Faaris ge Campaign Jalsaa ah Ministerun Haaziruvumun Maumoon Shukuru Dhannavaifi
image
ފާރިސްގެ ކެމްޕެއިން ޖަލްސާގައި ރައީސް މައުމޫން އާއި ފައިސަލް ނަސީމް އަދި މިނިސްޓަރު މަލީހް--
0 ކޮމެންޓް
 

ފާރިސްގެ ކެމްޕެއިން ޖަލްސާއަށް މިނިސްޓަރުން ހާޒިރުވުމުން މައުމޫން ޝުކުރު ރައީސް ސާލިހަށް

މައްޗަން ގޯޅީ އުތުރު ދާއިރާއަށް، މައުމޫން ރިފޯމް މޫވްމަންޓުގެ ފަރާތުން ވާދަކުރައްވާ ފާރިސް މައުމޫނުގެ ކެމްޕެއިން ޖަލްސާއަށް ނައިބް ރައީސް ފައިސަލް ނަސީމާއި ކެބިނެޓުގެ ބައެއް މިނިސްޓަރުން ވަޑައިގެންނެވުމުން އެކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ޝުކުރު ދައްނަވާފައެވެ.
މިއަދު ރައީސް މައުމޫން ވަނީ އެކަމަށްޓަަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރު ދަންނަވައި ހާއްސަ ޓްވީޓެއް ކުރައްވާފައެވެ. އަދި ވިދާޅުވީ، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ފާރިސްގެ ޖަލްސާއަށް ނައިބް ރައީސް އާއި ކެމިނެޓު މިނިސްޓަރުން ފޮނުއްވީތީ ރައީސް ސޯލިހަށް ޝުކުރު ދަންނަވާކަމަށެވެ.

އޭގެ އިތުރުން އެމްއާރުސީއެމް އިން ތިބީ އެމަނިކުފާނާއެކު ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ.


އަންނަ ހޮނިހިރު ދުވަހު އޮންނަ އިންތިހާބުގައި މައްޗަން ގޯޅީ އުތުރު ދާއިރާއަށް ފާރިސް ވާދަކުރައްވާއިރު އޭނާ މިހާރު އަންނަނީ ދިއްގަރު ދާއިރާގެ މެންބަރުކަން ކުރައްވަމުންނެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީން 86 ދާއިރާއަކަށް ވާދަކުރައްވާތީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖޭޕީގެ ގިނަ ކަންބޮޑުވުންތަކެއް ހުރިއިރު އެޕާޓީން މިހާރު ވަނީ އެ އިންތިހާބަށް އިދިކޮޅު ޕާޓީތަކާއެކު ކޯލިޝަން ވެސް ހަދާފައެވެ. އެކަމަކު، ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީ އާއި އެމްއާރުއެމުން ތިބީ މަޖިލިސް އިންތިހާބުގައި އިދިކޮޅު ޕާޓީތައް ބަލިކޮށް ސަރުކާރަށް މެޖޯރިޓީ ނަގަން އަތުގުޅާލައިގެންނެވެ.
ހިޔާލު