Majilis Raees Fuluhunge Hidhumathaai medhu Suvaalu ufahdhavanee
image
ގާސިމް އިބްރާހީމް--
0 ކޮމެންޓް
 

ފުލުހުންގެ ހިދުމަތާއި މެދު މަޖިލިސް ރައީސް ސުވާލު އުފައްދަވައިފި

ރާއްޖޭގެ އަމަންއަމާންކަން ބެލެހެއްޓުމުގެ މަތިވެރި ވާޖިބު ފުލުހުން އަދާކުރަމުންދަނީ ރައްޔިތުންގެ ހިދުމަތެއްގެ ގޮތުގައި ކަމާ މެދު ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ސުވާލު އުފައްދަވައިފި އެވެ.
ރާއްޖޭގެ އަމަންއަމާންކަން ބެލެހެއްޓުމުގެ މަތިވެރި ވާޖިބު އަދާކުރަމުންދަނީ ރައްޔިތުންގެ ހިދުމަތެއްގެ ގޮތުގައި ކަމާ މެދު މަޖިލީހުގެ ރައީސް ގާސިމް ސުވާލު އުފައްދާފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތަށް 86 އަހަރު ފުރުމާއި ގުޅިގެން ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ދުވަހުގެ ތަހުނިޔާ ފޮނުވުމަށް ކުރެއްވި ޓްވީޓެއްގައެވެ.

އެމަނިކުފާނުގެ ޓްވިޓުގައި ވިދާޅުވީ ރާއްޖޭގެ އަމަންއަމާންކަން ބެލެހެއްޓުމުގެ މަތިވެރި ވާޖިބު އަދާކުރަމުންދަނީ ޑިމޮކްރަޓިކް ވެއްޓެއްގައި ރައްޔިތުންގެ ހިދުމަތެއްގެ ގޮތުގައި ކަމަށްވާނަމަ އެންމެންނަށް އުފާވެރިކަން ލިބިގެންދާނެ ކަމަށެވެ.



ގާސިމް އެހެން ވިދާޅުވިއިރު ފުލުހުންގެ 86 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވޭތުވެ ދިޔަ ތަނުގައި ފުލުހުންގެ މައްޗަށްް ނުފޫޒު ފޯރުވާފައިވާ ކަމަށާއި، ނުފޫޒުތަކުން ފުލުހުން ސަލާމަތް ކުރުމަށް އަދުގެ ސަރުކާރުން ބުރަ މަސައްްކަތްތަކެއް ކުރަމުން އަންްނަކަމަށް ހޯމް މިިނިސްޓަރު އިމްރާންް އަބްދުﷲ ވެސް ވިދާޅުވެއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާޙީމް މުހައްމަދު ސޯލިހު ވަނީ ފުލުހުންނާއި ރައްޔިތުންނަކީ އެއް އާއިލާއެއް ކަމަށާއި އާއިލާގެ މެމްބަރުން އެކަކު އަނެކަކާ މުއާމަލާތްކޮށް އުޅެންވާނީ ހިތްހެޔޮކަމާއި އުފާވެރިކަމާ އޯގާތެރިކަމާއެކު ކަމަށް ވިދާޅުވެފައެވެ.
ހިޔާލު