Ranveer ah vure ves Taimur Stylish: Kareena
image
ކަރީނާ އާއި އޭނާގެ ދަރިފުޅު އަދި ރަންވީރު ސިންގް--
0 ކޮމެންޓް
 

ރަންވީރަށް ވުރެ ވެސް ތައިމޫރު ސްޓައިލިޝް: ކަރީނާ

ތައިމޫރް އަލީ ހާންއަކީ ބޮލީވުޑުގެ ތަރި ރަންވީރު ސިންގްއަށް ވުރެ ސްޓައިލިޝް ކުއްޖެއް ކަމަށް ބޮލީވުޑުގެ ބަތަލާ އަދި ތައިމޫރުގެ މަންމަ ކަރީނާ ކަޕޫރު ބުނެފިއެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ވަނީ "ހިންދުސްތާން ޓައިމްސް އިންޑިއާސް މޮސްޓް ސްޓައިލިޝް އެވޯޑު" ހަފުލާ ބާއްވާފައެވެ. އެ ހަފުލާގައި ކަރީނާއަށް ވެސް އެވޯޑު ލިބިފައިވާއިރު އެވޯޑު ލިބުމާއި ގުޅިގެން ވާހަކަ ދައްކަމުން ކަރީނާ ބުނީ، އެ އެވޯޑު އޭނާ ގަބޫލުކޮށްފައިވަނީ ދަރިފުޅު ތައިމޫރުގެ ފަރާތުން ކަމަށެވެ. އަދި ތައިމޫރަކީ އެންމެ ސްޓައިލިޝް އެކަކުކަން ފާހަގަކޮށް ކަރީނާ ވަނީ ރަންވީރަށް ވުރެ ވެސް ތައިމޫރް ސްޓައިލިޝް ވާނެ ކަމަށް ބުނެފައެވެ.

ތައިމޫރަކީ މިވަގުތު ބޮލީވުޑުގައި ހުރި އެންމެ މަޝްހޫރު އެއް "ސްޓާ ކިޑް" އެވެ.

ރަންވީރަކީ ބޮލީވުޑުގެ އެންމެ ސްޓައިލިޝް ތަރީގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރަމުންދާ ފަންނާނެކެވެ. އެ އެވޯޑު ހަފުލާގައި ރަންވީރަށް ވެސް އެވޯޑު ލިބިފައިވެއެވެ. އެންމެ ފަހުން "ގަލީ ބޯއީ" ގައި ރެޕާއެއްގެ ގޮތުގައި ފެނިގެންދިޔަ ރަންވީރު ދެން ފެންނާނީ ކްރިކެޓް ކުޅުންތެރިއެއްގެ ގޮތުގައެވެ. އެއީ ކަބީރު ހާން ޑައިރެކްޓު ކުރާ ފިލްމެކެވެ.

ކަރީނާ ކަޕޫރު އެންމެ ފަހުން ފެނިފައި ވަނީ "ވީރޭ ދި ވެޑިން" އިންނެވެ. ކަރީނާގެ ކުރިއަށް އޮތް ފިލްމަކީ "ގުޑް ނިއުސް" އެވެ. އެފިލްމުގެ ޝޫޓިންތައް މިހާރު ވަނީ ފަށާފައެވެ.


ހިޔާލު