Hina Khan raajjeygai chutti heydhakuramun ebadhey
image
ހީނާ ހާން---
0 ކޮމެންޓް
 

ހީނާ ހާން ރާއްޖޭގައި

ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ޑްރާމާ ޔޭ ރިޝްތާ ކިޔާ ކެހްލާތާހޭގައި މަސައްކަތްކޮށް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ހީނާ ހާން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
ހީނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް އޭނާގެ އާއިލާ އާއެކު އައިސްފައިވާއިރު އެމީހުން ޗުއްޓީ ހޭދަކުރަމުން ދަނީ ކޮން ރިސޯޓެއްގައި ކަމެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ. ހީނާ އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ގޮތް އޮފިޝިއަލް އިންސްޓަގުރާމު ސްޓޯރީ މެދުވެރިކޮށް އޭނާގެ ސަޕޯޓަރުންނަށް ހިއްސާކުރަމުންނެވެ.



މިދިޔަ އަހަރު ފަހުކޮޅު ވެސް ހީނާ ވަނީ ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައިސްފައެވެ. ހީނާ އޭރު ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައިސްފައިވަނީ އޭނާގެ ލޯބިވެރިޔާ ރޮކީ ޖެއިސްވާލް އާއެކުގައެވެ.

ހީނާ މިހާރު ދަނީ އެކްތާ ކަޕޫރުގެ އެންމެ މަގްބޫލު އެއް ޑްރާމާކަމަށްވާ ކަސޯޓީ ޒިންދަގީ ކޭގެ ދެވަނަ ބައިގެ މަސައްކަތް ކުރަމުންނެވެ. އެ ޝޯގައި އޭނާ ފެނިގެންދަނީ އެންމެ މުހިއްމު އެއް ރޯލުކަމަށްވާ ކޮމޮލިކާގެ ރޯލުންނެވެ. އޭގެ އިތުރުން ހީނާ އަންނަނީ ފިލްމެއްގައި ވެސް މަސައްކަތް ކުރަމުންނެވެ.
ހީނާ ހާން
ހިޔާލު