Meehehge maruge massalaigai Construction kunfunyakah Fiyavalhu alhaifi
image
ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށް ގެންދަނީ -- ފޮޓޯ: އަޝްވާ ފަހީމް
0 ކޮމެންޓް
 

މަރުގެ މައްސަލައެއްގައި ކޮންސްޓްރަކްޝަން ކުންފުންޏަކަށް ފިޔަވަޅު އަޅައިފި

އިމާރާތަކުން ވެއްޓުނު ގަލަކުން ޖެހި މީހަކު މަރުވި މައްސަލާގައި ކުންފުންޏެއް ބައި މިލިއަން ރުފިޔާއަށް ޖޫރިމަނާކޮށްފިއެވެ.
މިދިޔަ މަހު 18 ވަނަ ދުވަހު ހިނގި އެހާދިސާގައި މަރުވެފައިވަނީ 44 އަހަރުގެ ބަންގްލަދޭޝް މީހެކެވެ. ހުޅުމާލޭގައި ހަދަމުން ދިޔަ އެގޭގެ ފަސް ވަނަ ބުރިން ގަލެއް ވެއްޓި، ބޮލުގައި ޖެހުމުގެ ސަބަބުން އެމީހާ މަރުވެފައިވާއިރު އެމައްސަލާގައި އައިއެންއެންއެފް ކޮންސްޓްރަކްޝަނަށް ވަނީ ބައި މިލިއަން ރުފިޔާއަށް ޖޫރިމަނާކޮށްފައެވެ.

އެގޮތުން އެ ފައިސާ ދައްކަން މާލޭ ސިޓީ ކައުންސިލުން އެކުންފުންޏަށް ދީފައި ވަނީ އެއް މަސް ދުވަހުގެ މުއްދަތެކެވެ.

ކޮންސްޓްރަކްޝަން ސައިޓުތަކުގައި ހިނގިާފައިވާ އެކްސިޑެންޓުތަކާ ގުޅިގެން މި އަހަރުވެސް މިހާތަނަށް ހަތް ފަރާތެއް މާލޭ ސިޓީ ކައުންސިލުން ވަނީ ޖޫރިމަނާ ކޮށްފައެވެ. އަދި ސަރުކާރުން ވަނީ މާލޭ ސަރަހައްދުގެ ކޮންސްޓްރަކްޝަން ސައިޓުތަކުގެ އިންސްޕެކްޝަނެއް ވެސް ހަދައިފައެވެ.
ހިޔާލު