Maamigili Airport Elhumugai Najaaizu Gothugai Bin Beynunkuri Kamuge Thuhumathu!?
image
މާމިގިލީ އެއާޕޯޓު: ފޮޓޯ ހޮޓެލިއާ މޯލްޑިވިސް
5 ކޮމެންޓް
 

މާމިގިލީ އެއާޕޯޓު އެޅުމުގައި ނާޖާއިޒުގޮތުގައި ބިން ބޭނުންކުރިކަމުގެ ތުހުމަތު!؟

"ރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާ ހިންގުމުގެ ގަވާއިދު" ނުވަތަ "ބިނާވެށި ޕްލޭން" ބުނާގޮތުން "ދިވެހިރާއްޖެއަކީ ޤުދުރަތީގޮތުން ވަރަށް ތަފާތު މާޙައުލެއް ހިމެނޭ ކަނޑު، ފަޅު، ފަރު އަދި ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ޤައުމެކެވެ." އަދި ގަވާއިދުގެ ބޭނުމަކީ މިފަދަ ތަކެތި ރައްކޭތެރިކޮށް ރައްޔިތުންގެ މަންފާއާއި ލާބައަށް މެނުއީ ބޭނުންނުކުރުމެވެ. އަދި "ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ފިޔަވާ އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިންދޫ ކުރުމާ ބޭހޭ ގަވާއިދު" ނަމުގައި ވެސް ބިމާ ބެހޭ ގާނޫނުގެ ދަށުން ގަވާއިދެއްވެސް އޮވެއެވެ. ނަމަވެސް މާމިގިލީ އެއާޕޯޓު އެޅުމުގައި މި ގަވާއިދުތަކާ ހިލާފަށް އދ. މާމިގިލީގެ ބިން ބޭނުންކޮށްފައިވާ ކަމަށް ބެލެވޭ ލިއުންތަކެއް މިވަނީ ފެންމަތިވެފައެވެ.
"މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު" ގެ ދަށުން އާންމު ފަރުދަކު ހައުސިން މިނިސްޓްރީން ހޯދާފައިވާ މައުލޫމާތު ތަކުން ތިލަވެފައިވާ ހަގީގަތްތަކުން މުއައްސަސާތަކުގެ ބޭނުން ނަހަމަގޮތުގައި ބިޔަ ވިޔަފާރިތަކުން ހިފާފާނެކަން ހާމަވެއެވެ.

މާމިގިލީ އެއާޕޯޓު އެޅުމަށް ހުއްދަ އަށް ގެނައި ބަދަލުތައް:

މާމިގިލީގައި އެއާޕޯޓު އެޅުމަށް ހުއްދަ ދީފައިވަނީ 16 އޮގަސްޓު 2005 ވަނަ އަހަރުއެވެ. އެ ހުއްދަ ދީފައިވަނީ މިނިސްޓްރީ އޮފް އާބަން ޑެވެލޮޕްމަންޓުންނެވެ. 2008 ވަނައަހަރުގެ އޮކްޓޫބަރު މަހުގެ ކުރިން ވަނީ މި ހުއްދައަށް ބައެއް ބަދަލު ގެނެސްފައެވެ.


މާމިގިލީ އެއާޕޯޓު އެޅުމަށް ހުއްދަ ދީފައިވާ މިންވަރާއި، ހުއްދަނެތް ސަރަހައްދުގައި މަސައްކަތް ކޮށްފައިވާކަން ހާމަވާ ޗާޓެއް: ފޮޓޯ ކިއުންތެރިއެއް

މަތީކައިވާ ފޮޓޯގެ ކަނާތްފަރާޠުގައިވާ ޗާޓުން ރަތް ކުލައިން ފާހަގަކޮށްފައިވަނީ އެއާޕޯޓު އެޅުމަށް އެންމެ ފުރަތަމަ ހުއްދަ ދީފައިވާ މިންވަރެެވެ. ވާތް ފަރާތުން ފެންނަ ޗާޓުގައި ރަތް ކުލައިން ފާހަގަ ކޮށްފައިއެވަނީ އެއާޕޯޓު އެޅުމަށް ބިން ބޭނުންކުރިގޮތެވެ.

