JP in PPM aa eku masahkai kuri namaves sarukaarah lolhumeh naannaane: Raees Solih
image
ރައީސް ސޯލިހު ޖޭޕީގެ ލީޑަރު ގާސިމާއި އެކު.-- ފޮޓޯ: ރައީސް އޮފީސް
2 ކޮމެންޓް
 

ޖޭޕީން ޕީޕީއެމްއާ ގުޅުނަސް ސަރުކާރަށް ލޮޅުމެއް ނާންނާނެ: ރައީސް

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން އިދިކޮޅު ޕީޕީއެމް އާ ގުޅިގެން ފާޅުގައި މަސައްކަތް ކުރަން ފެށި ނަމަވެސް ސަރުކާރަށް އެއްވެސް ލޮޅުމެއް އަންނާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ޖުމްހޫރީ ޕާޓީން ފާޅުގައި ޕީޕީއެމްއާ އެކު މަސައްކަތް ކުރަން ފަށައިފިނަމަ ސަރުކާރަށް އެކަމުން ލޮޅުމެއް އަރާފާނެތޯ ސުވާލު ކުރުމުން ރައީސް ވިދާޅުވީ އެފަދަ ކަމަކުން ސަރުކާރަށް ލޮޅުމެއް އަރާފާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

"ހިޔާލު ތަފާތުވުން ހުންނާނެ. އެ ދެން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ވާދަކުރުމުގަ އެކީގަދާން އެއްބަސް ނުވެވުނީމަ ހިޔާލުތަފާތުވުންތަކެއް އެބަހުރި. އެހެންވިޔަސް އޭގެ ސަބަބުން ކޯލިޝަން ރޫޅޭވަރުގެ ކަމެއް ނިޔަނުދިނުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކެއް އަޅުގަނޑު އެބަކުރަން. އަޅުގަނޑު ހިތުން އެކަން އިރާދަކުރެއްވިއްޔާ ހާސިލް ކުރެވޭނެ،" އިތުރު ތަފްސީލެއް ނުދެއްވާ ރައީސް ސޯލިހު ވިދާޅުވި އެވެ.

އޭގެ އިތުރުން ކޯލިޝަން ރޫޅިގެންދާވަރުގެ ކަމެއް މިހާތަނަށް ވެފައި އޮތް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ކޯލިޝަން ރޫޅޭތަން ނުފެންނަ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު އެހެން ވިދާޅުވި އިރު، އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ އާންމު އިންތިހާބުގައި ޖޭޕީން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ޕީޕީއެމް އާއި ޕީއެންސީ އާ ގުޅިގެން ކުރިއަށް ދާން ނިންމުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

އޭގެ އިތުރުން ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް އާ ދެމެދު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވުންތައް އުފެދިފަ އެވެ. އެގޮތުން ފަހަކަށް އައިސް ބާއްވާ ކެމްޕޭން ހަރަކާތްތަކުގައި ދެ ބޭފުޅުން ވެސް ގެންދަވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
ހިޔާލު

ލައްކަ ޑޮލަރު

ޢަވަހެއްނު ބޮޑުކަނޑަން ފެށިލެއް.

ދެކޭމީހާކިޔާމީހާ

ވެރިއެއްގެ ޙައިޞިއްޔަތުން ވިދާޅުވާން ޖެހޭނީވެސް ތިޔަހެނެވެ. އެކަމަކު މާޒީއާއި އެކުވެ، ވެއަތުވެދިޔަ ތާރީޚާއި ކަންހިނގާގޮތަށްބަލައިލުމުން ފެންނަނީ ބިރުވެރި މަންޟަރެއްކަމުގައި ޤަބޫލުކުރުމުގެޖާގަ އެބަފެނެއެވެ. ލޮޅުން ނުއަރައިފިނަމަ، ކިތަންމެހައިވެސް ރަނގަޅެވެ. ދައުލަތަށް ހަމަޖެހުންލިބޭނެއެވެ. ލޮޅުން އަރައިފިނަމަ، ވަރަށްވެސް ދެރައެވެ. އަޑިގަނޑަކުން އަރައިނުގަނެވިއުޅެނިކޮށް ވެއްޓޭނީ އެއަށްވުރެފުން ވަޅުގަނޑަކަށް ނޫންބާވައެވެ؟