PSM in ves Viheumun dhey chuhty 6 mahah ithurukohfi
image
ޕީއެސްއެމް:.-- ފޮޓޯ: މިހާރު
0 ކޮމެންޓް
 

ޕީއެސްއެމުން ވެސް ވިހެއުމުން ދޭ ޗުއްޓީ ހަ މަހަށް އިތުރުކޮށްފި

ޕަބްލިކް ސާވިސް މީޑިއާ ނުވަތަ ދައުލަތުގެ މީޑިއާ އިން ވެސް ވިހެއުމުން ދޭ ޗުއްޓީ ހަ މަސް ދުވަހަށް އިތުރުކޮށްދީފިއެވެ.
ޕީއެސްއެމުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިމަހުގެ ހަތް ވަނަ ދުވަހުގެ ފަހުން ދަރިއަކު ލިބުމަށްފަހު އެ ދަރިފުޅަށް ހަ މަސް ނުވެ ތިބި އަންހެން މުވައްޒަފުންނަށް ހަ މަސް ހަމަކުރުމަށް ލިބެންވާ ޗުއްޓީ ލިބޭނެ ކަމަށެވެ.

އޭގެ އިތުރުން އެކުންފުނީގައި މަސައްކަތް ކުރާ ފިރިހެން މުވައްޒަފުންގެ ތެރެއިން މިމަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ދަރިއަކު ލިބިފައިވާނަމަ މުވައްޒަފުންނަށް ދަރިފުޅު ވިހޭ ތާރީހުން ފެށިގެން އެއް މަސް ދުވަސް ހަމަ ނުވާނަމަ އެއް މަސް ހަމަކުރުމަށް ބާކީ ލިބެންވާ ޗުއްޓީ ލިބޭނެ ކަމަށެވެ.

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ސިވިލް ސާވިސްގެ އަންހެން މުވައްޒަފުންނަށް ވިހެއުމާއި ގުޅިގެން ދޭ ޗުއްޓީ ނުވަތަ މެޓާނިޓީ ލީވް ހަ މަސް ދުވަހަށް އިތުރުކޮށް އަދި ބައްޕައިންނަށް ޕެޓާނިޓީ ލީވް އެއް މަސް ދުވަހަށް މުސާރަ ހިނގާގޮތަށް ހަމަހައްސާފައެވެ.

ވިހެއުމާއި ގުޅިގެން މުސާރަ ހިނގާގޮތަށް މެޓާނިޓީ ލީވް ހަ މަސް ދުވަހަށް ދިނުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެއް ވެސް މެއެވެ.

ހިޔާލު