މާމިގިލީ އެއާޕޯޓު އެޅުމަށް ނުގަވައިދުން ކަންކަން ކުރާ މައްސަލަ އެންމެ ފުރަތަމަ ސަރުކާރުގެ ސަމާލު ކަމަށް ގެނެސްފައިވަނީ، 2010 ވަނަ އަހަރުގެ އޭޕްރީލް 12 ވަނަ ދުވަހުއެވެ. އދ. އަތޮޅު ކައުންސިލަރުގެ ގޮތުގައި އޭރު ހުންނެވި އިބްރާހީމް މައުރޫފްއެވެ، މެދުއުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ނައީމަށް ފޮނުއްވި ސިޓީގައި މައުރޫފް ވަނީ މާމިގިލީގެ ބިން ނުވަގަވާއިދުން ބޭނުންކުރަމުން ދިޔަ ގޮތުގެ ތަފްސީލު ހިމަނުއްވާފައެވެ.

އެސިޓީގައި ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައިވާ ކަންތައްތަކުގެ ތެރޭގައި، މީހުންނަށް ދޫކޮށްފައި ހުރި ބަންޑާރަ ގޯތިތަކުގެ އެތެރެއިން އެއާޕޯޓުގެ ފެންސު ޖަހާފައިވުމާ، އެރަށުގެ ކުނިކޮށި، ފެންޕްލާންޓު، އަދި ތެޔޮ ރައްކުރުމަށް ކަނޑައަޅާފައިވާ ބިން އެއާޕޯޓު އެޅުމަށް ބޭނުންކުރަމުން އަންނާތީ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެއީ މާމިގިލީގެ ލޭންޑްޔޫސް ޕްލޭނާ ހިލާފަށް ކޮށްފައިވާކަމެއްކަން އޭނާ އޭރު ފޮނުވި ސިޓީގައި ފާހަގަކޮށްފައިވެއެވެ.

"މާމިގިލީ ލޭންޑްޔޫސް ޕްލޭނާ އެއާޕޯޓު ފެންސާއި އެއަރ ޕޯޓު ރަންވޭމެދާއި ދެމެދުގައި އިންޑަސްޓްރިއަލް ޒޯނާއި ދިމާލުން ހުނަންޖެހޭނީ 106.068 މީޓަރު ނަމަވެސް، މިހާރު އެދެމެދު ދުރުމިނުގައި 303 މީޓަރު ހުރިކަން ފާހަގަކުރެވެއެވެ." ސިޓީގައި ބުނެގައިވެއެވެ. އަދި އިތުރު ބައެއް ސަރަހައްދުތަކުން 57.47 މީޓަރު ބޭރަށް ފެންސު ނެރިފައިވާކަން ފާހަގަކޮށްފައިވެއެވެ.


މާމިގިލީ އެއާޕޯޓު އިންޓަނޭޝަނަލް ކުރުން އަދި އެއާޕޯޓު 99 އަހަރަށް ކުއްޔަށް ދިނުން:

ވިލާ ގްރޫޕުގެ ފަރާތުން އދ. މާމިގިލީގައި ތަރައްޤީކޮށްފައިވާ "ވިލާ އެއާޕޯޓު" ހުޅުވާފައިވަނީ 2011 ވަނަ އަހަރުގެ އޮކްޓޫބަރު 1 ވަނަ ދުވަހުއެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި މާމިގިލީ އެއާޕޯޓުގެ ހުއްދައަށް ބަދަލެއް ނުގެނެއެވެ. އެހެން ނަމަވެސް ރައީސް ނަޝީދުގެ ވެރިކަން ވައްޓާލިތާ މަހަކާ ދުވަސްކޮޅެއް ފަހުން، 25 މާޗު 2012 ވަނަ ދުވަހު އެ ޕްލޭނަށް ބަދަލު ގެނެސްފައިވެއެވެ. އަދި އޭގެ ފަހުން 10 އޭޕްރީލް 2012 ވަނަ ދުވަހުވެސް ބަދަލެއް ގެނެސްފައިވެއެވެ.

