"Fuluhunge Mahchah Nufoozu Foruvi: Home Minister
image
ހޯމް މިިނިސްޓަރު އިމްރާންް އަބްދުﷲ: ފައިލް ފޮޓޯ ސަން
0 ކޮމެންޓް
 

ފުލުހުންްގެ މައްްޗަށްް ނުފޫޒު ފޯރުވި، ނުފޫޒުން ސަލާމަތް ކުރާނަން: ހޯމް މިނިސްޓަރު

ވޭތުވެ ދިޔަ ތަނުގައި ފުލުހުންގެ މައްޗަށްް ނުފޫޒު ފޯރުވާފައިވާ ކަމަށާއި، ނުފޫޒުތަކުން ފުލުހުން ސަލާމަތް ކުރުމަށް އަދުގެ ސަރުކާރުން ބުރަ މަސައްްކަތްތަކެއް ކުރަމުން އަންްނަކަމަށް ހޯމް މިިނިސްޓަރު އިމްރާންް އަބްދުﷲ ވިދާޅުވެއްޖެެއެވެ.
ފުލުހުންގެ ހިދުމަތަށް 86 އަހަރު ފުރުމާ ގުޅިގެން، މިރޭ ފުލުހުން ބޭއްވި ހަފްލާފައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، ނުފޫޒުގެ ސަބަބުން ފުލުހުންގެ މަސައްކަތްތަކަށްވެސް ބައެއް ފަހަރު ބުރޫ އަރާފައިވާކަމަށެވެ.

"ވޭތުވެ ދިޔަ ދުވަސްތަކުގައި ފުލުހުންގެ މަސައްކަތްތަަކަށް ފޯރާފައިވާ ނުފޫޒުގެ ސަބަބުން ފުލުހުންގެ ބަދަހި ސަފުތަކަށް އަސަރި. ކަމަށާއި، ދިވެހި ފުލުހުންގެ މައްޗަށް އޮތް އިތުބާރާއި އިހުތިރާމް ހޯދައިދިނުމަށް މި ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް އަންްނަނީ ކުރަމުން،" އިމްރަން ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ހޯމް މިނިސްޓަަރުގެ ބައެއް ބާރުތައް ވަނީ ނަގާފައެވެ. އެހެން ނަމަވެސް ދާދި ފަހުން ރައީސްް އިބްރާހިމް މުހައްމަދު ސާލިހު ވަނީ އެ ބާރުތައް އަލުން އަނބުރާ އިއާދަ ކުރައްވާފައެވެ.

ފުލުހުންގެ މުއައްސަސާއާމެދު ރައްޔިތުންގެ އިތުބާރު އާލާ ކުރުމަށް މަސައްކަތްް ކުރަމުން އަންނަކަމަށް ހޯމް މިނިސްްޓަަރު ވަނީ މީގެ ކުރިން ވެސް ވިދާޅުވެފައެވެ.
ހިޔާލު