Ingireyseennah enme kamudhaa manziluthakuge dhe vana Raajje ah
image
ފަތުރުވެރިންތަކެއް ރާއްޖޭގެ ރިސޯޓެއްގައި.-- ފޮޓޯ: ވީނިއުސް
0 ކޮމެންޓް
 

އިނގިރޭސީންނަށް އެންމެ ކަމުދާ މަންޒިލްތަކުގެ ދެ ވަނަ ރާއްޖެ އަށް

އިނގިރޭސިވިލާތު މީހުންނަށް ޗުއްޓީ ހޭދަކުރަން އެންމެ ކަމުދާ މަންޒިލްތަކުގެ ދެ ވަނަ އަށް ރާއްޖެ ހޮވިއްޖެ އެވެ.
ބުކިން ވެބްސައިޓް ހޯމްޓުގޯ އިން ހެދި ސާވޭއަކުން ދެއްކި ގޮތުގައި އިންގިރޭސީން އެންމެ ބޮޑަށް ޗުއްޓީ ހޭދަކުރަން ބޭނުންކުރަނީ ޕެސިފިކް ކަނޑުގައި އޮންނަ ރާއްޖެ ފަދަ ކުޑަ ޖަޒީރާއެއް ކަމަށްވާ ބޯރަ ބޯރާ އަށެވެ. އަދި ދެ ވަނަ އަށް ރާއްޖެ އަށް އަންނަން ބޭނުންވާއިރު، އިނގިރޭސީންގެ މެދުގައި ރާއްޖެ ބޮޑަށް މަޝްހޫރުވެފައިވަނީ މަތީފަންތީގެ މަންޒިލެއްގެ ގޮތުގައި ކަމަށް އެ ވެބްސައިޓުން ބުނެ އެވެ.

އޭގެ އިތުރުން ރާއްޖެ އަށް ޒިޔާރަތްކުރާ އިނގިރޭސީން އެންމެ ބޭނުންވާ ކަންތައްތަކުގެ ތެރޭގައި ކަނޑުއަޑީގެ ރީތި މަންޒަރުތައް ދެކިލުމަށް ފީނުމާއި، ގޮނޑުދޮށުގައި ވަގުތު ހޭދަކުރުން ހިމެނެ އެވެ.

ރާއްޖޭގެ ޓޫރިޒަމް ފެށިގެން މިހާތަނަށް އެއްމެ ދުވަސްވީ އެއް މާކެޓްގެ ގޮތުގައި އޮތް އިނގިރޭސިވިލާތުން މިދިޔަ އަހަރު ރާއްޖެ އަށް 114،988 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ކަން ތަފާސްހިސާބުތަކުން ދައްކަ އެވެ. އަދި އެ އަދަދު އިތުރުވަމުން އަންނަ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ހިޔާލު