ބިނާވެށި ޕްލޭން" ގައި ބުނެފައިވާގޮތުން "ރަށްރަށުގެ ބިންބޭނުންކުރާނެގޮތުގެ ޕްލޭން ތައްޔާރުކުރުމުގައި އެޕްލޭން ތައްޔާރުކުރާ ފަރާތުން އެ ޕްލޭން ތައްޔާރުކުރެވޭ ރަށެއްގެ ވެރިންނާއި، ސަރުކާރުގެ ކަމާބެހޭ ދާއިރާތަކާއި، ޕްލޭނިންގ ކަންތައްތަކަށް ލަފާދޭ ކޮމިޓީއާއި އަދި ތަރައްޤީއަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާތަކާއި މަޝްވަރާކުރަންވާނެއެވެ." އަދި މީހުން ދިރިއުޅޭ ކޮންމެ ކެޓަގަރީއެއްގެ ރަށެއް ޕްލޭންކުރުމުގައި ބިން ބޭނުންކުރާނެގޮތުގެ ޕްލޭނަށް ލަފާދޭ ކޮމިޓީއަކީ އެރަށެއްގެ ރަށްކުރިއަރުވާ ކޮމެޓީއެވެ. ނަމަވެސް މި ބަދަލުތައް ގެނައުމުގައި މި މަޝްވަރާތައް ކޮށްފައި ނުވާކަން މެދުއުތުރު ޕްރޮވިންސްގެ ސްޓޭޓު މިނިސްޓަރަށް ފޮނުވާފައިވާ ސިޓީން ވެސް ހާމަވެއެވެ.އެއާޕޯޓު އިންޓަނޭޝަަނަލް ކޮށްފައިވަނީ 28 ފެބުރުއަރީ 2013 ގައި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. އެއާޕޯޓުގެ ނަންބޯޑު ކަޝްފުކޮށްދެއްވީ ވެސް ރައީސް ވަހީދެވެ. ހަފްލާގައި ގާސިމް އިބްރާހިމް ވެސް ބައިވެރިވެ ވަޑައިގަތެވެ. މާމިގިލީ އެއާޕޯޓް އިންޓަނޭޝަނަލް ކުރުމުގެ ރަސްމިއްޔާތުގައި އެކަމުގެ ލައިސަންސް ހަވާލުކޮށް ދެއްވީ އިންޓެރިމް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ނާޒިމެވެ.

އަދި 28 ފެބުރުއަރީ 2013 ގައި މާމިގިލީ އެއާޕޯޓު 99 އަހަރަށް ވިލާއަށް ދޭން ނިންމީ ވެސް ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދެވެ. ވިލާއެއާއަށް މާމިގިލި އެއާޕޯޓު ކުއްޔަށް ދޭން ނިންމާފައިވަނީ އޭރު އޮތް އިކޮނޮމިކް ކޮމިޓީން ނިންމައިގެންނެވެ. އެކޮމިޓީގައި އޭރު ތިއްބެވީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝަފީއާ ހައުސިން މިނިސްޓަރު ޑރ. މުހަންމަދު މުއިއްޒާއި ޓްރާންސްޕޯޓް މިނިސްޓަރު ޑރ.އަހުމަދު ޝަމްހީދާއި އެންވަޔަރަމެންޓް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާއާއި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ.

އެއާޕޯޓު 99 އަހަރަށް ދިން މައްސަލަ އޭސީއަށް ވެސް ހުށަހެޅިއެވެ. ނަމަވެސް އޭސީސީން ނިންމީ އެއާޕޯޓު ވިލާ ކުންފުންޏަށް ދިނުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަން ފާހަގަ ނުކުރެވޭކަމަށެވެ.މާމިގިލީ އެއާޕޯޓަކީ އިންޓަނޭޝަނަލް އެއާޕޯޓެއް ކަމަށް ރައީސް ވަހީދުގެ ސަރުކާރުގައި ކަނޑައެޅި ނަމަވެސް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކަރުގައި އެ އެއާޕޯޓުވަނީ ޑޮމެސްޓިކް އެއާޕޯޓަކަށް ބަދަލުކޮށްފައެވެ. އޭރު ގާސިމާއި ރައީސް ޔާމިން ވަނީ ސިޔާސީ ގޮތުން މައްސަލަ ޖެހިފައެވެ.

މި މައްސަލައިގައި ވިލާ ކުންފުނީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް އަދި ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.

