WAMCO ge directorunge board ah Asiya ayyan kohfi
image
އާސިޔާ: އޭނާ ވަނީ އިނގިރޭސިވިލާތުގެ ސްޓެފާޑްޝާ ޔުނިވާސިޓީން މާސްޓާސް އޮފް ފައިނޭންސް ހާސިލްކުރައްވާފައި.
0 ކޮމެންޓް
 

ވެމްކޯގެ ޑިރެކްޓަރުންގެ ބޯޑަށް އާސިޔާ އައްޔަން ކޮށްފި

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ޑިރެކްޓަރުންގެ ބޯޑަށް ފާތިމަތު އާސިޔާ މިއަދު އައްޔަން ކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އާސިޔާ އަށް އަންގާފައިވަނީ، ވެމްކޯގެ ޑިރެކްޓަރުންގެ ބޯޑަށް އޭނާ އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާތީ، ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނީޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން އެ މަގާމަށް މިއަދުން ފެށިގެން އޭނާ އައްޔަންކޮށްފައިވާ ކަމަށެވެ.

އާސިޔާ ވަނީ އިނގިރޭސިވިލާތުގެ ސްޓެފާޑްޝާ ޔުނިވާސިޓީން މާސްޓާސް އޮފް ފައިނޭންސް އަދި ޔުނިވާސިޓީ އޮފް އީސްޓް ލަންޑަނުން ބެޗްލާސް އޮފް އާޓްސް (އޮނާސް) އެކައުންޓިން އެންޑް ފައިނޭންސް ހައްދަވައިފަ އެވެ. އޭގެ އިތުރުން ޓެކުހުގެ ދާއިރާ އާއި ފައިނޭންސް އަދި އެކައުންޓިންގެ ދާއިރާ އިން އާސިޔާ ވަނީ ގިނަ އަދަދެއްގެ ޓްރެއިނިންތައް ހައްދަވާފަ އެވެ.

މީގެ ކުރިން އާސިޔާ ވަނީ 2005-2017 ވަނަ އަހަރާ ދެމެދު ގައުމީ ބޭންކް، ބީއެމްއެލްގައި ތަފާތު މަގާމުތައް ފުރުއްވާފަ އެވެ. އެގޮތުން ފައިނޭންސް ޑިޕާޓްމަންޓްގެ އެސިސްޓެންޓެއްގެ މަގާމުން 2005 ވަނަ އަހަރު ބީއެމްއެލްގެ ކެރިއާ ފެށުމަށް ފަހު، 2017 ވަނަ އަހަރު ވަޒީފާ އިން ވަކިވި އިރު އޭނާ ހުންނެވީ މެނޭޖާ ޓްރެޝަރާގެ މަގާމުގަ އެވެ.

ބީއެމްއެލްގެ ވަޒީފާ އަށް ފަހު އާސިޔާ ވަނީ ކްލިކް ކޮލެޖާއި ފޯކަސް އެޑިއުކޭޝަން ސެންޓަރުގެ ވިޒިޓިން ލެކްޗަރާ އަކަށް އުޅުއްވާފަ އެވެ. އަދި އެއަށްފަހު 2017 ވަނަ އަހަރު އާސިޔާ ވަނީ ސާވިކް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް ހައްދަވައިގެން ކޮންސަލްޓެންޓަކަށް އުޅުއްވާފަ އެވެ.
ހިޔާލު