Hiyaa Flat thah thalhaalaai aa Flat elhun ves maa rangalhu: Raees
image
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު--
3 ކޮމެންޓް
 

ހިޔާ ފްލެޓުތައް ތަޅާލައި އާ ފްލެޓު އެޅުން ވެސް ރަނގަޅު: ރައީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގައި އިމާރާތް ކުރަން ފެށި ހިޔާ ފްލެޓުތައް ތަޅާލާއި އާ ފްލެޓުތަކެއް އެޅުން ވެސް މާ ރަނގަޅު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ތުޅާދޫ ދާއިރާއަށް ވާދަ ކުރައްވާ ހިސާން ހުސައިންގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ހިޔާ ފްލެޓުތަކުގެ ކޮޓަރިއެއްގެ ބޮޑު މިނަކީ އަށް ފޫޓް ނުވަ ފޫޓް ކަމަށައި އެތަނަށް އެނދެއް ވައްދައިފި ނަމަ، އަލަމާރިއެއް ބަހައްޓާނެ ޖާގައެއް ނުހުންނަ ކަމަށެވެ.

އެތަނަކީ މީހުން ދިރިއުޅެން ހެޔޮވާވަރުތަނެއްތޯ ސުވާލުކުރައްވަމުން ރައީސް ވިދާޅުވީ، އެތަނަކީ ބޭނުން ކުރެވޭނެ ތަނެއް ނޫން ކަމަށާއި މީގެ ދުވަސްތަކެއް ކުރިން އިކޮނަމިކް ކޮމެޓީގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެތަން ތަޅާލުން ވެސް މާ ރަނގަޅުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާނެ ކަމަށެވެ.

"ކޮޓަރިއެއްގެ ބޮޑު މިނަކީ އަށް ފޫޓް ނުވަ ފޫޓް. އެތަނަށް އެނދެއް ވެއްދީމަ ދެން ނެތް އަލަމާރިއެއް ބަހައްޓާނެ ތަނެއް. ކިހިނެއްތޯ އެތަނުގައި މީހުން ދިރިއުޅެނީ. އިހަކަށް ދުވަހު އިކޮނަމިކް ކޮމެޓީގައި އަޅުގަނޑު ބުނިން ހިނގާށޭ އެތަން ތަޅާލަން. ބޭނުމެއް ކުރެވޭނެ ތަނެއް ނޫނޭ. އެއަށް ވުރެ ރަނގަޅޭ އެތަން ތަޅާލާފަ އަލުން ތަނެއް ހެދިއްޔާ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުން އެފްލެޓުތައް މީހުންނަށް ދީފައި ވަނީ ނުފޫޒު ފޯރުވައިގެން ކަމަށް އެތައް ބަޔަކު ބުނަމުން އަންނައިރު ފްލެޓު ދީފައި ވަނީ އެންމެ ހައްގުވެރިންނަށްތޯ ބެލުމަށް ރައީސް ސޯލިހު ވަނީ ހާއްސަ ކޮމެޓީއެއް ވެސް އުފައްދަވާފައެވެ. އެގޮތުން މިހާރު ފްލެޓު ލިބިފައިވާކަމަށް ލިސްޓުގައި ނަން އޮތް ފަރާތްތަކަށް ވެސް ފްލެޓު ދޫކުރާނީ އެއީ އެންމެ ހައްގުވެރިންތޯ ބެލުމަށް ފަހެވެ.
ހިޔާލު

އަހުމަދު

އެހެންނޫނަސްް މިޤައުމުގައި އެއްވެރިއެއްކުރާ ކަމެއް އަނެކަކަށް ރަގަޅެއްނުވާނެ...
ކުއްޔަށްދެއްވާ ދުވަހު ކުލީގެ ގޮތުގައި ... ތަޅާލައިގެން އިތުރު ޚަރަދު ނުކުރައްވާ

އޮސްކާ

ކީއްވެގެންތޯ ފްލެޓްތަކުގެ ކުރެހުންތައް ހާމަ ނުކުރެވިގެން ތިއުޅުއްވަނީ؟؟ ހުސް ވާހަކަ ތި ދައްކަނީ! މިހާރު އިންގޮތާއި ތިގެންނަ ބަދަލު ފެންނަށް ކުރެހުންތައް ދައްކާލަންވީނުންތޯ؟ ޕަބްލިކް ފަންޑްސް އިންކުރާ ކަންތަކުގައި ޓްރާންސްޕޭރެންޓު ވާން އެބަޖެހޭ ދެއްތޯ؟ ރައީސެއްނޫން ތިތާ ދިރިއުޅުއްވާނީ... އެހެންވީމާ ރައްޔިތުންނަށް ހާގީގަތް ހާމަ ކުރައްވާ

ހަސަނު

ތިޔައީ ކޮތަރު ކޮށިތަކެއް ދެއްތޯ
އަޅުގަނޑަށް ފެނިވަޑަެިގަންނަނީ ތިތަންތަން ތަޅުއްވާލައްވައިފައި ރައްޔަތުންނަށް ހަމަޖެހިލައިގެން އުޅެވޭ ވަރުގެ ތަނަވަސްކޮއް މަނިކުފާނުގެ ވެރކަމުގައި އިމާރާއްކޮއްދެވޭތޯ އަވަހަށް ބެއްލެވުން މާބޮޑައްވެސް ރަނގަޅުވާނެހެން