Jalugai hurumakee veynhuri kameh: Raees Yameen
image
ރައީސް ޔާމީން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ: ފައިލް ފޮޓޯ
9 ކޮމެންޓް
 

ޖަލުގައި ހުރުމަކީ ވޭންހުރި ކަމެއް: ރައީސް ޔާމީން

ޖަލުގައި ހުރުމަކީ ވޭންހުރިކަމެއްކަމަށާއި ނަމަވެސް ޖަލުގައި ބަންދުކޮށްފައި ބެހެއްޓީ ކުށެއް ކޮށްގެން ނޫންކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
މަނީލޯންޑްރިންގެ މައްސަލައިގެ ޝަރީއަތާއި ގުޅިގެން ބަންދުގައި ބެހެއްޓުމަށް ފެބްރުއަރީ މަހު 18 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކުރި އަމުރަކާއި ގުޅިގެން ރައީސް ޔާމީން ޖަލުގައި ބަންދު ކުރެވުނެވެ. އަދި އެ އަމުރު ހައިކޯޓުން ބާތިލްކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ޖަލަށް ގެންދެވުނު ނަމަވެސް އާލާސް ކަންފުޅާ އުޅުއްވާކަމަށް ވިދާޅުވެ ގިނަ ދުވަހު ރައީސް ޔާމީން އޮންނެވީ ހޮސްޕިޓަލުގައެވެ. ޖަލުބަންދުން ސަލާމަތްވި އިރުވެސް ގެންދެވީ ފަރުވާ ހޯއްދަވަމުންނެވެ. ނަމަވެސް ބަންދުން ސަލާމަތްވެ ގެއަށް ބަދަލުކުރި ފަހުން ހޮސްޕިޓަލަށް ވަޑައިގެންނެވިކަން ސާފެއް ނުވެއެވެ.

ވިލިމާލެ ދާއިރާއަށް ޕީއެމްސީގެ ޓިކެޓްގައި ވާދަކުރައްވާ އިބްރާހިމް ފައިސަލްގެ ކެމްޕެއިންގައި ފޯނުން މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކުށެއް ކުރައްވާފައި ނުވާނެކަމަށާއި ޖަލަށްލީ އަނގަބަންދުކޮށް ސިޔާސީ މަސައްކަތް ހުއްޓުވުމަށް ކަމުގައެވެ. އަދި ޖަލުގައި އޮންނެވީ އެއްވެސް ހުކުމެއް އައިސްގެން ނޫންކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވެރިކަމުގައި ގާތްގަނޑަކަށް ހުރިހާ ސިޔާސީ ލީޑަރުންނާއި ބައެއް ފަނޑިޔާރުންނާއި އެތައް ބަޔަކުވަނީ ޖަލަށް ލާފައެވެ. ރައީސް ޔާމީން މިރޭ ވިދާޅުވީ އޭރު އެބޭފުޅުން ޖަލަށް ލާފައިވަނީ ބޮޑެތި ޖަރީމަތައް ހިންގައިގެން ކަމުގައެވެ.

ރައީސް ޔާމީން އެހެން ވިދާޅުވި ނަމަވެސް އޭރު ޖަލަށް ލެވުނު ބައެއް ބޭފުޅުން ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ތިބެން ޖެހިވަޑައިގެންނެވި އިރު އެބޭފުޅުންގެ މައްޗަށް ތުހުމަތުކުރެވޭ ގިނަ މައްސަލަތަކެއް ސާބިތުނުވެ ތިއްބެވިއެވެ. އަދި ބައެއް ބޭފުޅުން ޖަލުން މިނިވަންވިއިރުވެސް އެއްވެސް ހުކުމެއް އައިސްފައެއް ނުވެއެވެ.
ޖަލު ރައީސް ޔާމީން
ހިޔާލު

Ali Mohamed

ޔާމީނަކީ އަނިޔާ ވެރި ވެރިޔެއް. މީނާ ދޫކޮށް ގެން ނުވާނެ.މިީނާ އަށް ހައްގު އަދަބު ލިބެން ޖެހޭނެ.

މަހޭޝް

ޒުވާން ފުއްލާއަށްވެސް ވަރެއް ވެއްޖެތާ. މުސްކުޅި ސާރިދޯޅު މާ ހިތްވަރުގަދަ.

މަހުދީ

ނަރަކަޔަކީ އަދި މާބޮޑަށް ވޭންހުރި ތަނެއް. ނޭނގިގެންތަ އެހުރިހާ ކަމެއްވީ. އަވަހަށް ތައުބާވޭ. އެކަމަކު ދިވެހިން މިތިބީ މާފުދޭގޮތަކަށްނޫން.

އަހުމަދުލް

މީގެ ކުރިން ޖަލަށްލި ގިނަ މީހުންނަކީ ކުށް ސާބިތު ނުވެ ދޫކޮށްލި މީހުން. އެމީހުން ކުށެއްނެތި ޖަލަށް ލެވުނީ ކިހިނެއް ކޮން އިރަކުބާ؟. ތުހުމަތަކަށް ޖަލަށް ލެވުނު ބަޔަކަށްވެސް އަހަރު ވާއިރު ތަހްގީގެއް ކީއްކުރަން ސުވާލެއްވެސް ކޮށްނުލާ އެބަހުރި. އެއީ ބައިވަރު މީހުން.

