Viheumaa gulhigen dhey chuttee ah ާAharaku 30 million
image
ރައީސް އުކުޅަހަށް ކުރެއްވި ދަތުރުފުޅެއްގައި ތުއްތު ކުއްޖަކު އުރާލައިގެން: ފޮޓޯ ސޯޝަލް މީޑިއާ
0 ކޮމެންޓް
 

ވިހެއުމާއި ގުޅިގެން ދޭ ޗުއްޓީއަށް އަހަރަކު 30 މިލިއަން ރުފިޔާ

ވިހެއުމާއި ގުޅިގެން ދޭ ޗުއްޓީއަށް އަހަރަކު 30 މިލިއަން ދައުލަތުން ހަރަދުކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ވިހެއުމާ ގުޅިގެން މުވައްޒިފުން ޗުއްޓީ ނެގުމުން އެމުވައްޒަފުންގެ މައްސަކަތްތައް އަދާކުރުމަށް، ވަގުތީ މުވައްޒަފުން ހަމަޖައްސަން ޖެހޭނެ ކަމަށެވެ.

އެގޮތުން ވަގުތީ މުވައްޒިފުންގެ ގޮތުގައި ހަތަރު ސަތޭކައެއްހައި މުވައްޒަފުން ހޯދަންޖެހޭކަމަށް ލަފާކުރެވޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އޭގެ އިތުރުން ރައިސް ވިދާޅުވީ އެފަދަ ކަންކަމަކީ ދައުލަތުން ބުރައެއް އުފުލަންޖެހުނަސް ކުރަންޖެހޭނެ ކަންކަމުގެ ގޮތުގައި އެމަނިކުފާނު ގަބޫލުފުޅުކުރައްވާކަމަށެވެ.

ރައީސް ވިދާޅުވިގޮތުގައި ދައުލަތުގެ ޒިންމާއަކީ ވީހާވެސް ގިނަ ރައްޔިތުންނަށް ފައިދާވާގޮތަށް ކަންތައްތަކެއްކުރުމެވެ. އަދި ސިވިލް ސާރވިސްގެ ގިނަ މުވައްޒަފުންނަކީ އަންހެނުން ކަމަށާއި ފާއިތުވި ފަސް އަހަރު އަންހެން މުވައްޒަފުންގެ ނިސްބަތުން ނުވައެއް އިންސައްތަ ނުވަތަ ސާދަ ސަތޭކަ މުވައްޒަފުން ޗުއްޓީ ނަގާކަމަށް ދިރާސާތަކުން ދެއްކި ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ވިހެއުމުން ދޭ ޗުއްޓީއަށް ހޭދަވާ ފައިސާގެ ހަރަދު ދައުލަތުގެ ރިކަރަންޓް ހަރަދުން ކުޑަކުރެވޭނެ ގޮތްތަށް ބައްލަވާ އެ ބަދަލު ގެންނަވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އޭގެ އިތުރުން ރައީސް ވިދާޅުވީ ސަތޭކަ ދުވަހު ކުރުމަށް ކަނޑައެޅި ވައުދުތަކުގެ ތެރޭގައި އެންމެ ހިތްހަމަ ޖެހިވަޑައިގެންނެވި ކަމަކީ ވިހެއުމުން މައިންނާއި ބައްޕައިންނަށް ދޭ ޗުއްޓީ ހަމަޖައްސައިދިނުންކަމަށެވެ.

ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވިހެއުމުން ލިބޭ ޗުއްޓީ ހަ މަހަށް އިތުރުކުރިކަން އިއުލާނުކުރައްވާފައި ވަނީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ކ. މާފުށީގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.
ހިޔާލު