Emme meeru Indomie noodles Raajeygai
image
ލިލީ އިންޓަނޭޝަނަލް އިން ރާއްޖެ އެތެރެކޮށް ވިއްކަމުން އަންނަ އިންޑޯމީ ނޫޑްލްސް.-- ފޮޓޯ: އަވަސް
4 ކޮމެންޓް
 

އެންމެ މީރު އިންޑޯމީ ނޫޑްލްސް ރާއްޖޭގައި

ދުނިޔޭގެ އެންމެ މަގުބޫލް އެއް ނޫޑްލްސް އެވެ. ތައްޔާރުކޮށްލަން އެހާ ފަސޭހަ އެވެ. އިރުކޮޅެއްގެ ތެރޭގައި، ތަފާތު މީރު ރަހަތައް ލިބިގެން ދެއެވެ. މި ދައްކަނީ އާދައިގެ ކެއުމެއްގެ ވާހަކަ އެއް ނޫނެވެ؛ އެންމެ ރަހަމީރު އިންޑޯމީ ނޫޑްލްސްގެ ވާހަކަ އެވެ.
ކޮންމެ ވަގުތަކަށް ވެސް އެކަށީގެންވާ އިންޑޯމީ ނޫޑްލްސް ވަނީ، 1970 ވަނަ އަހަރުން ފެށިގެން އެތައް މިލިޔަން ބައެއްގެ ފޭވަރިޓަކަށް ވެފަ އެވެ. ސަބަބުތައް ބައިވަރެވެ. އިންޑޯމީ ނޫޑްލްސް ބަންދުކޮށްފައިވަނީ ކާނާގެ ބާވަތްތައް ބަންދުކުރުމުގެ މިންގަނޑުގެ އެންމެ މަތީ ކޮލެޓީގަ އެވެ. އެއްވެސް ޕްރިސަވެޓިވް އެއް އެކުލެވިގެނެއް ނުވެ އެވެ؛ މިއީ ކޮންމެ މީހަކު ވެސް ވިސްނާލަން ޖެހޭ މުހިންމު ޕޮއިންޓެކެވެ.

ލިލީ އިންޓަނޭޝަނަލް އިން ރާއްޖޭގެ ބާޒާރަށް ނެރެގެން ވިއްކަމުން އަންނަ އިންޑޯމީ ނޫޑްލްސް، ރާއްޖޭގައި ވިއްކަނީ ދިވެހިންނަށް "ރަހަ ހެޔޮވަރު" ކޮށްގެންނެވެ. އެގޮތުން ކަރީ ޗިކަން އާއި ސްޕެޝަލް ޗިކަން ފްލޭވާގެ އިންޑޯމީ ނޫޑްލްސް ޕެކެޓުތައް ރާއްޖޭން މިހާރު ލިބޭނެ އެވެ.

އިންޑޯމީގެ ދެ ފްލޭވާއެއް ރާއްޖޭން މިހާރު ލިބޭނެ.

ދިވެހިންގެ ހިތްތަކުން ބާރު ދުވެލީގައި ޖާގަ ހޯދަމުން އަންނަ އިންޑޯމީ ނޫޑްލްސް އަކީ ޔޫރަޕާއި އެހެން ސަރަހައްދުތަކުގެ ގައުމުތަކުގައި ވެސް އެންމެ މަގުބޫލު އެއް ނޫޑްލްސް އެވެ. ދުނިޔޭގެ އެންމެ މަގުބޫލް ނޫޑްލްސް ބްރޭންޑްތަކުގެ ކުރީގައި އިންޑޯމީ ނޫޑްލްސް ހިމެނޭ ސަބަބާއި މެދު ވިސްނާލާށެވެ؛ އިންޑޯމީގެ ކޮލެޓީ ރަނގަޅެވެ. އަނެއްކާ އިންޑޯމީ ތައްޔާރުކޮށްލަން ވެސް ހަމަ ފަސޭހައީ އެވެ. އަދި އިންޑޯމީ ނޫޑްލްސްގެ ރަހަވެސް އެހާ މީރީއެވެ.

އިންޑޯމީ ނޫޑްލްސް އެއް ފަހަރު ވެސް ތަޖުރިބާ ކޮށްލާށެވެ. މީރުކަން އިހުސާސްވެ، އިންޑޯމީ ނޫޑްލްސް އަކީ ފޭވަރިޓް ނޫޑްލްސް އަށް ބަދަލުވާނެ އެވެ؛ ދުނިޔޭގެ އެތައް މިލިޔަން ބަޔަކު އެ ވަނީ އިންޑޯމީގެ މީރު ރަހައިގެ ޖާދުލުގައި ޖެހިފަ އެވެ.
ހިޔާލު

އަލީ

މި ރަހަބެލީ އިންޑޯމީގެ. ތަފާތު ރަހައެއް!

މަމީ

މިއީ އަސްލު ހަގީގީ އިންސްޓަންޓް ނޫޑްލްސް އަކީ.

ލިލީ އަށް

ފްލޭވާތައް އިތުރުކޮށްލަދީ، އަހަރެން ބޭނުންވާ ފްލޭވާއެއް ރާއްޖޭން ނުލިބޭ.

ޑޑ

އަހަރެން މީ އިންޑޯމީގެ ވަރަށް ބޮޑު ފޭނެއް. އިންޑޯ މީގެ ވެޖެޓަބަލް ބޭނުން ވަނީ: ތުރުކީ ގައި ދިރިއުޅުނު އިރު އިންޑީމީ އެއް ކާނުލާ ނުވެސް ނިދޭ. ވަރަށް ދެރަވޭ ރާއްޖެއިން އިންޑޯމީގެ ވެޖެޓަބަލް ނުލިބޭތީ😢😢😢😢😢😢😢😢