Shah hedhun alhan ethah gadi ireh nagaa: Gauri
image
ޝާހު އާއި ގޯރީ---
0 ކޮމެންޓް
 

ޝާހު ހެދުން އަޅަން އެތައް ގަޑިއިރެއް ނަގާ: ގޯރީ

ބޮލީވުޑުގެ މަޝްހޫރު އެކްޓަރު ޝާހު ރުކް ހާން ހެދުން އަޅަން އެތައް ގަޑިއިރު ނަގާ ކަމަށް އޭނާގެ އަންހެނުން އަދި ޑިޒައިނާ ގޯރީ ހާން ބުނެފިއެވެ.
ދާދި ފަހުން ޝާހު އާއި ގޯރީއަށް ވަނީ "މޮސްޓް ސްޓައިލިޝްޓް ކައުޕް" ގެ އެވޯޑު ލިބިފައެވެ. އެ ހަފްލާގައި ވާހަކަ ދައްކަމުން ގޯރީ ވަނީ ކުޑަ ސިއްރެއް ހާމަކޮށްފައެވެ. އެގޮތުން ގޯރީ ބުނީ ބޭރަށް ނުވަތަ ޕާޓީއަކަށް ދާ ނަމަ އޭނާ އާންމުކޮށް 20 މިނިޓު ތެރޭގައި ރެޑީވާ ކަމަށެވެ. ނަމަވެސް ޝާހު ރެޑީވާން ދެ ތިން ގަޑިއިރު ނަގާކަމަށް ގޯރީ ވަނީ ބުނެފައެވެ.

އޭގެ އިތުރުން ގޯރީ ބުނީ މި ހަފްލާ އަކީ ހާއްސަ ހަފްލާ އަކަށް ވުމުން އޭނާ އެހަފްލާއަށް ރެޑީވާން ދެ ނުވަތަ ތިން ގަޑިއިރު ނެގިކަމަށެވެ. އަދި ޝާހު މިހަފްލާއަށް ހަ ގަޑިއިރު ނެގި ކަމަށް ގޯރީ ވަނީ ބުނެފައެވެ.

އުމުރުން 48 އަހަރުގެ ގޯރީ އަކީ ފާހަގަ ކޮށްލެވޭ އިންޓީރިއާ ޑިޒައިނަރެކެވެ. އޭނާގެ އަމިއްލަ ޑިޒައިންތައް ފެނިގެންދާ 'ގޯރީ ހާން ޑިޒައިންސް'ގެ ނަމުގެ އަމިއްލަ ފިހާރައެއް ވެސް ހުރެއެވެ.

ޝާހު އާއި ގޯރީ ކައިވެނިކޮށްފައިވަނީ 1991 ގައެވެ. ދެމީހުންގެ ތިން ކުދިން ތިބެއެވެ. އެއީ 21 އަހަރުގެ އާރިޔަން އާއި 18 އަހަރުގެ ސުހާނާ އަދި ފަސް އަހަރުގެ އަބްރަމެވެ. އެއާއިލާ އަކީ ގިނަ ބަޔަކު ލޯބިވާ އަދި ނަމޫނާ އާއިލާ އެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.
ހިޔާލު