އުމަރު

ޖަލުގައި ހުރުމަކީ ވޭން ހުރި ކަމެއް - ރައީސް ޔާމީން
މިހާރު މަނިކުފާނަށް އިޙްސާސް ކުރެވިއްޖެދެއްތޯ؟ އަދި އެއީވެސް އެސީ ކޮޓަރިއެއްގައި ޑަބަލްބެޑުގައި މަނިކުފާނު ހުރިއިރުވީ އިހްސާސް، އަދި ސިމެންތި އަށްޓެއްގައި ކުޑަގޮޅިއެއްގައި އޮތްނަމަ މަނިކުފާނުގެ ހާލަތީކޮބައިބާއޭ ހިތައްއަރާ؟ މަނިކުފާނުގެ ވެރިކަމުގައި ކިތައްމީހުންތޯ ނުހައްޤުން ކުޑަގޮޅިއަށްލީ؟ އެމީހުންނަނަށް ލިބުނުވޭން އެނގިލައްވާތޯ؟އެމީހުންގެ އާއިލާތަކަށް ލިބުނުވޭނާ ގެއްލުން އެނގިލައްވާތޯ؟

މަރީ

ޔާމީނުއަށް ތިޔަ ކިޔޭ އެއްޗެއް އެނގޭތަ. ނުހައްގުން މީހުން ޖަލަށް ލައި އަނިޔާ ކުރި އިރު ނޭނގޭދޯ ޖަލުގައި މީހުން އުޅޭވޭން. ޖަލުގައި ފަރުވާ ނުދީގެން ކިތަންމީހުން ޔާމީނުވެރިކަމުގައި މަރުވިކަން އެނގޭތަ. މަރުވެދިޔަ މީހުންގެ އާއިލާތަކުގެ ކެކުޅުންތައް ޔާމީންނަށް މިހާރު އިހްސާސްކުރެވޭނެތަ. ތިޔައީ ހަމަ އަނިޔާވެރި ކަން އާންމުކުރަން އުޅުނު ވެރިއެއް

މޫސާ

ޔާމީނޫ. ކަލޭ ވެރިކަމުގައި އެންމެން ޖަލަށް ލީ އިރުވެސް ނޭނގުނުދޯ. ބާރު ލިބިފައިވާ މީހާއަށް އެހެން މީހުން އަޅުވެތިކޮށް އަނިޔާކުރުމަކީ ތިން ވަނަ ދުނިޔޭގައި ހާއްސަކޮށް ރާއްޖޭގައި ވަރަށް އާންމުކަމެއް. އަނިޔާދިނުމަށް ފަހު ތިމާގެ ބާރު ކެނޑުނީމަ މި ބުނަނީ ވަރަށް ދެރައޭ. ވަރަށް ވޭނޭ. ތިމާއަށް ބާރު ލިބިފައި އޮތް ދުވަހު އެފަދަ ނާތަހުޒީބު ކަންކަން ނައްތާލާކަން ނުކެރޭ. ތަހުޒީބު މަގުން ހިނގާކަން ނުކެރޭ. ތިޔައީ ހަމަ ވަރަށް ނުލަފާ މީހެއް. ކިތަންމީހުންގެ ދިރިއުޅުން ހަލާކޮށްލީ. މަގޭގެ މަސައްކަތް ވެސް ހުއްޓުވާލާ ހާލުގައި ޖެއްސީ ތި މީހާ. އެކަމަކު މަށެއް ނޭދެއް ދުވަހަކު ވެސް މަށަަށް ދިން ކަހަލަ އަނިޔާއެއް ތިޔަ ރައީސް ޔާމީނަކަށް ލިބޭކަން. އެއީ މަ މި އުޅޭނީ ދުނިޔެ ބަނޑުދަށުލައިގެން އުޅޭކަން ނޫން. އެކަމަކު ކަލޭއަކީ ފެށުނީއްސުރެން އެ ގޮތަށް އުޅޭކަމަށް އަޑު އަރާފައިވާ ބޭފުޅެއް. ބައި

ގައުމު

ޔާމީނޫން. ކިހާ ބޮޑު ކަމެއް. ކަލޭ މީހުން ޖަލަށް ލައި އނަިޔާކުރިއިރު ނޭނގުންދޯ. މިހާތު ތަޖުރިބާ ކުރީމަ އެނގިއްޖެދޯ ވޭން ހުރިކަމެއްކަން. ކުށަކާ ނުލާ ސިޔާސީ ބޭނުމަށް ކިތަން މީހުން ކިހާ ދުވަހަކު ޖަލުގައި ބެހެއްޓީ. ތިޔައީ ހަގީގަތުގައިވެސް އެންމެ އަނިޔާވެރި ރައީސް މީހާ. ކަލޭއަށް ރަނގަޅު ގޮތެއްވާނެތަ

ކެޔޮޅު

ކަލޯރައީސްމީހާ ތިޔަ ކިޔަނީކިއްކޭތަ. ހާދަ މުޑުދާރުމީހެކޭ ތިޔައީ