިކަމާއި ހަވާލުވެލެއްވި ފަހުން އައިލާއާށާއި ކުޅިވަރު ކުޅުމަށް ދެވޭވަގުތު މަދުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ އަރާއިރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، ރައީސް ސާލިހު ވިދާޅުވީ، ބިޒީކޮށް އުޅުއްވަމުންވެސް ކެއުމުގެ ވަގުތު އާއިލާއެކު ހޭދަކުރާކައްވާކަމަށެވެ.

"ތިވިދާޅުވާހެން ވަރަށް ބިޒީ ޝެޑިއުލެއް މި އޮންނަނީ އިނގޭތޯ. ކޮންމެ ސިކުންތެއްވެސް ކޮންމެ މިނެޓެއްވެސް މަސައްކަތައް ޝެޑިއުލްކުރެވިފަ މި އިންނަނީ. އެހެންވީމާ ކުރީގަ ވަގުތު ދޭގޮތަކަށެއް އާއިލާއެކީއެކު ނުދެވޭ. އެހެންވިއަސް އަޅުގަނޑު ބަލަން އާއިލާއެކު ވަގުތު ހޭދަކުރެވޭތޯ. މެންދުރުގެ ކެއުންވެސް ހަވީރު ސައިވެސް ރޭގަނޑުގެ ކެއުންވެސް ކޮންމެ ދުވަހަކު ކަހަލައިގެން އަޅުގަނޑުމެން އެކީގަ މިގެންދަނީ،" ރައީސް ސާލިހި ވިދާޅުވިއެވެ.

ވެރިކަމާ ހަވާލުވިފަހުން ރައީސްގެ ޒާތީ ދިރިއުޅުއްވާގުޅޭގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، ކުޅިވަރު ކުޅުއްވުމަށްވެސް ދެވޭ ވަގުތު މަދުކަމަށެވެ. އެެހެން ނަމަވެސް ބައެއް ދުވަސްދުވަހު ހަވީރު ޓެނިސް ކުޅުއްވާކަމަށެވެ.

"ބައެއް ދުވަސްދުވަހު ހަވީރު ޓެނިސްކުޅެލަން. ކުޅިވަރުކުޅެން މާގިނަ ވަގުތެއް ނުވިއަސް އަޅުގަނޑު ބަލަން ކަސްރަތުކުރަން ވަގުތު ހޭދަކުރެވޭތޯ. ކުރީގަ ހެނދުނު އަޅުގަނޑު [ކަސްރަތު ކުރަނީ] އެކަމަކު އަޅުގަނޑު މިހާރު އޮފީސް ނިންމާފަ އައިސް ކަސްރަތު ކުރެވެނީ. އެވެސް ކޮންމެ ދުވަހަކު ނުލިބޭ. ހަފްތާއަކު ދެދުވަހު ތިންދުވަހު އެންމެ ގިނަވެގެންވެސް މި ލިބެނީ" ރައީސް ސާލިހު ވިދާޅުވިއެވެ.
ހިޔާލު