Dharumavantha Hospital akee Vahkamaai Corruption dhaaimah fennaane Imaaraatheh : Raees
image
ދަރުމަވަންތަ ހޮސްޕިޓަލް-- ފޮޓޯ: ވީނިއުސް
5 ކޮމެންޓް
 

ދަރުމަވަންތަ ހޮސްޕިޓަލަކީ ވައްކަމާއި ކޮރަޕްޝަން ދާއިމަށް ފެންނާނެ އިމާރާތެއް: ރައީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އައިޖީއެމްއެޗާއި އިންވެގެން އިމާރާތް ކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލަކީ ވައްކަމާއި ކޮރަޕްޝަން ދާއިމަށް ފެންނަ ގޮތަށް އިމާރާތް ކުރެވިފައިވާ ތަނެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ތުޅާދޫ ދާއިރާއަށް ވާދަ ކުރައްވާ ހިސާން ހުސައިންގެ ކެމްޕެއިން ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އެ އިމާރާތަކީ 54 މިލިއަން ޑޮލަރަށް އިމާރާތް ކުރެވޭނެ ތަނެއް ކަމަށެވެ. އެކަމަކު މިހާތަނަށް އެ އިމާރާތަށް 220 މިލިއަނެއްހާ ޑޮލަރު ހަރަދުވިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ފައިސާގެ ތެރޭގައި އެތަނަށް ބޭނުންވާ އިކުއުޕްމަންޓް ގަތުމަށް 80 މިލިއަން ޑޮލަރު ހޭދަ ކުރި ނަމަވެސް އެ އިކުއުޕްމަންޓްތަކަކީ 23 މިލިއަން ޑޮލަރަށް ގަނެވޭ ސަމާނު ކަމަށެވެ.

ރައީސް ވިދާޅުވީ، އާ އިމާރާތުގެ ކޮންސަލްޓެންޓާއި ކޮންސްޓްރަކްޝަން މަސައްކަތް ކުރި ފަރާތްތަކާއި އެމަނިކުފާނާއި ބައްދަލުވި ކަމަށާއި އެގޮތުން އެ ބައްދަލުކުރެވުމުގެ ތެރެއިން އެތަން ބިޑުކުރި ގޮތާއި އިމާރާތްކޮށްފައިވާ ގޮތުގެ ކަންބޮޑުން އެ ފަރާތްތަކުން ވެސް ހިއްސާކުރި ކަމަށެވެ. އަދި އެތަން ހަދާފައި ވަނީ ނުއަގުގައި ކަމަށް ކޮންސަލްޓެންޓް ބުނި ކަމަށާއި އިމާރާތްކޮށްފައިވާ ގޮތުން ހޮސްޕިޓަލަށް ބޭނުންވާ މެޝިނަރީޒްތައް ވެސް އެތަނަށް ނުވެއްދޭ ކަމަށް އެ ފަރާތްތަކާ ހަވާލާ ދެއްވާ ރައީސް ވިދާޅުވި އެވެ. އެއީ އެންމެ ފަހުގެ މެޝިނަރީޒް ބޭނުންކޮށްގެން އިމާރާތް ކޮށްފައިވާ ތަނެއް ނަމަވެސް އެތަނަށް ހޯދާފައި ވަނީ އެންމެ ކުރީ ޒަމާނުގެ މެޝިނަރީޒް ކަމަށް ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

"އެނގިވަޑައިގަންނަވާތޯ އެތަނަށް ގެނައި އިކުއިޕްމަންޓް ކޮޓަރިތަކަށް ވެއްދީމަ އެތަނުގެ ދޮރެއް ނުހުޅުވޭ. ދެން އަނެއްކާ މިޖެހުނީ އިތުރު ހަރަދުކޮށްގެން ދޮރުތައް ސްލައިޑިން ދޮރަށް ބަދަލުކޮށްގެން އަނެއްކާ ވެސް އިތުރު ހަރަދުތަކެއް ކުރަންޖެހެނީ. އަޅުގަނޑު ބުނީމޭ މިހެން ވެގެންނޭ، މިއީ ކިހިނެއް ހަދާފައި ހުރި ތަނެއްހޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ ސަރުކާރުގައި އޭރު އިދިކޮޅުގައި ތިބި ފަރާތްތަކުން ވަނީ އެތަނަކީ ކުޑަ އަގެއްގައި ހެދެން އޮތް ތަނަކަށްވާއިރު ބޮޑު އަގުގައި އިމާރާތްކުރަނީ ވައްކަން ކުރަން ކަމަށް ބުނެ ބޮޑެތި ތަހުމަތުތަކެއް ކޮށްފައެވެ.
ހިޔާލު

ދަތުރުވެރިޔާ

އަޅޭ ހޮސްޕިޓަލް ހެދުން ތިހާއަގުހެވިއްޔާ އިބޫވާނެ ކޮންމެ އަތޮޅަކު ތިބުނާ ފެންވަރުގެ ހޮސްޕިޓަލްއެއް އަޅާދޭން

ހުސޭނުު

" ދަރިވަމުންތަ ހޮސްޕިޓަލް "... ؟

ހިލަބެ

ތީ ދަރިވަމުންތަ ދަރިނުވަންތަ ހޮސްޕިޓަލަކީ ހުސްކަރަޕްސަން ކުރެހުމާއި ހިސާބުން ފެށިގެންވެސް ހަމަ ކަރަޕްސަން 27 މިލިއަން ޑޮލަރަށް ކުރެހުމުގެ އަގުހެދީމަ ދެންނެއް އެއިންބޯދަމައިގަނެވޭނެ އެއްވެސް ދިމާއެއް އެއީ އެބުނާ ތަރައްގީއަކީ އަމިއްލަ ޖީބު ފުރުން

އޮސްކާ

މެޝިންތަކުގެ ތަފްސީލް ދޭންވީނޫންތޯ؟ ތިޔަ ވިދާޅުވާ ކޮންޓްރެކްޓަރ ކާރީ ބުނަންވީ ނޫންތޯ އިތުރު ހޮސްޕިޓަލެއް ރާއްޖޭގައި އަޅާދިނުމަ ތިހާ އަގު ހެޔޮވީމަ؟ ކީއްވެގެން ތޯ ނުވެގެން ތިއުޅެނީ؟؟ މައްސަލަ ހުރި ތަންތަނުގެ ޑްރޯވިންގްސް ހާމަ ނުކުރަނީ ކީއްވެތޯ؟ ފޮރުވަނީ ކީއްވެތޯ؟

ޜަސްގެފާނު

ޢެހެންވީމާ ކޮރަޕްޝަން ޢިމާރާތް ހުޅުވަން ކަލޭ ނުދާތި