WAMCO in ves viheumun dhey chutty dheyn fashahifi
image
ވެމްކޯގެ ދެ މުވައްޒިފުން---ފޮޓޯ:ވެމްކޯ
0 ކޮމެންޓް
 

ވެމްކޯއިން ވެސް ވިހެއުމުން ދޭ ހަ މަހުގެ ޗުއްޓީ ދޭން ފަށައިފި

ވެމްކޯގެ އަންހެން މުވައްޒަފަކު ވިހެއުމުން ހަމަސް ދުވަހުގެ ޗުއްޓީ އަދި ފިރިހެނުންނަށް ދަރިއަކު ލިބުމުން އެއް މަސް ދުވަހުގެ ޗުއްޓީ ދޭގޮތަށް ވެމްކޯ އިން ނިންމައިފިއެވެ.
ވެމްކޯ އިން ބުނީ އެކުންފުނީގައި ވަޒީފާ އަދާކުރާ ކޮންމެ އަންހެން މުވައްޒިފަކަށް ވިހެއުމާއި ގުޅިގެން ހަ މަސްދުވަހުގެ ޗުއްޓީ މުސާރައާއި އެކު، އަދި ފިރިހެން މުވައްޒިފަކަށް ދަރިއަކު ލިބޭ ދުވަހުން ފެށިގެން އެއް މަސް ދަވަހުގެ ޗުއްޓީ މުސާރައާއި އެކު ލިބޭ ގޮތަށް ވެމްކޯގެ ބޯޑުން ނިންމައިފައިވާ ކަމަށެވެ.

އޭގެ އިތުރުން މިހާރު ޗުއްޓީ ނަގައިގެން ތިބި މުވައްޒިފުންގެ އިތުރުން، ޗުއްޓީ ނިންމާފައިވާ މުވައްޒިފުންގެ ތެރެއިން ދަރިފުޅަށް ހަ މަސް ނުވާ ހުރިހާ އަންހެން މުވައްޒިފުންނަށް އެކުންފުނިން ވަނީ ދަރިފުޅަށް ހަމަސް ވަންދެން ޗުއްޓީ ދޭގޮތަށް ނިންމާފައެވެ.

ވިހެއުމާއި ގުޅޭ މެޓާނިޓީ ލީވް އަދި ޕެޓާނިޓީ ލީވް ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ރިޔާސީ ވައުދު ފުޅެކެވެ.

ސަރުކާރު މުވައްޒަފުންނަށް މި ޗުއްޓީ ދޭން ނިންމާފައިވާއިރު މިނިވަން މުއައްސަސާތަކާއި އިދާރާތައް އަދި ސަރުކަރުގެ ގިނަ ކުންފުނިތަކުންވެސް މިހާރުވަނީ މި ޗުއްޓީ ލިބޭނެ އިންތިޒާމް ހަމަޖައްސާފައެވެ.
ހިޔާލު