ގާސިމް އިބްރާހިމްއާއި ސަރުކާރާ އޮންނަ ގުޅުމުން އެއާޕޯޓަށް އަސަރުކުރޭ:

ވިލާ ކުންފުނީގެ ޗެއާމަންކަން ކުރައްވާފައިވާ ގާސިމް އިބްރާހިމްއާއި ސިޔާސީ ގޮތުން ސަރުކާރާއި އޮންނަ ގުޅުން ރަނގަޅުވާ ކޮންމެ ފަހަރަކު އެއާޕޯޓަށް ހެޔޮގޮތް ވެއެވެ. އަދި ގުޅުން ހީނަރު ވުމުން އެއާޕޯޓުވެސް ހީނަރުވެއެވެ. މާމިގިލީ ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ހުރި ބިންތަކާއެކު އެއާޕޯޓުގެ ފެންސިޖެހި އިރު އެކަން ގާނޫނީ އޮނިގަނޑުގެ ތެރެއަށް ފެއްތުމަށް ބަޔަކު މަސައްކަތް ކޮށްފައިވާކަމަށް މި ލިއުންތަކަށް ބިނާކޮށް ބުނެވިދާނެއެވެ. މުއައްސަސާތަކުގެ މައްޗަށް ބޮޑެތި ބިޔަ ވިޔަފާރިތަކުން ނުފޫޒުފޯރުވަމުން އަންކަން މި ލިޔުންތަކުން ހާމަވެއެވެ.
ހިޔާލު

ބްރޯ

ބަނދަރުން ނެގި ފަސް ބޭނުންކުރީ އެއަރޕޯޓް ހިއްކަން. ބަނދަރަށް ދައުލަތުން 80،000،000 ގެ ޑިއުޓީ މާފެއްދިން. އެއިންވެސް ނާޖާއިޒް ފައިދާނަގާ ކުލަޔާ ދަވާދާ ރިސޯޓަށް ބޭނުންވާ ސާމާނުގެނެއްސަހުރީ. ކަމާބެހޭ އިދާރާތަކުގަ މައުލޫމަތު ލިބެންއެބަހުރި. ބަނދަރު އަތުލަން އުޅެ އުޅެ ސަރުކާރުން ނުދިނީ. އޮޅުވާލަން ނޫޅޭ!

މާމިގިލި މީހާ

މިކަން އެބަޖެހޭ ބެލެން. ދިވެހިންގެ ބިމޭ ކިޔަނީ މީނައަށް ލިބެންޔާ. އެހެންމީހަކަށް ލިބިއްޖެޔާ އެގޯސްވީ. ކޮބާތޯ އިންްސާފަކީ؟ ކޮބާތޯ ބާކީ ތިބި ރައްޔިތުންގެ ހަައްޤު؟ އަމިއްލަ ޖީބަށް ބަރުނުވާ ގޮތަށް ކޮށްފަނެތް އެންމެ ކަމެއްވެސް! މާމިގިލީ ދަރިން ހޭލާކަށް ނުވޭތަ؟

އިބްރާހިމް

މާމިގިލިން ބިން ނަގައިގެން ގެންދިޔައީތޯ؟ އެއަރޕޯރޓް ހަދަން ހިއްކި ބިމާއި އެއްވަރުގެ ބިން ވިލާގެ ޚަރަދުގައި ހިއްކާފައި މާމިިގިލީގެ ރައްޔިތުންގެ ބޭނުމަށް ދީފަ ނެތްތޯ؟ ބޮޑު ހާބަރެއް ހަދާފައި މާމިގިލީ ރައްޔަތުންނަށްް ދިފަ ނެތްތޯ؟ އެއަރޕޯރޓުން ފައިދާ ވަނީ މާމިގިލީގެ ރައްޔިތުންނަށް ނޫންތޯ؟ އާޓިކަލް ލިޔުއްވި ފަރާތުން މިސުވާލުތަކަށްވެސް ޖަވާބު ދެއްވިނަމަ ފުރިހަމަވީސް.

ޥެލާބިސް

ސަރުކާރާއި ގުޅުން ހީނަރުވާ ކޮއްމެބަޔަކާ ބެހޭގޮތުން މިނޫހުން ވަރައް ފޯރިނަގާނެ ލޮނުޒިޔާރައް ކޮޅުގަތިބެ މަތިބަލާތީވެ ތިވަރައް ލޮލައް އުނދަގޫވަނީ ވިލާފެނުނީމަ.

ބިން ދިވެހިންނަށީ

ސަރުކާރުން އެބަޖެހޭ މާމިގިލިން އިތުރަށް ނަގާފައިވާ ބިންތައް އަތުލަން. ގަޓުހުރި މީހެކޭ ކިޔާފަ ކުރީގަވެސް މިހާރުވެސް އެއްވެސް ވެރިއަކަށް މާމިގިލި ރައްޔިތުންގެ ބިން ރައްޔިތުންކަށް ނުދެވުނު.