Hoonu gadhave Kulhudhuffushi kulheege mas thah maruvanee
image
ކުޅުދުއްފުށީ ކުޅީގެ މަސްތައް މަރުވަނީ-- ފޮޓޯ: އަފާ ހުސެއިން/ފޭސްބުކް
1 ކޮމެންޓް
 

ހޫނު ގަދަވެ ކުޅުދުއްފުށީ ކުޅީގެ މަސްތައް މަރު ވަނީ

ހދ. ކުޅުދުއްދުފުށީގެ ކުޅީގެ މަސްތައް މަރުވާތީ އެރަށު ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ސީއެންއެމްއާ ވާހަކަ ދައްކަވަމުން އެރަށު ކައުންސިލުގެ ނައިބް ރައީސް އަލީ ހާޝިމް ވިދާޅުވީ، ކޮންމެ އަހަރަކު ވެސް އެންމެ ހޫނުގަދަވާ ދުވަސްވަރު އެރަށު ކުޅީގައި އުޅޭ އެކި ވައްތަރުގެ މަސްތައް މަރުވެ އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އުނދަގޫވާ ވަރަށް ވަސް ފެތުރޭ ކަމަށެވެ.

"މީހުން ދިރިއުޅެން އުނދަގޫވާ ވަރަށް ބައެއް ފަހަރު ވަސް ދުވާނެ. އެތާ ކައިރީގައި އެ އިންނަނީ ޖަލާލުއްދީން ސްކޫލުވެސް، ވައި ހުންނަ ގޮތަކުން އެ ހިސާބަށް ވެސް ވަސް އަރާ،" ހާޝިމް ވިދާޅުވިއެވެ

ހޫނުގަދަވެ ފެންގަނޑު ހިނދުމުގެ ސަބަބުން މަސްތައް މަރުވާއިރު އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު އެކަން ބޮޑުވެފައިވާ ކަމަށް ހާޝިމް ވިދާޅުވިއެވެ. ވިދާޅުވީ އެއީ އެއާޕޯޓު އެޅުމަށް ކުޅީގެ ބޮޑު ބައެއް ހިއްކާފައިވާތީ ކަމަށެވެ.

މަސްތައް މަރުވާތީ އެކަމަށް އަވަސް ފިޔަވަޅެއް އަޅައިދިނުމަށް ވެސް ބައެއް ފަރާތްތަކުން ގޮވާލަމުން އަންނައިރު
ކުޅި ހިއްކާ އެތަނުގެ ދިރުންތައް ފަނާކޮށް ނުލުމަށާއި އެތަނުގައި އެއާޕޯޓު އެޅުމާއި ނޭޅުމަށް އެތައް ބަޔަކު އަޑު އުފުލި ނަމަވެސް އެކަމަށް ބީރު ކަންފަތެއްދީ ރައީސް ޔާމީން ސަރުކާރުން ވަނީ ކުޅީގެ ބޮޑު ބައެއް ހިއްކާ އެއާޕޯޓު އެޅުމުގެ މަސައްކަތް ފަށާފަައެވެ.

އުތުރުން އެންމެ އާބާދީ ބޮޑު އެރަށުގެ ކުޅީގެ ބާކީ ބައި ހިމާޔަތް ކުރުމަށް ދުނިޔޭގެ ކުޅި، ފާ ފަދަ ތަންތަން ހިމާޔަތް ކުރުމަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ނެޓްވޯކެއްގެ އެހީ ހޯދުމަށް މިހާރު ސަރުކާރުން ވަނީ ނިންމާފައެވެ.
ހިޔާލު

ލަލާ

ކުޅިން ތަންކޮޅެއް ފުންކޮށްލަ ދޭންވީނު. މަސްތަކަށް އުޅެވޭވަރަށް