Jacqueline kairin pole dance dhaskuran beynun: Tapsee
image
ތާޕްސީ އާއި ޖެކޮލިން---
0 ކޮމެންޓް
 

ޖެކޮލިން ކައިރިން ޕޯލް ޑާންސް ދަސްކުރަން ބޭނުން: ތާޕްސީ

ޖެކޮލިން ފަރްނާންޑަސް ކައިރިން ޕޯލް ޑާންސް ދަސްކުރަން ބޭނުންވާ ކަމަށް ތާޕްސީ ޕަންނޫ ބުނެފިއެވެ.
ދާދި ފަހުން ތާޕްސީ އަށް ވަނީ ތަފާތު ސުވާލެއް އަމާޒުވެފައެވެ. އެއީ ތާޕްސީ އާއި ޖެކޮލިން އަކީ އަވަށްޓެރިއެއް ނަމަ އެނާއާ އެކީ ކުރާނީ ކީއްތޯ އެވެ. އެސުވާލަށް ޖަވާބު ދެމުން ތާޕްސީ ބުނީ ދެމީހުން އެކުގައި ކަސްރަތު ކުރާނެ ކަމަށެވެ. އަދި ޖެކްލިން ކައިރިން ޕޯލް ޑާންސް ދަސްކުރަން ބޭނުންވާ ކަމަށް ވެސް ތާޕްސީ ވަނީ ބުނެފައެވެ.

ތާޕްސީ އާއި ޖެކޮލިން ވަނީ މީގެ ކުރިން އެކުގައި "ޖުޅްވާ 2" ގައި މަސައްކަތް ކޮށްފައެވެ. އެފިލްމަށް ބޮޑު ކާމިޔާބެއް ލިބުނުއިރު އެފިލްމުގައި އެދެފަންނާނުން ފެނިގެންދިޔައީ ލީޑު ބަތަލާގެ ރޯލުންނެވެ.

އުމުރުން 31 އަހަރުގެ ތާޕްސީއަކީ ތަމަޅަ ފިލްމު އިންޑަސްޓްރީ އިން ވިދާލި ތަރިއެކެވެ. އެގޮތުން އޭނާ ބޮލީވުޑަށް ވަދެފައިވަނީ 2013 ވަނަ އަހަރު ނެރުނު ފިލްމު "ޗަސްމޭ ބަދްދޫރު" އިންނެވެ. އޭގެ ފަހުން އަމީތާބު ބައްޗަންއާއެކު "ޕިންކް" ފިލްމުގައި ވެސް މަސައްކަތްކޮށްފައިވާއިރު އާއި "ސޫރްމާ" އަދި "މަންމަރްޒިޔާން" ގެ އިތުރުން "މުލްކް" ގައި ވެސް މަސައްކަތްކޮށްފައިވެއެވެ.

ޖެކްލިން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރު ނެރުނު "ރޭސް 3" އިންނެވެ. ފިލްމަށް އެހާ ބޮޑު ކާމިޔާބެއް ލިބިފައިނުވާއިރު އެފިލްމުގައި ލީޑު ރޯލުން ފެނިގެން ދިޔައީ ސަލްމާނު ހާނެވެ. އޭގެ އިތުރުން ޖެކޮލިން ވަނީ މިދިޔަ އަހަރު ނެރުނު ފިލްމު "ބާގީ 3" ގެ ލަވައަކުން ވެސް ފެނިފައެވެ.
ހިޔާލު