Fuvahmulakugai Fen boduvejje
image
0 ކޮމެންޓް
 

ފުވައްމުލަކުގައި ފެން ބޮޑުވެއްޖެ

މިއަދު ހެނދުނުއްސުރެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފުވައްމުލަކުގައި ފެން ބޮޑުވެއްޖެއެވެ.
ސިފައިން އަންނަނީ ފުވައްމުލަކު ގޭބިސީތަކަށް އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.

ސިފައިން ބުނީ ދެ ގެއެއްގައި ވެލި ބަސްތާޖަހާފައިވާކަމަށެވެ.

ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެތީ ލ އަތޮޅާއި އައްޑޫ އަތޮޅާ ދެމެދަށް ވައިޓް އެލާޓު ވެސް މިއަދު ވަނީ ނެރެފައެވެ. މޫސުން ގޯސްވެ، މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން މެންދުރު 11:20 އިން ހަވީރު 16:20 ގެ ނިލަޔަށް ލ އަތޮޅާއި އައްޑޫ އަތޮޅާ ދެމެދަށް ވައިޓް އެލާޓު ނެރެފައިވާއިރު މެޓް އެފީހުން ބުނީ އެ ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.

އޭގެ އިތުރުން ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ވަނި ބުނެފައެވެ. ނަމަވެސް މެދުތެރެއާއި އުތުރުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.

ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 03 މޭލާއި 10 މޭލާ ދެމެދުގެ ބާރު މިނުގައި އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 05 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައެވެ.
ހިޔާލު