Sifain ge hukuru dhuvahuge hingaalumugai kureege kanbalun baiveri vaane
image
އަންހެން ސިފައިންގެ ހިނގާލުމެއް
0 ކޮމެންޓް
 

ސިފައިންގެ ހުކުރު ދުވަހުގެ ހިނގާލުމުގައި ކުރީގެ ކަނބަލުން ބައިވެރިވާނެ

އަންހެން ސިފައިންގެ ޚިދުމަތަށް 30 އަހަރު ފުރުން ފާހަގަކުރުމަށް އަންނަ ހުކުރު ދުވަހު މާލޭ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝަރަފުގެ ހިނގާލުމުގައި ސިފައިންގެ އަށް އެންމެ ފުރަތަމަ ވެންނެވި ކަނބަލުންގެ ތެރެއިން ބައެއް ކަންބަލުން ބައިވެރިވާނެކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ ޝަރަފުގެ ހިނގާލުމުގައި މިހާރު ސިފައިންގެ ޚިދުމަތުގައި ތިއްބެވި އަންހެން ސިފައިންގެ އިތުރުން ސިފައިންގެ ޚިދުމަތަށް އެންމެ ފުރަތަމަ ވެންނެވި 65 އަންހެން ސިފައިންގެ ތެރެއިން 40 ކަނބަލުން ބައިވެރިވާގޮތަށް ހަމަޖެހިފައިވާ ކަމުގައެވެ.

ހުކުރު ދުވަހުގެ ހަވީރު 16:15 ގައި ފެށުމަށް ހަމަޖެހިފައިވާ ޝަރަފުގެ ހިނގާލުން ކުރިއަށްދާނީ ބަންޑާރަކޮށިން ނިކުމެގެން އަމީރުއަޙްމަދު މަގުން އިރަށްގޮސް، މެދުޒިޔާރަތްމަގުން އިރަށްގޮސް ޝަހީދު ޢަބްދުﷲ ޒުޙައިރު ހިނގުމުން އުތުރަށްގޮސް ބޮޑުތަކުރުފާނުމަގުން އިރަށް ގޮސް މޫންލައިޓް ހިނގުމުން ދެކުނަށްގޮސް ބޮޑުތަކުރުފާނުމަގުން ހުޅަނގަށްގޮސް ކަޅުތުއްކަލާކޮށްޓަށް ނިންމާގޮތަށްކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ޝަރަފުގެ މިހިނގާލުން ހުއްޓި ސިފައިންގެ ބޭންޑުގައި ރާގުތަށް ކުޅުމަށް ހަމަޖެހިފައިވަނީ މުލީއާގޭ ކުރިމަތީގައާއި، ރޯޝަނީ މަގާއި ބޮޑުތަކުރުފާނުމަގު ގުޅޭ ކަންމަތީގައާއި ސެނަހިޔަ ކުރިމަތީގައާއި ސްވިމިންގ ޓްރެކް ސަރަހައްދުގެ އިތުރުން ވިލާކޮލެޖް ކައިރީގައާއި މާލޭ ކުޅިވަރު އެކުވެނި ސަރަހައްދުގަ އެވެ.

އެމްއެންޑީއެފް
ހިޔާލު