Laila ge kureege bodyguard ah vazeefaa dhinumah hukumkohfi
image
ކޯޕްރަލް އަހުމަދު ޝާނީޒް: އޭނާ އަށް ވަޒީފާ ދިނުމަށް މިއަދު ވަނީ ހުކުމް ކޮށްފައި.
0 ކޮމެންޓް
 

ލައިލާގެ ކުރީގެ ބޮޑީގާޑަށް ވަޒީފާ ދިނުމަށް ހުކުމްކޮށްފި

ރައީސް މުހައްމަދު ނަޝީދުގެ އަނބިކަނބަލުން މެޑަމް ލައިލާ އަލީގެ ކުރީގެ ބޮޑީގާޑު އދ. މާމިނގިލި، ނެދުންގެ، ކޯޕްރަލް އަހުމަދު ޝާނީޒް އަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
މިއަދު ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ އޭނާ އަށް އަލުން ވަޒީފާ ދިނުމުގެ އިތުރުން ބަދަލުގެ ގޮތުގައި 189،000ރ. ދިނުމަށް ކަމަށް އޭނާގެ ވަކީލު ނާޒިމް ސައްތާރު ޓްވިޓާގައި ބުނެފައި ވެއެވެ.

އެމްއެންޑީއެފްގެ އެސްޕީޖީގައި މަސައްކަތް ކުރަމުން ދިޔަ ޝާނީޒް މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ވަޒީފާ އިން ވަކި ކުރީ އޭނާ ވަޒީފާ ބަދަލު ކުރުމަށް ޗިޓް ފޮނުވުމަށް ފަހު އެވެ. ނަމަވެސް ފަހުން އޭނާ އަށް ފޮނުވި ޗިޓްގައި ވަނީ، ސިފައިންގެ އަހްލާގާއި ސުލޫކާއި ހިލާފުވެފުވުމުން ވަޒީފާ އިން ވަކޮކޮށްފައިވާ ކަމަށް ބުނެފަ އެވެ.

ޝާނީޒްގެ އިތުރުން ލައިލާގެ ބޮޑީގާޑުކަން ކުރިން ކުރި، ސ. ފޭދޫ، އާސްތާނާ، އަހްމަދު ފައްތާހު ވެސް އެމްއެންޑީއެފުން ވަކިކުރުމުން، ސިވިލް ކޯޓަށް ވަނީ އެ މައްސަލަ ހުށަހަޅައިފަ އެވެ.
ހިޔާލު