Raees Yameen ge account thah adhives freeze koffa
image
ރައީސް ޔާމީން: އެމަނިކުފާނުގެ އެކައުންޓްތަކުގައި 100 މިލިޔަނަށް ވުރެ ގިނަ ރުފިޔާ އެބަހުރި.-- ފޮޓޯ: އަވަސް
3 ކޮމެންޓް
 

ރައީސް ޔާމިންގެ އެކައުންޓުތައް އަދިވެސް ހުރީ ފްރީޒްކޮށްފަ

ރައީސް އަބްދުﷲ ޔާމީނުގެ އެކައުންޓްތަކުގައި ހުރި 100 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ފްރީޒް ކުރަން ކްރިމިނަލް ކޯޓުން ނެރެފައި އޮތް އަމުރު ހައިކޯޓުން ބާތިލްކޮށް، އެ އެކައުންޓްތައް ދޫކޮށްލަން އަމުރުކޮށްފައިވާއިރު އެފަދަ އިތުރު އަމުރެއް ވެސް އޮތްކަން ވަނީ ހާމަވެފައެވެ.
ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާއެގޮތުން މިހާރު އޮތް އެ އަމުރަކީ ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ ނެރުނު އަމުރު މިމަހު 12 ވަނަ ދުވަހަށް ހަމަވާތީ ފުލުުހުން ހޯދި ދެ ވަނަ އަމުރެއް ކަމަށް ވަނީ އެނގިފައެވެ. އަދި ކޯޓުން ބާތިލުކޮށްފައި ވަނީ ފުރަތަމަ ނެރުނު އަމުރު ކަމަށާއި ދައުލަތުގެ ފަރާތުން އެ އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރާނެކަން ވެސް މީޑއާތަކުން ބުނެއެވެ.

އޭގެ އިތުރުން އެ އެކައުންޓް ފްރީޒްކުރުމަށް ފުރަތަމަ ނެރުނު އަމުރު، ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރި ކްރިމިނަލް ކޯޓުގެ އަމުރަކީ ޖިނާއީ އިޖުރާއާތުގެ ގާނޫނާއި ގާނޫނުއަސާސީއާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ބުނެއެވެ. އަދި އެ އަމުރު ބާތިލްކޮށް، ހައިކޯޓުން ނެރުނު އަމުރުގައި އެކައުންޓްތައް ފްރީޒްކުރުމަށް އަމުރުކޮށްފައި ވަނީ ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 72 ވަނަ މާއްދާ އާއި 73 ވަނަ މާއްދާގައި ކަންކުރުމަށް ކަނޑައަޅާފައިވާ ތަރުތީބާ ހިލާފަށް ކަމަށް ވެސް ވަނީ ބުނެފައެވެ.

ފުލުހުން އެކަމާ ގުޅިގެން އިތުރު ތަފްސީލު ހާމަކޮށްފައިނުވާއިރު ފުލުހުން ވަނީ އެ އެކައުންޓްތައް ފްރީޒްކުރުމަށް ޑިސެމްބަރު މަހު ނެރުނު އަމުރު ހައިކޯޓުން ބާތިލުކުރުމާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށް ބުނެފައެވެ.

އެ މައްސަލައިގައި ތަހުގީގައްޓަކައި ރައީސް ޔާމީންގެ ނަމުގައި ހުރި އެކައުންޓްތަކުގައި މިހާރު ހުރި ޔޫއެސް ޑޮލަރާއި، ދިވެހި ފައިސާ ހިމެނޭ ގޮތުން، ދިވެހި ފައިސާ އިން ޖުމްލަ 100 މިލިޔަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއްގެ ފައިސާ ވަނީ ފްރީޒް ކޮށްފައެވެ.
ހިޔާލު

ޙުސެން

ތި އެކައުންޓްގައި ހުރި ފައިސާއާއި މާލޭގަެި ހުރި އޭނާ އާއި އޭނާގެ އަނބިދަރިންގެ ނަމުގައިވާ ހުރިހާއެއްޗެއް ސަރުކަާރަށް ނަގަން ޖެހެ އެވެ.ބޭރުގެ ބޜންކް ތަކުގައިވާ އެއްޗެއް ވެސް ހޯދާ އަތުލެވޭތޯބާލާށެވެ. ވައްކަން ކުރުމަށް ބެހި ފައިސާ އާއި ސަރިކާރުގެ މުދާވެސް މިކަމުގައި ބައިވެރިވެ އެހީތެރިވި މީހުން އަތުން އަތުލާށެވެ.

ކޭބީ

100 މިލިއަންގެ އިތުރުން 500 އިގެ ކިތަށް ސިޓީތުރަބެހި، ހަމަ ބުނެފިއްޔާ ޤބޫލުކުރަންވީ ބޮޑުކަމުގޮއްސަ ފޮލަޝްކޮށްލީމަ ޖަންގޝަނަށް އެޅިފައި ހުރި އެއްޗިއްސޭ އެއީ، ޒިންމާ ވާންޖެހޭނީ ފާހާނާތަށި އުފެއްދިފަރާތޯ...

ފ.ނިލަންދޫ

ތިޔައެކައުންޓްތަކުގައި ހުރީ ދިވެހިރަތްޔަތުންގެ ފައިސާ ތިޔަފައިސާތައް ޔާމީނަށް ދޫނުކުރާތި މިއީ ފ،ނިލަންދޫ ރަތްޔަތުންގެ ބަސް